ލައިވްބްލޮގް: ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުން
ސޫރިޔާއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައި އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރަތަކާ ދެކޮޅަށް ސޫރިޔާ ސަރުކާރުން ދަނީ ބަރުހަތިޔާރުގެ ބޭނުން ކުރަމުންނެވެ. އެތައް ބަޔަކު ދަނީ މަރަމުންނެވެ. އަދި އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
ދިއިސްލާމް.ކޮމް އިން ސޫރިޔާގެ ފަހުގެ މައުލޫމާތުތައް ‘ލައިވްބްލޮގް’ގެ ޒަރީއާއިން އިންޝާﷲ ގެނެސްދެވޭނެއެވެ.
ހުކުރު ދުވަހުގެ ބޮޑު އެއްވުން ސޫރިޔާގައި މިއަދުވެސް ވަނީ ބާއްވާފައެވެ. މިއަދުގެ އެއްވުމުގައި ބޭނުންކޮށްފައިވާ ޝިޔާރަކީ " ކާމިޔާބު ވަނީ ﷲ ގެ ހަޒްރަތުން" ނެވެ.
ފްރީ ސޫރިޔަން އާރމީ އިން ވަނީ އެގައުމުގެ ސިފައިންގެ މޭޖަރ ޖެނެރަލް ފަރަގް ޝެހަދާ ހައްޔަރުކޮށްފައެވެ. މީނާ އަކީ ސޫރިޔާ ސިފައިންގެ އެންމެ އިސް އެއް ކޮމާންޑަރެވެ. މީގެ އިތުރުން ސޫރިޔާ ސިފައިންގެ ޖާސޫސީ އިދާރާގެ އިސް ޖެނެރަލެއްވެސް ހައްޔަރު ކުރިކަމަށް ހަބަރު ލިބެއެވެ.
ހުކުރު ދުވަހުގެ އެއްވުމާއި ގުޅިގެން ސިފައިން ދިން ހަމަލާތަކުގައު އާންމުންގެ 70 މީހުން މަރުވި ކަމަށް ހަބަރު ލިބެއެވެ.
ސޫރިޔާގައި މިއަދު ވަނީ ބާރުގަދަ ގޮވުންތަކެއް ގޮވާފައެވެ. ހަބަރު ލިބޭ ގޮތުގައި ގޮވުންތަށް ގޮވާފައި ވަނީ ސޫރިޔާގެ ދިމިސްޤުގައި ޕާކް ކޮށްފައި އޮތް ދެ ކާރެއްގައެވެ. މި ގޮވުންތަކުގައި 3 މީހަކު ޒަހަމްވި ކަމަށް ހަބަރު ލިބެއެވެ.
މީގެ އިތުރުން ސޫރިޔާ ސިފައިން އާންމުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމުތަކުގައި 139 މީހަކު މިއަދުވެސް މަރާލިކަމަށް ހަބަރުލިބެއެވެ.
ސޫރިޔާގައި މިއަދުވެސް އާންމުންގެ 104 މީހަކު މަރާލިކަމަށް ހަބަރުލިބެއެވެ. އަދި ސޫރިޔާގެ މިނިވަން ކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ދިން ހަމަލާތަކުގައި ސިފައިންގެ 57 މީހަކު މަރުވިކަމަށްވެސް ހަބަރުލިބެއެވެ.
ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި އެގައުމުގެ އާންމުންގެ 113 މީހަކު މިއަދުވެސް މަރާލި ކަމަށް ހަބަރު ލިބެއެވެ. މީގެ ފްރީ ސޫރިޔަން އާރމީ ގެ ހަމަލާތަކުގައި ސިފައިންގެ 46 މީހަކު މަރާލިކަމަށްވެސް ހަބަރުލިބެއެވެ.
ހަބަރު ލިބޭ ގޮތުގައި މިއަދުވެސް ސޫރިޔާ ސިފައިންގެ ތެރެއިން 208 ސިފައިން ވަނީ ސަރުކާރުގެ އަމުރަށް ނުކިޔަމަންތެރިވެ އާންމުންނާއި ގުޅިފައެވެ. އަދި މިކަމާއި ގުޅިގެން ސޫރިޔާ ސިފައިންނާއި އާންމުންނާއި ގުޅުނު ސިފައިންގެ ތެރޭގައި ވަނީ ވަރުގަދަ ހަމަލާތަކެށް ބަދަލުކުރެވިފައެވެ. މި ހަމަލާތަކުގައި ސިފައިން ގެ ހެލިކޮޕްޓަރަކާއި 6 ޓޭންކް ވަނީ ހަލާކުކޮށްލާފައެވެ.
