ހަތަރެސްފައި ނުލާ އުފަންވީ ކުއްޖެއްގެ ވާހަކަ
ނިކޮލަސް ވުޖޫސިކް ނުވަތަ ޢާއްމު ނަމުންނަމަ ނިކް އަކީ އުފަންވީއިރު ހަތަރެސްފައި ނުލާ އުފަންވީ ކުއްޖެކެވެ.
ދުނިޔެއަށް އުފަންވީ އިރުވެސް ހަތަރެސް ފައި ނެތް ނިކް އަކީ އުފަންވީއިރު ހަތަރެސް ފައި ނެތް ކުއްޖެއް ނަމަވެސް ކުޅެދޭ މީހެކޭ އެއްފަދައިން ޢާއްމު މާޙައުލުގައި ދުނިޔެމަތީގައި އިންސާނަކަށް ލިބޭނެ ހުރިހާ ލުއިފަސޭހަ ކަމަކާއި އެކުގައި ދިރިއުޅެމުން އައި ކުއްޖެކެވެ. މިކަން މިގޮތަށް ދިމާވީ މި ކުއްޖާގެ އާދަޔާ ޚިލާފު ޙާލަތުން ޢާއްމުންގެ ޙަމްދަރުދީ ހޯދައިގެން ކްރިސްޓިއަން ދީން ދުނިޔެއަށް ފެތުރިދާނެ ކަމަށް ކްރިސްޓިއަން މިޝަނަރީ ޖަމާޢަތަކުން ދެކި މި އާދަޔާ ޚިލާފު އިންސާނާ އާއި އޭނާގެ އާޢިލާ އަށް ދުނިޔެމަތީގައި ބޭނުންވާނެ ހުރިހާ އުފަލަކާއި ލައްޒަތެއް އެމީހުންގެ ކަޅު ފައިސާގެ ބާރުގައި ހޯދައިދީގެންނެވެ.
އެހެން ކަމުން ނިކް ވެސް ބޮޑުވަމުން އައީ މި ލައްޒަތުގެ ފޮނި މީރު ކަމުގައި އޭނާ އަކީ ނުކުޅެދޭ މީހެއް ކަމުގެ އިހުސާސް ތަކާއި ދުރުން އޭނާ އަށް ކުރިމަތި ވެފައިވާ އާދަޔާ ޚިލާފު ޙާލަތު ވިއްކައިގެން މީނާ އަށް އެހީތެރިވާ މިޝަނަރީީންނަށް ފައިސާ ހޯދައިދޭ މެޝިނެއްގެ ގޮތުގައެވެ.
ނިކް އަކީ އުފަންވީއިރު އަތެއް ފައެއް ނެތް މީހެއް ނަމަވެސް ﷲގެ ކުޅަދުންވަންތަ ކަމުން އޭނާގެ މުޅި ހަށިގަނޑު އެމައްޗަށް ބަރޯސާ ކުރާ ކުޑަކުޑަ ދެ ފައިތިލަ އާއި ވާހަކަ ދެއްކުންތެރި ކަމުގެ ނަމޫނާއެއްފަދަ ކުޅަދާނަ ކަމެއް މިންވަރު ކުރައްވާފައި ވެއެވެ.
އެހެން ނަމަވެސް ނިކް ބޮޑުވެގެން އައި މާޙައުލުން އޭނާ އަށް ދަސްވީ ހަމައެކަނި އުފަލާއި އަރާމު ކަމުން އެތަކެތި ގަތުމަށް ޓަކައި އޭގެ އަގު އަދާކުރުމުގެ ގޮތުން ނިކް ގެންދަނީ އޭނާ ޚާލިޤު ކުރެއްވި މަތިވެރި އިލާހަށް ބަދު ބަސްތައް ބުނެ ކުފުރު ވަމުންނެވެ. އަދި މިއަދު އޭނާ އަކީ ދުނިޔެއިން އިސްލާމް ދީނުގެ މަތިވެރި ނިއުމަތް ފޮހެލުމަށް މަސައްކަތް ކުރަމުން ގެންދާ ކާފަރުންގެ ޖަމާޢަތާއި އެކު ޙަރަކާތްތެރިވާ މީހެއް ނަމަވެސް މިފަދަ ގިނަ މީހުން ފަދައިން ފަހުން ހެޔޮ މަގަށް ރުޖޫޢަވެ ﷲގެ ދީން މަތިވެރި ކުރެއްވުމަށް މި ބިންމަތީގައި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އޭނާ ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން މާތް ﷲ މި ކުފުރު ވެފައިވާ އިންސާނާ އަށް ތެދުމަގު ދައްކަވައި އޭނާ އަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރުމަކީ ﷲގެ ރަސޫލާ އާއި ދެކޮޅަށް ފިލްމުހެދި މީހާ އިސްލާމްވި ފަދައިން އޭނާވެސް އިސްލާމްވެދާނެ ކަމަކަށްވުން އެކަށީގެން ވެއެވެ. މި ނިކަމެތި އާރެއް ބާރެއް ނެތް އިންސާނާ މިއަދު މި ދުނިޔެ މަތީގައި ކިބުރުވެރިކަމާއި ބޮޑާކަން ދައްކަމުން ގެންދިޔަ ނަމަވެސް މާދަމާ އޭނާ އަކީވެސް ﷲގެ ހަޟުރަތުގައި އެންމެ ނިކަމެތި ވެގެންވާނެ މަޚްލޫޤެއްކަން ދަންނާނެ ނަމަ ކޮންފަދަ ތޯއެވެ؟
މިފަދަ ކޮންމެ ކަމަކުންމެ ޢިބުރަތެއް ޙާޞިލު ވާނީ މި ކަންކަމާއި މެދު ވިސްނާ ފިކުރު ކޮށްފި ބަޔަކަށް އެކަނި ކަމުގައި ﷲ ވަނީ އަންގަވާފައެވެ.
މި ލިޔުމުގައިވާ ކުއްޖާގެ ޙަޔާތާއި ގުޅޭ ވީޑިޔޯ ބެއްލެވުމަށް މި ލިންކު ޙިޔާރުކުރައްވާ!
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...