ރައީސް ނަޝީދުގެ ދީނީ މިނިވަންކަމުގެ ވަޢުދު
"ތިބާ އީމާންވަނީ 7 ވަނަ ޤަރުނުގެ ރަސޫލާއަށް ހެއްޔެވެ؟" މިސުވާލުގެ ޖަވާބު އަމިއްލަ ނަފްސަށް ދިނުމަށްފަހު ލިޔުން ކިޔާށެވެ!
--------------------------------------------------
ޤައުމުގައި ދެއްވާ ތަޤްރީރުތަކުގައި ކިތަންމެ ވަރަކަށް ތިމަންނާގެ ވެރިކަމުގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ބުންޏަސް ރާއްޖެއިން ބޭރަށް ދެވޭ އިރަށް ރާގު ބަދަލުވެއެވެ.
އެގޮތުން އެންމެ ފަހުން ޑެންމާކަށް ކުރެއްވި ދަތުރުގައި 16 އެޕްރީލް 2013ގައި ކޯޕަންހެގަން ގައި ދެއްވި ތަޤްރީރުގައި ނަޞާރާއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެބޭފުޅާގެ ވެރިކަމެއްގައި ދީނުގެ މިނިވަންކަން ދެއްވާނެ ކަމުގެ ވަޢުދު ވިއެވެ. ނަޝީދާ ސުވާލު ކުރެވުނެވެ.
"Yesterday I read in a leading Danish Newspaper that the Maldives is listed with Saudi Arabia and few other countries as 2nd most aggressive against Christianity and they are pursuing Christians more than any other countries and I wonder if you come in to power again and if you are able to do something about that like more freedom of faith, religion? "
"އިއްޔެ ޑެންމާކުގެ ނޫހަކުން އަހަރެން ދުށިން ނަޞާރާ ދީނާމެދު ހަރުކަށިކޮށް ޢަމަލުކުރާ އަދި އެމީހުންނަށް ފާރަލާ/އަތުލައިގަތުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއެކު ދިވެހިރާއްޖެ ދެވަނައަށް ލިސްޓް ކުރެވިފައި ވަނިކޮށް. އަހަރެން ހިތަށް އަރަނީ ތިބޭފުޅާ އަލުން ވެރިކަމަށް އާދެވިއްޖެނަމަ މިކަމާމެދު ދީނީ މިނިވަންކަން އިތުރުކުރުން ކަހަލަ ކަމެއް ކުރައްވާނަންތޯ؟"
އެއީ ސުވާލެވެ. ސުވާލުގައި އެވާ "ހަރުކަށިކޮށް ޢަމަލުކުރުމޭ" އެ ޢިޝާރާތް ކުރަނީ ކޮން ކަމަކަށް ތޯއެވެ؟ ރާއްޖޭގައި ނަޞާރާ ދީނުގެ މީހުން އައިސް އުޅުން މަނަލީ ތޯއެވެ؟ ނުވަތަ ނާޞާރާއަކު ފެނިއްޖެ ނަމަ އަތުލައިގަނެ ރަށަށް ފޮނުވާލަނީތޯއެވެ؟ ނުވަތަ މިޤައުމުގައި ނަޞާރާ ދީން ފަތުރަން އުޅޭ މީހުންނާ މެދު ޢަމަލު ކުރާ ގޮތުގެ ވާހަކަތޯއެވެ؟ އެމީހުންގެ މިޝަނަރީސްތަށް ހިންގުނަ ނުދޭ ވާހަކަތޯއެވެ؟ އެމީހުންގެ ފިކުރުތައް ފެތުރުމުގައި 'ވަގަށް' އުޅެން ޖެހުންތޯއެވެ؟ ތިބާ އިންސާފު ކުރައްވާށެވެ. ރާއްޖޭގައި އެމީހުންނާ މެދު ހަރުކަށި ވުމެ އެބުނަނީ ކޮން ކަމަކަށް ތޯއެވެ؟
ދެން ނަޝީދުގެ ޖަވާބަށް ބަލާލަމާ ހިނގާށެވެ.
"Yes there is being lot of xenophobia, Islamic rhetoric and lot of, lot of intolerance going on in the Maldives.
"އާދެ. ރާއްޖޭގައި ވަރަށް ބޮޑަށް ޒީނޯފޯބިއާ (ބީރައްޓެހި ކަންތައްތަކަށް ބިރުގަތުން) އާއި އިސްލާމީ "ރެޓަރިކް" (ތިމާމެންޤަބޫލުކުރާ ވަކިކަމެއް ނުވަތަ ކަންތަކެއް މީހުންލައްވައި ޤަބޫލުކުރުވުމަށްޓަކައި ދެކެވޭ ވާހަކަތަކާއި ލިޔެވޭ ލިޔުންތައް) އަދި ތިމާގެ ޚިޔާލާ ތަފާތު ޚިޔާލުތަކަށް ޖާގަނުދިނުން ވަރަށް ވަރަށް ބޮޑަށް އެބައޮތް.
