ނުރައްކާތެރި ކާރު އެކްސިޑެންޓަކުން ޢަޖާއިބު ކުރުވަނިވި ގޮތަކަށް ކުޑަކުއްޖަކު ސަލާމަތްވެއްޖެ
ނުރައްކާތެރި ކާރުއެކްސިޑެންޓަކުން ޢަޖާއިބު ކުރުވަނިވި ގޮތަކަށް ކުޑަކުއްޖަކު ސަލާމަތްވެއްޖެއެވެ.
ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ސަމާލުވާން ޖެހޭ ވަރަށް ވުރެ މާބޮޑަށް ބޭރުމީހުން މިކަމަށް ބަލަން ޖެހެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓްގައި ދެމަފިރިއަކު ކުޑަ ދަރިފުޅު ގޮވައިގެން ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސްބުރަކި ޖެއްސުމުން ސްނޯއިން ފުރިފައިވާ މަގުގެ މަތިން ކާރު ކަހާލައިގެން ގޮސް ޖެހެނީބޮޑު ޓްރަކެއްގަ އެވެ. ޓްރަކްގައި ޖެހުމާއި އެކު ކާރުގައި އިން ކުޑަކުއްޖާ ވިއްސައިގެން ގޮސް މަގުމެދަށް ޖެހުނު ނަމަވެސް ﷲ ގެ ރަޙުމަތުން އެ ކުއްޖާއަށް މި ޙާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަދި އެވަގުތު ކާރު ދުއްވަން އިން ފިރިހެން މީހާ އާއި ކާރުގެ ފަހަތުގައި އިން އަންހެން މީހާއަށް ވެސް އެއްވެސް އަނިޔާއެއް ނުވި ނަމަވެސް މި ޙާދިސާގައި ކާރަށް ބޮޑެތި ގެއްލުން ތައް ލިބިފައި ވެއެވެ.
މީގައި އެންމެ އަޖައިބު ކުރުވަނިވި ކަމަކީ މި ޙާދިސާ ވީޑިޔޯ ކުރަން މީހަކު ހަމަ އެއްޗެކޭވެސް ހިތަށް ނާރާ ހުރި ކަމެވެ.
މަރަށް ތެޅޭ އިންސާނަކަށް އެހީތެރި ކަމެއް ފޯރުކޮށް ދިނުމަށް ވުރެ ބޮޑަށް އޭނާ ބޭނުންވަނީ އޭނާގެ ވީޑިޔޯ އަށް ޔޫޓިޔުބުގައި ލިބޭ ހިޓްސް އިތުރު ކުރަން ކަންނޭނގެ އެވެ.
ހިތާމަޔަކީ މިއަދު ދިވެހި މުޖުތަމަޢުން ވެސް މަދުން ނަމަވެސް މި މަންޒަރު ފެންނަން ފަށާފައި ވާކަމެވެ.
އެހެން ނަމަވެސް ﷲ ރައްކާތެރި ކުރައްވައިފި އަޅަކަށް ގެއްލުމެއް ދެވޭނެ މީހަކު ނުވެއެވެ.
އަދި އެކަލާނގެ ތެދުމަގު ދައްކަވައިފި އަޅަކު މަގުފުރެއްދޭނެ މީހަކު ވެސް ނުވެއެވެ.
މިފަދަ ކޮންމެ ޙާދިސާ އަކީ ވެސް ޢިބުރަތެކެވެ.
އެހެނަސް އެއީ ވިސްނައިފި ބަޔަކަށް މެނުވީ ޙާޞިލު ވާނެ ޢިބުރަތެއް ނޫން ކަމަށް ﷲ ވަނީ އަންގަވާފައެވެ.
މާތް ﷲ މިކުއްޖާއާއި އޭނާގެ މައިން ބަފައިންނަށް ހެޔޮ ވިސްނުން ދެއްވާ ތެދުމަގު ދައްކަވާށިއެވެ!
މި ނުރައްކާތެރި އެކްސިޑެންޓްގެ ވީޑިޔޯ ބެއްލެވުމަށް މި ލިންކް ޚިޔާރު ކުރައްވާ!
އިންޒާރު: މި ވީޑިޔޯގައި ހިތްބަލި މީހުންނާއި މާބަނޑު އަންހެނުންނާއި ކުޑަކުދިން ބެލުން ރަނގަޅު ނޫން މަންޒަރު އެކުލެވިގެން ވެއެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...