ކުއްލި ޚަބަރު: ރަސޫލާއާ ދެކޮޅަށް ފިލްމު އުފެއްދި މައްސަލާގައި ރާއްޖޭގައިވެސް މުޒާހަރާ ކުރަން ފަށައިފި
ރާއްޖޭގައި މުޒާހަރާ ކުރަމުން މިދަނީ ރަސޫލާ އަށް ފުރައްސާރަކޮށް އެމެރިކާ ބަޔަކު އުފެއްދި "އިނޮސެންސް އޮފް މުސްލިމްސް" ފިލްމުގެ މައްސަލާގައެވެ. ސޭމް ބާސިލް އުފެއްދި މިފިލްމާ ގުޅިގެން އިސްލާމީ
ގައުމުތަކުގައި ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ދިއިސްލާމް.ކޮމް އިން މިމުޒާހަރާގެ އަޕްޑޭޓް އިންޝާﷲ ގެނެސްދެވޭނެއެވެ.
[time]5:55[/time] ޔޫއެން ބިލްޑިންގ ކައިރީ ކުރިއަށް ދިޔަ މުޒާހަރާގައި ގާތްގަޑަކަށް 450 މީހުން ބައިވެރިވެފައިވާ ކަމަށް ބެލެވޭ.
[time]5:45[/time] މިއަދު 4 ޖެހިއިރު ފެށި ޔޫއެން ބިލްޑިންގ ކައިރީ ފެށި މުޒާހަރާ މިހާރު ވަނީ ނިންމާލާފައި. މިއި ރަސޫލާއާ ދެކޮޅަށް ފިލްމު އުފެއްދި މައްސަލާގައި އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ބޭއްވި މުޒަހާއެއް. މުޒާހަރާ ނިންމާލީ މުޒާހަރާގެ ބައިވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުމުގެ ސަބަބުން. މުޒާހަރާގައި ޝެއިޚް ތައްޔިބު ބައިވެރިވެ ދެއްކެވި ވާހަކައަށް ހިތްހަމަނުޖެހި ބައެއް މީހުން އަޑުގަދަ ކުރަން ފެށުމުން އަނެއްބަޔަކު އަކަމަށް ހިތްހަމަނުޖެހި ދެފަރާތުގެ މެދުގައި ވަނީ ބަހުގެ ހަމަލާ ބަދަލުކޮށްފައި.
[time]5:45[/time] މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ދިމާއަށް ވެސް ބަހުގެ ހަމަލާތައް ދީފައިވޭ. އަދި ޝެއިޚުންނަށްވެސް ބައެއް ބައިވެރިން ވަނީ ބަދުބަސް ބުނެފައި. އަދި މިއެއްވުމުގައި ބައިވެރިވި ޝެއިޚް ތައްޔިބުއަށް ވަނީ ބައެއް މީހުންގެ ބަހުގެ ހަމަލާތައް އަމާޒުވެފައި.
[time]5:31[/time] މުޒާހަރާ ކުރާ ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުން ވަނީ އުފެދިފައި. "މިއެއްވުމަށް ޕާޓީގެ ހައިސިއްޔަތުން އައިސް ހުރިއްޔާ ހަމަވަގުތުން މިތަން ދޫކޮށް ދިއުމަށް މުޒާހަރާގެ ބައިވެރިއަކު" ވަނީ ގޮވާފައި. އަދި އަނެއް ބަޔަކު ބުނަމުންދަނީ މިއީ ވަކި ބަޔަކު ކުރަންޖެހޭ ކަމެއް ނޫންކަމަށާއި މިކަމާއި ކަންބޮޑުވާ މީހުން މިކަމުގައި ބައިވެރިވެވޭނެކަމަށް.
[time]5:31[/time] މުޒާހަރާ ކުރާ ފަރާތްތަކުގެ މެދުގައި ހަމަނުޖެހުމަށް މަގުފަހިވާތީ މުޒާހަރާ ކުރާ މީހުންގެ މެދުގައި ދެބަސްވުންތައް އުފެދޭ. ބެލެވޭ ގޮތުގައި މުޒާހަރާ ނިންމާލަން އުޅެނީ.