I mentioned smashing of 12th century statue of the Buddha, these were from our pre-Islamic history and also we have lost number of pre-Islamic manuscripts as well.
އަޅުގަނޑު ދަންނަވައިފިން ބުއްދާގެ 12 ވަނަ ޤަރުނުގެ ބުދެއް ތަޅާލި ވާހަކަ. އެބުދަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚުގެ ބައެއް، އަދި އެދުވަސްވަރުގެ ބައެއް ލިޔުންތައްވެސް ވަނީ ގެއްލިފައި.
so there is this idea of wanting to return back to Hejaz as it was in 7th Century. This is Wahhabism in principle I think. There is that idea that they want revert aspects to where and how it was exactly in 7th Century Hejaz and it is difficult and it is worrying
އެހެންވީމަ މި އޮތީ 7 ވަނަ ޤަރުނުގެ ޙިޖާޒަށް އެނބުރިދާންއުޅޭ ކަހަލަ ޚިޔާލެއް. އަޅުގަނޑު ދެކޭގޮތުގައި އުސޫލެއްގެ ގޮތުން އެއީ "ވައްހާބިޒަމް". 7 ވަނަޤަރުނުގެ ޙިޖާޒުގައި ކަންތައްތައް ހަމަ އެހުރިގޮތަށް އަނބުރާލުމުގެޚިޔާލެއް މިއޮންނަނީ. އެއީ ވަރަށް އުނދަގޫ ކަމެއް އަދި ކަންބޮޑުވެސް ވާފަދަ ކަމެއް.
but I hope that our society would, our society i believe, there are vast majority of them are very very tolerant people
އެކަމަކު އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުމެންގެ މުޖުތަމަޢު ކުރާނެކަމަށް، އަޅުގަނޑުމެންގެ މުޖުތަމަޢު ޤަބޫލުކުރޭ. އެމީހުންގެ ވަރަށް ބޮޑު ބަޔަކީ ތަފާތު ވިސްނުންތަކަށް ވަރަށް ވަރަށް ބޮޑަށް ޖާގަދޭ ބައެއް.
and I think If all this rhetoric is removed from the official discourse then there will be more, a much more liberal society. I assure you the rhetoric will be removed from the official discourse."
އަދި އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ރަސްމީ ވާހަކަތަކުން "ރެޓަރިކް" (އިސްލާމީ ރެޓަރިކް) ނައްތާލެވިއްޖެނަމަ މިއަށްވުރެ މިނިވަން، މާބޮޑަށް "ލިބަރަލް" މުޖުތަމަޢެއް އޮންނާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްދެން، މި "ރެޓަރިކް" ރަސްމީ ވާހަކަތަކުން ނައްތާލެވިގެންދާނެ"
ރަނގަޅު ވާހަކައެކެވެ. މިޤައުމުގައި އެހެން ދީނަކަށް ޖާގަ ދެވިގެން ހިނގައިދާނެތީ ދިވެހިން ބިރުގަނެ އެކަމަށް ސަމާލުވެގެން ތިބެއެވެ. އެހެން ދީން ތަކަކީ މިޤައުމަށް ބީރަށްޓެހި އެއްޗެކެވެ. މިޤައުމުގައި އޮންނަން ވާނީ ﷲ ތަޢާލާ އެދީނަކާ މެދު ރުހިގެންވާ އިސްލާމް ދީން އެކަންޏެވެ. އެހެން ދީންތައް ތަޢާރަފް ކޮށް މިބިން ފަސާދަ ކުރުމަށް ދިވެހިން ނޭދެއެވެ. އިސްލާމްދީނާ ބީރަށްޓެހި ސަޤާފަތް ތަކަށް ދިވެހިން ސަމާލުވެއެވެ. ނަޝީދު އެބުނާ "ޒީނޯފޯބިއާ" އަކީ މިނޫން ދެން އެހެން ކޯޗެއްތޯއެވެ؟
"އިސްލާމީ ރެޓަރިކް" އޭ ބުނެ އެޢިޝާރާތް ކުރީ ކޮން ބަޔަކަށް ތޯއެވެ؟ އެބުނާ ލިޔުންތަކާއި ވާހަކަތަކަކީ ކޮބައިތޯއެވެ؟ ރާއްޖޭގެ ދީނީ ޢިލްމުވެރިން ދައްކާ ވާހަކަތަކީ އަމިއްލަ ހަވާ ނަފްސަށް ތަބާވެ ތިބެ ދައްކަވާ ވާހަކަ ތޯއެވެ؟ ނުވަތަ ޤުރުއާނާއި ސުންނަތުން ދަލީލު ގެންނަވައި ދައްކަވާ ވާހަކަތޯއެވެ؟ އެމީހުން ވިސްނަދޭން އެއުޅެނީ ކޮން ގޮތެއް ތޯއެވެ؟ އެގޮތަކީ ކޮބައިތޯއެވެ؟ ނަޝީދުގެ ވާހަކައިން އެކަން ވަރަށް ސާފުވާނެއެވެ.
