އިމާމް އަހްމަދު އިބްން ހަންބަލް (ރަހިމަހުﷲ) ކީރިތި ކުރެއްވި ޅެންބައިތު
ތިބާގެވެރި ރައްބް މިފަދައިން ތިބާއާއި މެދު ސުވާކުރެވިއްޖެނަމަ ތިބާގެ ޖަވާބަކީ ފަހެ ކޮބާ ހެއްޔެވެ. "ތިބާ ތިމަން އިލާހަށް އުރެދުމަށް ލަދުނުގައްނަނީ ހެއްޔެވެ؟"
ތިމަންއިލާހު ލައްވާފައިވާ ނިއުމަތްތަކުން ތިބާ ފާފަތަށް ފޮރުވުމަށް މަސައްކަތްކުރަމުން އައިކަމުގައިވިޔަސް ތިމަން އިލާހް ތިބާއަށް ޖަވާބްދާރިވާނީ ކޮންފަދައަކުން ހެއްޔެވެ. ފަހެ ތިބާއަށް ގެއްލުމާ ހަލާކު ހުއްޓެވެ. ތިބާ މިއަދު ސަލާމަތް ކޮންދޭނީ ކާކު ހެއްޔެވެ.؟
އަހަރެންގެ ނަފްސް ބަދަލުކުރުވަން އުންމީދުއާއި ވިސްނުންތެރިކަމާއެކު ވަގުތު ކަޑައަޅަމުން ގެންދިޔައީމެވެ.
އަދި އަހަރެން މަރުވުމަށް ފަހު ދެންވެގެންދަނެ ގޮތާއި އަދި އަހަރެން ހިނަވައި ކަފުންކުރުމަށް ފަހުން ވެގެންދާނެ ގޮތާމެދު އަހަރެން ހަދާންނައްތައި ލީމެވެ.
ދުނިޔޭގެ ދިރިއުޅުމަކީ ތާއަބަދުގެ ގޮވަތިކަމަށާއި އަދި މަރު ތިމަންނައާއި ބައްދަލު ނުކުރާނެކަމަށް ޔަޤީންކޮށްގެން ހުރީމެވެ.
އަދި ތިމަންނަގެ ކައިރިއަށް މަރު ހާޟިރުވި ހިދު އޭރުން އެތަނުގައި ތިބި މީހުންގެ ތެރއިން އެއްޗެއް ދީގެންވެސް މި މަރުން ސަލާމަތް ކޮށްދޭނީ ކާކު ހެއްޔެވެ.
އަހަރެއްގެ ހަޔާތުގައި ކޮށްފައިވާ އަމަލުތަކުގެ ތެރެއިން އެދުވަހުން ( އެބަހީ ޤިޔާމަތް ދުވަހުން ( އަހަރެން ސަލާމަތް ކޮށްދޭނީ ކޮން އަމަލާކާމެދުކަން ސުވާލު ވެވޭނެއެވެ.
އަހަރެންގެ ދީނަން އިންކާރުކުރުމަށްފަހު މި ސުވާލުތަކަށް ޖަވާބް ދޭނީ ކިހިނަކުން ހެއްޔެވެ.
މިއަދު އަހަރެންނަށް ވަނީ ގެއްލުމާ ހަލާކެވެ. ފަހެ ﷲގެ ކަލާންފުޅު އަހަންނަށް ދައުވަތުދޭކަން އަޑްނީވޭ ހެއްޔެވެ،
އަދި ފަހެ އަހަރެންނަށް ސޫރަތުލް ޔާސިން އަދި ގާފް ގައި އައިސްފައިވާ ވާހަކަތަށް އަޑްނީވޭ ހެއްޔެވެ.
އަދި ފަހެ އެންމެހާ މަޙްލޫޤުންތަށް އެއްކުރައްވާ އަދި ހިސާބް ބައްލާވާ ދުވަހުގެ ވާހަކަ އަޑުނީވޭ ހެއްޔެވެ. އަދި އަހަރެންނަށް މަރުގެ މަލާއިކަތާ އެދި ގޮވާ ކަން ނީވޭ ހެއްޔެވެ،
ޔާ ﷲ މިއަޅާ އިބަﷲ އަށް އިޚްލާސްތެރި ތައުބާއަކުން ތައުބާވަމެވެ. އިބަ އިލާހް މެނުވީ މި އަޅާއަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ނުވެއެވެ.
އިބަﷲ އީ ފާފަފުއްސަވާ އަދި ތެދުމަގަށް މަގުދައްކަވާ އިލާހެވެ. މި އަޅާއަށް ތެދުމަގު ދައްކަވާންދޭން.
މި އަޅާއަށް ރަހްމަތް ލައްވަ މި އަޅާގެ ހެޔޮ އަމަލުތަކުގެ ބަރުދަން އިތުރު ކޮށްދެންވާންދޭން. އަދި މި އަޅާގެ ހިސާބް ބެއްލެވުން ލުއިކުރައްވާންދޭން. އިބަﷲ އީ އެންމެ ފުރިހަމަ ގޮތުގައި ހިސާބް ބައްލަވާ އިލާހެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...