ޖާނުންފިދާ ވާން ޖެހުނީ ޑިމޮކްރަސީގެ ނަމުގައި މުސްލިމުން މަގުފުރައްދަމުން ގެންދާތީ: އަބޫތުރާބު

މުހައްމަދު ޝާފިއު

ދިވެހިރާއްޖެ ދޫކޮށް ޝާމް ކަރައަށް ގޮސް ޖިހާދުކޮށް ޖާނުން ފިދާވާން ޖެހުނީ ޑިމޮކްރަސީގެ ނަމުގައި ކާފަރުން ނުކުމެ މުސްލިމުން މަގުފުރައްދަމުން ގެންދާތީ ކާފަރުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ޤަޠުލު ކޮށްލުމަށް ކަމަށް ސީރިޔާގައި ހަނގުރާމަ ކޮށް ޝަހީދު ވެފައިވާ ދިވެއްސެއް ކަމަށްވާ އަބޫތުރާބު ބުނާ ވީޑިޔޯއެއް ޢާއްމު ކޮށްފިއެވެ.

ޝަހީދު ވުމުގެ ކުރިން ނަގާފައިވާ ވީޑިޔޯ އެއްގައި ދިވެހި ބަހުން ވާހަކަ ދައްކަމުން އަބޫތުރާބު ބުނީ މިއަދު ކާފަރުން ޑިމޮކްރަސީއޭ ކިޔައި އިސްލާމީ އުއްމަތް މަގުފުރައްދަމުން ގެންދާ ކަމަށާއި، އޭނާ ޖިހާދަށް ނުކުމެ ތެދުވަނީ ﷲގެ ޢަދުއްވުންނާއި ދެކޮޅަށް ކަމަށެވެ.

އަދި މި ޖިހާދުން ﷲގެ ރުއްސެވުމާއި ޝަހީދެއްގެ ދަރަޖަ ލިބުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނޭދޭކަމަށް ވެސް އަބޫ ތުރާބު ވަނީ ބުނެފައެވެ.

ޝާމު ކަރައިގެ ބިމުގައި ހަނގުރާމަ ކުރަމުން ގެންދާ އިސްލާމީ ޖަމާޢަތެއް ކަމަށްވާ ޖަބުހަތުއް ނުސުރާ ޖަމާޢަތާއި ގުޅުނު ސަބަބު ހާމަ ކުރަމުން އަބޫތުރާބު ބުނީ އެ ޖަމާޢަތަކީ ﷲގެ ޝަރީޢަތް ﷲގެ ބިމުގައި ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ޖަމާޢަތެއް ކަމަށާއި، އެ ޖަމާޢަތާއި ގުޅުނީ އެ ސަބަބާއި ހުރެ ކަމަށެވެ.

މީގެ އިތުރުން އަބޫ ތުރާބު ވަނީ އެންމެހާ މުސްލިމުންނަށް ބަސްމަދުކޮށް ޢަމަލު ގިނަކުރުމަށް ގޮވާލާފައެވެ.

އަދި ކާފަރުން ޝައިޠާނާގެ އެންގުމާއި އެއްގޮތަށް ޝައިޠާނާގެ ދީނަށް ނަސްރު ދޭއިރު، ﷲގެ ލޯބި އެދިގެން ﷲގެ މަގުގައި ރެއާއި ދުވާލު ޖިހާދު ކޮށް ﷲގެ ދީނަށް ނަޞްރުދިނުމަށް އަބޫތުރާބު ވަނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހަނގުރާމަ ކުރަމުން ގެންދާ އިސްލާމީ ލަޝްކަރަށް ގޮވާލާފައެވެ.

މީގެ އިތުރުން ވެސް ޖަބުހަތުއް ނުސްރާއިން ޝާމުކަރައިގެ ކަރައިގެ ބިމުގައި ރެއާއި ދުވާލު ފާޅުގައި މުސްލިމުން ކަތިލަމުން ގެންދާ ކާފަރުންގެ ލަޝްކަރަށް ދީފައިވާ ކާމިޔާބު ވަރުގަދަ ތިން ޙަމަލާ އަކަށް ތައްޔާރުވީ ގޮތާއި މި ޙަމަލާތައްދިން މަންޒަރުތައް ވެސް ބިލާދުއްޝާމް މީޑިޔާ ނަމަކަށްކިޔާ ގުރޫޕަކުން ޢާއްމު ކޮށްފައިވާ ވީޑިޔޯއިން ފެނެއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.