ބުދެއް ތަޅާލި ވާހަކައެވެ. އެއީ 7 ފެބްރުއަރީ 2013 ވަނަ ދުވަހު ދާރުލް އާޘާރުގައި ތަޅާލި ބުދުތަކުގެ ވާހަކަ އެވެ. މިމީހުންގެ ވިސްނުމަކީ 7 ވަނަ ޤަރުނުގެ ވިސްނުން ކަމުގައެވެ. 7 ވަނަ ޤަރުނުގައި ޙިޖާޒް ކަރައިގައި އޮތް ވިސްނުމަށް ރުޖޫޢަ ވުން ކަމުގައެވެ. 7 ވަނަ ޤަރުނުގައި އޮތް ވިސްނުމަކީ އުޞޫލީ ގޮތުން "ވައްހާބިޒަމް" ކަމުގައެވެ. އެއީ ކަންބޮޑުވާ ކަމެއް ކަމުގައެވެ. ލޮބުވެތި ކިޔުންތެރިންނޭވެ! 7 ވަނަ ޤަރުނަކީ ކޮބައިތޯއެވެ؟ 7 ވަނަ ޤަރުނުގެ ވިސްނުމަކީ ކޮބައިތޯއެވެ؟
7 ވަނަ ޤަރުނަކީ މީލާދީ ސަނަތުން 601 ވަނަ އަހަރުން ފެށިގެން 700 ވަނަ އަހަރާ ހަމައަށެވެ. ޖަހާލަތުގެ އަދިރި ކަމުގެ ތެރޭގައި މުޅި ދުނިޔެ ވަނިކޮށް އިސްލާމްދީނުގެ ނޫރާއިގެން ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙިޖާޒް ކަރައިން ފާޅު ކުރެއްވުނީ މީލާދީ ސަނަތުން 610 ވަނަ އަހަރުގައެވެ.
އެހެން ކަމުން 7 ވަނަ ޤަރުނުގެ ވިސްނުމާއި، ޚިޔާލާއި، ފިކުރަކީ އިސްލާމްދީނުގެ އަޞްލު ނޫން ދެން އެހެން ކޯޗެއްތޯއެވެ؟ އެ ވިސްނުމާއި ޚިޔާލާއި ފިކުރަށް ރުޖޫޢަ ވުމަށް ބަޔަކު ގޮވާލާތީ އެކަމާމެދު ކަންބޮޑުވާނީ ދީނުގެ ޢަދުއްވުން ނޫން ދެން ކޮން ބައެއްތޯއެވެ؟ ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބުގެ ގޮވާލުމަށް އިޖާބަ ދިން މީހުންނަން "ވައްހާބީން" މި ލަޤަބު ދިނީވެސް ދީނުގެ ޢަދުއްވުންނެވެ. އެހެނީ އެކަލޭގެފާނު ގޮވާލެއްވީ 7 ވަނަ ޤަރުނުގެ ވިސްނުމާއި، ޚިޔާލާއި، ފިކުރަށް ރުޖޫޢަ ވުމަށެވެ. އިސްލާމްދީނުގެ އަޞްލަށް ރުޖޫޢަ ވުމަށެވެ. ދީން ވަނީ ފުރިހަމަ ކުރެވިގެންނެވެ. އެދީނަށް އުނި އިތުރު ގެނެސް ހައްދުފަހަނައަޅައި، މަގުފުރެދިގެން ނުދިއުމަށެވެ. އެހެން ކަމުން އުޞޫލީ ގޮތުން އެމީހުން އެބުނާ "ވައްހާބިޒަމް" އަކީ ހަމަ އިސްލާމްދީނުގެ އަޞްލެވެ. މިމީހުން ކަންބޮޑުވެގެން މިއުޅޭ ސަބަބު ސާފުނުވޭތޯއެވެ؟
