ބީއެމްއެލުން ފައިސާ ޖަމާކުރެވޭ އޭޓީއެމްތަކެއް ތައާރަފު ކޮށްފި
ބީއެމްއެލުން ފައިސާ ޖަމާކުރެވޭ އޭޓީއެމްތަކެއް ތައާރަފު ކޮށްފިއެވެ.
މި އޭޓީއެމް ތަޢާރަފު ކުރުމަށްފަހު ބީއެމްއެލުން ބުނީ އަލަށް ތަޢާރަފު ކުރެވުނު ޒަމާނީ ޓެކްނޮލޮޖީގެ އޭޓީއެމް ތަކުން ދިވެހި ރުފިޔާ ނެގުމާއި ދިވެހި ރުފިޔާ ޖަމާކުރުމާއި ސިޓީ އުރާގައި ބަންދުކޮށްގެން ފައިސާ ޖަމާކުރުމުގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ޗެކް ޖަމާ ކުރުމާއި، އޭޓީއެމް މެދުވެރިކޮށް ޔުޓިލިޓީސް ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.
ބީއެމްއެލުން ބުނީ މާލޭގެ ފަސް ސަރަހައްދެއްގައި ބަހައްޓާފައިވާ 22 އޭޓީއެމަކުން އިއްޔެއިން ފެށިގެން އެ ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ.
ބީއެމްއެލުން ބުނީ އަލަށް ތަޢާރަފު ކުރި ބައެއް އޭޓީއެމް ތަކުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި މި ހިދުމަތްތައް ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކަށް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލުން ވަނީ އެ ބޭންކުގެ ރަސްމީ ވެބްސައިޓްގައި މި އޭޓީއެމް ތަކުގެ ފުރިހަމަ ބޭނުން ކުރާނެ ގޮތުގެ ވީޑިޔޯ ޓިޔުޓޯރިއަލް ތަކެއްވެސް ދިވެހި އަދި އިނގިރޭސި ބަހުން ޢާއްމު ކޮށްފައެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...