އިނގިރޭސިވިލާތުގެ ޓީވީ އަކުން ފަތިސް ނަމާދު ބަންގި ފޮނުވަން ފަށައިފި

ޓީވީ އަކުން ފަތިސް ނަމާދު ބަންގި ފޮނުވަން ފަށައިފިއެވެ.

މިއަހަރު ރަމަޟާން މަހު ކޮންމެ ދުވަހެއްގެ ފަތިސް ނަމާދު ބަންގި ގެނެސްދެމުންދާ ޓީވީ ޗެނަލް އަކީ އިނގިރޭސިވިލާތުގެ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 4 ނިއުސް އެވެ. ޗެނަލް4 އިން ހާމަކުރާ ގޮތުގައި "ރަމަޟާން މަހު ނަމާދު ގަޑި ތަކުގައި ބަންގި ފޮނުވަން އެ ސްޓޭޝަނުން ނިންމީ ވަކިބަޔެއްގެ ޙައްގު ޙިމާޔަތް ކުރުމަށް ފަހު އަނެއް ބަޔެއްގެ އަޑު ނީވޭގޮތް ހެދުމަކީ އެސްޓޭޝަނުން މިހާރު ބޭނުންވާ ގޮތަށްނުވާތީ"ކަމަށެވެ.

ވީޑީއޯ: ޗެނަލް4 އިން ފޮނުވާ ފަތިސްނަމާދު ބަންގި

މީގެ ކުރިން ދުވަހަކުވެސް ބަންގި ފޮނުވާފައިނުވާ ޗެނަލް4 އިން އެންމެ ނަމާދެއްގައިނަމަވެސް ބަންގި ފޮނުވަން ފެށުނުން ވެގެން ދިޔައީ ޔޫރަޕްގައި އާ ކަމަކަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ ބޮޑު މީޑިއާއަކުން ބަންގި ގެނެސްދޭ މިއީ ފުރަތަމަ ފަހަރެވެ.

ރަމަޟާން މަސް ފެށުމާއި އެކު ޗެނަލް4 އިން ބަންގި ފޮނުވަން ފެށުމުން ބައެއް ފަރާތްތަކުން ދަނީ އެކަމަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެވާހަކަތަކަށް ޖަވާބު ދެމުން ޗެނަލް4 އިން ބުނެފައިވަނީ "ފާޑުކިޔުން އަމާޒުވެގެންދާނެ ކަމެއްކަން އެނގޭ ކަމަށާއި ނަމަވެސް އެކަމާމެދު ފަރުވާލެއް ނެތް"ކަމަށެވެ. އަދި އެއީ 2.8 މިލިއަން މުސްލިމުންނަށް އެޗެނަލުން ދޭ ހިދުމަތެއް ކަމަށެވެ.

ޗެނަލް4 އިން ފަތިސްނަމާދުގެ ބަންގި ގެނެސްދޭއިރު ބަންގިއާއި އެކު ބަންގީގެ ވީޑިއޯވެސް ދަނީ ދައްކަމުންނެވެ. ފަތިސްނަމާދު ފިޔަވާ އެހެން ނަމާދުތައް އެޗެނަލްގެ ވެބްސައިޓުން ގެނެސްދެމުންދެއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.