ދެން މިބުނަނީ ރާއްޖޭގެ ގިނަ މީހުންނަކީ "ތަފާތު ވިސްނުންތަކަށް" ޖާގަ ދިނުމާ ދެކޮޅު ބައެއް ނޫންކަމުގައެވެ. ސުވާލު ކުރި މީހާގެ ސުވާލު ހަނދާނަށް ގެންނަވާށެވެ. "ތަފާތު ވިސްނުން" ތަކުގެ މާނަ ވަރަށް ސާފުވާނެއެވެ. އެމީހާގެ ސުވާލަކީ؛ "އަހަރެން ހިތަށް އަރަނީ ތިބޭފުޅާ އަލުން ވެރިކަމަށް އާދެވިއްޖެނަމަ މިކަމާމެދު ދީނީ މިނިވަންކަން އިތުރުކުރުން ކަހަލަ ކަމެއް ކުރައްވާނަންތޯ؟" މިރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ދިނުމަށް ތިބާ ރުހެން ތޯއެވެ؟
ދެން ހާމަކުރި ސީދާ މިމީހުންގެ އާމަޒެވެ. އެއީ ދީނީ މީހުން ނުފޫޒު ގަދަ ސިޔާސީ މަޤާމުތަކުން ދުރުކުރުމުގެ ވާހަކައެވެ. އޭރުން މި މުޖުތަމަޢަކީ 'ލިބަރަލް' މުޖަމަޢުއަކަށް ވެގެންދާނެ ކަމަށެވެ. އެހާ ހިސާބުން އޮންނާނީ ދީނާ ސިޔާސަތު ވަކިކުރެވިފައެވެ. ސުވާލުގައި އެވާ ދީނުގެ މިނިވަންކަން ދެވިފައެވެ.
I assure you the rhetoric will be removed from the official discourse.
މީގެ މާނައަކީ ހަމައެކަނީ "ރެޓަރިކް" ރަސްމީ ވާހަކަތަކުން (ނުފޫޒު ގަދަ ސިޔާސީ މަޤާމުތަކުން) ދުރުކުރުން އެކަނި ކަމުގައި އެމީހުން ބުނެފާނެއެވެ. އެހެނަސް ސުވާލަށް ބަލާލުމުން އެއީ ދީނުގެ މިނިވަންކަން ދިނުމަށް ކޮށާލެވޭ މަގު ކަމުގައި ހާމަވެގެންދެއެވެ.
7 ވަނަ ޤަރުނުގެ ރަސޫލާއަށް އީމާންވެގެން ތިބި ލޮބުވެތި ކިޔުންތެރިންނޭވެ! 7 ސެޕްޓެމްބަރ ގައި ތިބާ އިޚްތިޔާރު ކުރާ ކެންޑިޑޭޓަކީ މިޤައުމުގެ އިސްލާމީ ވަހުދަތު ދަމަހައްޓާނޭ މީހެއް ކަމުގައި ހަދާށެވެ. 7 ވަނަ ޤަރުނުގައި ފޮނުއްވުނު ރަސޫލާ ގެންނެވި އުޞޫލުތަކަށް ޢަމަލު ކުރާނޭ ކެންޑިޑޭޓަކު އިޚްތިޔާރު ކުރާށެވެ. އެމީހެއްގެ ފަހަތުގައި 7 ވަނަ ޤަރުނުގެ ވިސްނުމާއި، ޚިޔާލާއި، ފިކުރަށް ތަބާވުމަށް ގޮވާލާ ޢިލްމުވެރިން ތިއްބެވި ކެންޑިޑޭޓަކު އިޚްތިޔާރު ކުރައްވާށެވެ. އެހެން ނޫނީ މާދަމާ މިޤައުމު ދެކެން ޖެހޭނި ކަޅު އަނދިރި ދުވަސް ތަކެކެވެ. އިސްލާމްކަމުގެ ނޫރު މިބިމުން ފަނޑުވެގެން ހިނގައިދާނެއެވެ. އޭރަށް ފެތުރިގެންދާނީ ޖަހާލަތުގެ އަނދިރި ކަމެވެ. ދުނިޔޭގެ ތަރައްޤީގެ ރީތި ހުވަފެންތަކެއް ދެއްކުމުން ތިބާގެ ދީން ދޫކޮށްލާ މީހެއް ކަމުގައި ތިބާ ވާނަންތޯއެވެ؟ ތިބާގެ ހިތުގައި އެދީނަށްޓަކައި ޣީރަތްތެރިކަން ނުވޭ ތޯއެވެ؟
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...