"ދައުވާ އިސްލާމިއްޔާ އެޓް ކޮލަންބޯ 2011" ގެ ޓްރެއިލަރ ނިކުމެއްޖެ
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ދައުވާ އިސްލާމިއްޔާ އެޓް ކޮލަންބޯ 2011 ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްގެ ވީޑިޔޯ ޓްރެއިލަރ ނިކުމެއްޖެ އެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އާއި އައްޝައިޚް އިއްޒައްދީން އަދުނާނު ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ މި އިވެންޓް މޮޑަރޭޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އިބްރާހީމް ފައުޒީ އެވެ. މިއީ ރާއްޖެއިން ބޭރުގައި އެޖަމިއްޔާއިން މިފަދަ ދީނީ އިވެންޓެއް ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވޭ ފުރަތަމަ ފަހަރެވެ.
މި އިވެންޓް އިންތިޒާމްކުރުމަށް އިސްލާމިކް ފައުންޑޭޝަންގެ 8 މެންބަރުންގެ ވަފްދު ކޮލަންބޯއަށް ފުރުމަށް ހަމަޖެހިފައިވަނީ 19 މޭ 2011 ގައެވެ. މިވަފްދުގެ އިތުރުން މި ދަރުސް އަޑުއެހުމަށް އިތުރު ދިވެހިން ސްރީލަންކާއަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 މޭ 2011 ގައި 16:30 ގަ އެވެ. ދަރުސް އިންތިޒާމްކުރެވިފައިވަނީ ޝަޚްރަން ބެންކުއެޓް ހޯލް، 56 ހޮސްޕިޓަލް ރޯޑް، ދެހިވަލަ ގައެވެ.
މި އިވެންޓްގެ އިޝްތިހާރު މިހާރު އަންނަނީ ސްރީލަންކާގެ އިތުރުން ދިވެހިރާއްޖޭގައިވެސް ކުރެވެމުންނެވެ. މިގޮތުން މަގުތަކުގައި އަންނަނީ އިޝްތިހާރުގެ ޕޯސްޓާރުތައް ހަރުކުރެވެމުންނެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...