މަންދު ކޮލެޖްގައި އެރޮބިކްސް ކްލާހެއް ހިންގާ މިއުޒިކްގެ އަޑުގަދަކޮށް އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުމަށް އުނދަގޫކޮށްފި !
މިދިޔަ ހޯމަދުވަހު ހަވީރު މަންދު ކޮލެޖްގައި އެރޮބިކްސް ކްލާހެއް ހިންގާ މިއުޒިކްގެ އަޑުގަދަކޮށް، އެތަނުގައި ކިޔަވަމުންދިޔަ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އުނދަގޫކޮށްފިއެވެ.
އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން ކިޔަވަމުންދާ މަންދު ކޮލެޖްގައި "ހީޓް" ގެ ފަރާތުން ބޭއްވި އެރޮބިކްސް ކުލާސް ހަވީރު 16:15 އެހާކަންހާއިރު ފެއްޓިގޮތަށް މިއުޒިކްގެ އަޑުގަދަކުރަމުން ގޮސްފައިވެއެވެ. އަދި ދިވެހި ޒުވާން އަންހެނުންނާއި ފިރިހެނުން މިކްސްކޮށްތިބެ، ކަސްރަތުގެ ނަމުގައި ގަޔަށްބާރު ބަރަހަނާ ހެދުން އަޅައިގެން ނަށާފައިވެއެވެ.
މިނާޗަރަންގީގެ ކުޅިވަރު ކުރިއަށްދަނިކޮށް، ބެލެނިވެރިންތަކެއް މަންދު ކޮލެޖްގެ ތެރެއަށް ވަދެ، ހީޓްގެ އިސްވެރިންނާ ވާހަކަދައްކައި އަޑުހަރުކޮށް މިއުޒިކް ޖެހުމުން ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަމަށާއި އެކަންތައް ވަގުތުން ހުއްޓާލުމަށް އެދުނެވެ. ނަމަވެސް ހީޓުން ވާހަކަ ދެއްކި އެތަނުގެ އިސްމީހަކު އެކަމަށް އިންކާރު ކުރަމުން ބުނެފައިވަނީ "އެންމެ ދުވަހަކަށް އަޅުގަނޑުމެން މިތަން ހިފާލައިގެން ކުރިއަށް ގެންދިއުމުން އުނދަގޫވޭތޯ؟" މިހެންނެވެ. އަދި މަންދު ކޮލެޖްގެ މެނޭޖްމަންޓަށް މައްސަލަ ހުށަހެޅުމަށް އޭނާ ބުންޏެވެ.
"މިއީ ކަނޑައެޅިގެން އިބުރާއަށް އެނގިހުރެ ހިންގަމުންދާ ބޮޑު ޖަރީމާއެއް! މިކަމުގައި ޢަރަބިއްޔާ ސްކޫލްގެ މެނޭޖްމަންޓުގެ ފިނޑިކަންވެސް މިއަދު ވަރަށް ބޮޑަށް ހާމަވެއްޖެ" ގަދަޔަށް ލަވައިގެ އަޑު ގުގުމަމުންދިޔައިރު ސްކޫލުން އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ކުރެވެމުން ދިޔަތަން ފެނިފައިނުވާތީ ބެލެނިވެރިއަކު ބުނެފައިވެއެވެ.
"ދަންނަވަންތޯ..ބަލަ އަޅުގަނޑުމެން މުސްލިމުންނަށް މިއުޒިކަކީ ޙަރާމްއެއްޗެއް،އަދި އައުރަ ނިވާކުރުންވެސް އަޅުގަނޑުމެންނަށް އޮތީ ﷲ ވާޖިބު ކުރައްވާފައި..އެކަންތައްތައް އަދި އެއްފަރާތުގަ ބާއްވާ....ބަލަ މިއުޒިކު ހުއްދަ ބައިގަނޑުގެ ދަރިންނަށް ކިޔަވައިދޭއިރު ބާރަށް ލަވަޖަހައިގެންތަ އެބައިގަނޑުގެ ކުދިންނަށް ކިޔަވައިދެނީ..އަދި އެމީހުންކައިރީ އެ ހުއްދައަސް...މިއަށް ޖަވާބުދީބަލަ..." އެހެން ބެލެނިވެރިއަކު ކިޔައިދިނެވެ.
މިކަމާގުޅިގެން ސަން އޮންލައިންގައި މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ޙަވާލާދީ ބުނެފައިވަނީ ހޯމަދުވަހު އެ ކޮލެޖްގެ ހޯލްގައި އެރޮބިކްސް ކުލާހެއް ކުރިއަށް ގެންދިޔައީ ހީޓުން ކުއްޔަށްހިފައިގެން ކަމަށް އޭނާ ބުނި ކަމަށެވެ. އަދި ހީޓް އިން އެރޮބިކްސް ކުލާސް ކުރިއަށް ގެންދިޔަ އިރު، ވަރަށް ބޮޑަށް އަޑު ގަދަވުމުން ސްޓާފުން ފޮނުވައިގެން އަޑު މަޑުކުރުމަށް އެންގި ކަމަށް އޭނާ ބުނި ކަމަށެވެ.
މީގެ އިތުރުން އެދުވަހު އަޑު ގަދަވީ ހީޓުގެ އެރޮބިކްސް ކްލާހުން އެކަނި ނޫން ކަމަށާއި އެދުވަހު 15:30 އެހާކަންހާއިރު އަޑުގަދަ ކުރާ ބަހައްޓައިގެން އަރަބިއްޔާގެ ކުލާހަކުން އަޑު ހަރުކޮށް ޤުރްއާން ކިޔަވަމުންދިޔަ ކަމަށާއި، އެވަގުތު މުޅި ކޮލެޖްގައި ހުރީ އެ އަޑު ކަމަށާއި، އެކަން ބޮޑުވެގެން ސްޓާފުން ފޮނުވައިގެން އެކަން ބެލިކަމަށް އިބްރާ އާއި ޙަވާލާދީ ސަން ގައި ބުނެފައިވެއެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...