"ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޑީވީޑީ ވިއްކަން ފަށައިފި

ޙަސަން ޝިޔާޒް

ޢިލްމީ ޚަޒާނާ ގެ 100 ވަނަ ޕްރޮގްރާމްގެ ޑީވީޑީ ގެ ކަވަރުން ނަގާފައިވާ މަންޒަރެއް / ލިޔުނީ : ޙަސަން ޝިޔާޒް

ޖަމްޢިއްޔަތުއްސަލަފާއި ސަން.އެފް.އެމް ގުޅިގެން ގެނެސްދޭ "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޑީވީޑީ މެއި 10 ގައި ވިއްކަން ފަށައިފިއެވެ.

މި ޚާއްޞަ ޕްރޮގްރާމް ބޭއްވިފައިވަނީ ބޮޑު އޯޑިއަންސަކާ އެކު 2011 މާޗް 11 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ. ލައިވް ޕްރޮގްރާމްގައި ކުރީގެ މަޝްހޫރު ލަވަކިއުންތެރިން ކަމުގައިވާ މޫސާ ޝިފާޢު އާއި ޢަބްދުލް ބާރީ އަދި އިބްރާހީމް ރަމީޒް (އިބޭ) ދެން ދުވަހަކުވެސް ލަވަނުކިޔާނެ ކަމަށް އެރޭ އިޢުލާންކޮށް ދީފައިވާ އިންޓަވިއުގެ އިތުރުން ފަހުން ރެކޯޑްކުރެވިފައިވާ ބައިތައް މި ޑީވީޑީ ގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އެރޭގެ ޙަފްލާގައި ފެނިފައިނުވާ ކުރިން ދިވެހިރާއްޖޭގެ އަޑުގެ "އެންޓާރިސް" ބޭންޑްގައި މަސައްކަތްކޮށްފައިވާ ލަވަކިއުންތެރިޔާ ޢަބްދުﷲ ވަހީދު ރަސްމީކޮށް މިއުޒިކާއި ލަވައިގެ ދާއިރާ ދޫކޮށްލިކަން ހާމަކޮށް ދީފައިވާ އިންޓަވިއުއެއް ވެސް މި ޑީވީޑީ ގައި އެކުލެވެއެވެ.

އަދި ޙަޤީޤީ ވާހަކަ އާއި ވީޑިއޯ ރިޕޯޓް އަދި ނަމާދާއި ބެހޭގޮތުން ޢާއްމުން ޝައިޚުންނާއި ކޮށްފައިވާ ސުވާލުތަކުގެ ޖަވާބު މި ޑީވީޑީގައި ގެނެސްދީފައިވެއެވެ.

މި ޑީވީޑީ ގެ އަގަކީ 50 ރުފިޔާއެވެ. ސަލަފްލައިން (ހިލާލީމަގު) އިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ މި ޑީވީޑީ އަބާޔާ (މާވެޔޮމަގު) އަދި ދާރުލްއިސްލާމް (ކޯރުކެނޑިހިނގުން) އިން ލިބެންހުންނާނެއެވެ.

ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒް ހުށަހަޅައިދެމުންދާ "ޢިލްމީ ޚަޒާނާ" ސަން.އެފް.އެމް އިން ފޮނުވަނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 އަށެވެ. "ޢިލްމީ ޚަޒާނާ" ގެ 108 ޕްރޮގްރާމް މިހާތަނަށް ފޮނުވާފައިވާއިރު 100 ވަނަ ޕްރޮގްރާމާއި ހަމައަށް މިހާރު ވަނީ ސީޑީތައް ބާޒާރަށް ނެރެފައެވެ.

"ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޑީވީޑީ ގެ ޓްރެއިލަރ ބައްލަވާލައްވާ !

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.