[time]5:30[/time] ޝެއިޚް ތައްޔިބު ދެއްކެވި ވާހަކަ އަށް ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާތީ ވާހަކަ ދެއްކުން ހުއްޓާލައިފި
[time]5:25[/time] ރާއްޖެޓީވީއިން ލައިވް ކުރަމުން އެބަދޭ. ލައިވް ކުރަމުންދާއިރު ޑރ މަޖީދު ފޯނުންވަނީ އިންޓަވިއު ދެއްވާފައި.
[time]5:15[/time] ޝެއިޚް ތައްޔިބު ގެ ވާހަކަ:
"އަޅުގަނޑުމެން މިތާ މިތީ އަތުން ފައިން ގޯހެއް ހަދާކަށް ނޫން. އަޅުގަނޑުމެން މިތިބީ ﷲއަށް ޓަކައި. އެހެންކަމުން އަޅުގަނޑުމެން ނަމޫނާ ދައްކަން ޖެހޭ. އަދި މިފަދަ ނުރުހުންފާޅުކުރުންތަކުގައި ހަމަނުޖެހުން ނުހިންގާ ޝުއޫރުފާޅުކުރަން އިލްތިމާސް ކުރާ"ކަމަށެވެ. "ޝައިޚްގެ ވާހަކަފުޅުގައި ރަސޫލާ صلى الله عليه وسلمއަށް ކާފަރުން އަބަދުވެސް ފުރައްސާރަކުރަމުންދާކަމަށާއި އަޅުގަނޑުމެން އެންމެން ދުޢާކުރަންޖެހޭ" ކަމަށެވެ.
[time]5:15[/time] ޝެއިޚް ތައްޔިބު ވާހަކަ ދައްކަވަމުން އެބަދޭ މުޒާހަރާގައި.
[time]5:02[/time] ޢިޒްރޭލާއި އެމެރިކާގެ ދިދަ ޔޫއެން ބިލްޑިންގ ކައިރީގައި އަންދާލައިފި
[time]4:40[/time] އެމެރިކާގައި ދާދިފަހުން ނެރެފައިވާ ފިލްމާއިދެކޮޅަށް ނުރުހުން ފާޅުކުރަމުގެ އިތުރުން މުޒާހަރާގެ ބައިވެރިން ދަނީ އިޒްރޭލުގެ އަނިޔާވެރިކަމަށްވެސް ނުރުހުން ފާޅުކުރަމުން. އަދި ދާދިފަހުން އެމެރިކާއިން ދާރުލް އާސާރުގެ ބުދުތައް މަރާމާތު ކުރަން ދިން ފައިސާތައް އަނބުރާ އެމެރިކާއަށް ހަވާލުކުރަންވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުން. އިތުރު މީހުން ދަނީ މުޒާހަރާއަށް ގުޅެމުން.
[time]4:37[/time] ފުލުހުންގެ ބެރިކޭޑް ފަޅާލާފައި މުޒާހަރާގެ ބައިވެރިން ވަނީ ޔޫއެން ކުރިމައްޗަށް ވަދެފައި.
[time]4:35[/time] ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ. މުޒަހަރާގެ ބައިވެރިންވެސް ކުރިއަށް ޖެހެމުން އެބަދޭ.
[time]4:25[/time] ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރަންވެސް ގޮވަމުން އެބަދޭ.
[time]4:20[/time] މުޒާހަރާގެ ބައިވެރިން ދަނީ ޝަހާދަތުގެ ދިދަ ހިފައިގެން ތިބެ ތަފާތު ޝުއޫރުތައް ފާޅުކުރަމުން. މުޅި ހިސާބުގަނޑުގައި ތަކްބީރުގެ އަޑުން ގުގުމާލާފައި.
[time]4:05[/time] މުޒާހަރާގެ ބައިވެރިން ދަނީ އެމެރިކާ އާއި މެދު ނުރުހުމުގެ ބަސްތައް ރައްދު ކުރަމުން. މުޒާހަރާގެ ބައިވެރިންގެ އަތުގައި އެމެރިކާ އާއި އިޒްރޭލާއި ދެކޮޅަށް ލިޔެފައިވާ ބޯޑުތައް ވަނީ ބޭނުންކޮށްފައެވެ.
[time]4:02[/time] ފުލުހުން ވަނީ ޔޫއެން ބިލްޑިންގ އަށް ވަދެވޭ މަގުތައް ބަންދުކޮށްފައި
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...