ސޫރިޔާ ސިފައިން މިއަދު އެލެޕޯ އަވަށުން 7 ޑޮކްޓަރެއް ހައްޔަރުކޮށް އެ މީހުން ދިރިތިއްބާ އަންދާލައިފި ކަމަށް ހަބަރު ލިބެއެވެ. ސަރުކާރުގެ އަމަލުތަކާއި ދެކޮޅު ހަދާ ސިފައިންގެ 40 މީހަކު އެމީހުންގެ އާއިލާއާއި އެކޮށް ވަނީ ތުރުކީ ބޯރޑަރު ހުރަސްކޮށް ފިލައިފައެވެ. ހަބަރު ލިބޭ ގޮތުގައި މި ސިފައިން ފިލައިފައި ވަނީ ސަރުކާރުން އަނެއްކާވެސް ބޮޑު ގަތުލްއާންމެއް ހިންގަމުންދާ ކަމުގެ ހަބަރު ލިބިގެންނެވެ.
މިއަދުގެ ހަމަލާތަކުގައި އާންމުންގެ 80 މީހަކު މަރާލިކަމަށްވެސް ހަބަރު ލިބެއެވެ.
މިއަދުވެސް އާންމުންގެ 82 މީހަކު މަރާލި ކަމަށް ހަބަރުލިބެއެވެ. މި މީހުން މަރާލައިފައި ވަނީ ހަމްސް އާއި އެޒޯރް އަވަށުންކަމަށް ވެސް ހަބަރުލިބެއެވެ.
ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި މިއަދު އާންމުންގެ 131 މީހަކު މަރުވިކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން ސޫރިޔާ ސިފައިންގެ ތެރެއިން އެގައުމުގެ ރަޢީސް ބައްޝާރުލް އަސަދުގެ އަމުރަށް ނުކިޔަމަންތެރިވި، އަދި ސަރުކާރުން ހިންގާ ގަތުލްއާމް ތަކާއި ދެކޮޅު 28 ސިފައިން މަރާލި ކަމަށް ހަބަރު ލިބެއެވެ.
ސޫރިޔާގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާއި ހުރެ އެގައުމުގެ ސިފައިންގެ 3 ޕައިލެޓެށް ވަނީ ފިލައިފައެވެ. ފަހަކަށް އައިސް މި ގޮތަށް ފިލާ ސިފައިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އާދައިގެ މަތިން ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދަށްފަހު އެކި ސަރަހައްދު ތަކުގައި ބޮޑެތި އެއްވުންތަކެއް ކުރިޔަށް ދިޔައެވެ. މި އެއްވުންތަކާއި ދިމާކޮށް ސޫރިޔާގެ ސިފައިން އާންމުންނަށް ދިން ހަމަލާތަކުގައި 61 މީހަކު މަރުވިކަމަށް ހަބަރު ލިބެއެވެ.
މީގެ އިތުރުން ތުރުކީ އާއި ސޫރިޔާ ގުޅޭ ބޯރޑަރު ކައިރީގައި އުދުހެމުން ދިޔަ ތުރުކީގެ އެފް 4 މަރުކާގެ ހަނގުރާމަމަތީ ޖެޓެށް ސޫރިޔާ ސިފައިން ވައްޓާލާފައިވާކަމަށް ހަބަރުލިބެއެވެ. ތުރުކީއިން ވަނީ އެ ޖެޓާއި ގުޅުން ކެނޑިފައިވާކަން ޔަގީން ކޮށްދީފައެވެ.
ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި މިއަދު އާންމުންގެ 128 މީހަކު މަރާލައިފި ކަމަށް ހަބަރު ލިބެއެވެ. މިއަދަކީ އެއްދުވަހެއްގައި އެންމެ ގިނަ މީހުން މަރާލި ދުވަސްތަކުގެ ތެރެއިން ވާ ދުވަހެއްކަމަށް އެފަރާތްތަކުން ބުނެއެވެ.
ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި އެގައުމުގެ އާންމުންގެ ތެރެއިން 66 މީހަކު މިއަދުވެސް މަރާލި ކަމަށް ހަބަރުލިބެއެވެ. ހަމަލާތަށް އެންމެ ބޮޑުވެފައި ވަނީ ދިމިސްގުގައި ކަމަށްވެސް ހަބަރުލިބެއެވެ.
މެދުކެނޑުމެއް ނެތި ސޫރިޔާގައި އެގައުމުގެ ސަރުކާރުން ހިންގަމުންދާ ގަތުލްއާންމުތަކުގައި މިއަދުވެސް އާންމުންގެ 50 މީހަކު މަރާލި ކަމަށް ހަބަރުލިބެއެވެ. މީގެ ތެރެއިން 10 މީހުން މަރާލައިފައި ވަނީ ސޫރިޔާގެ ހަމްސް އިންނެވެ.
މީގެ އިތުރުން ސޫރިޔާގެ މިނިވަންކަމަށް މަސައްކަތް ކުރާ ފުރީ ސޫރިޔަން އާރމީ އިން ވަނީ ކުރުޑިސްތާނުގެ އަޙުންނަށް ސަރުކާރާއި ދެކޮޅަށް ކުރަމުންދާ ޖިހާދުގައި ބައިވެރިވުމަށް ގޮވާލައިފައެވެ. އަދި ސޫރިޔާ އެގައުމުގެ އަނިޔާވެރި ސަރުކާރުގެ އަތްދަށުން މިނިވަން ވުމުން ކުރުޑިސްތާނަށް އެއްވެސް ގެއްލުމެއް ލިބުނަ ނުދޭނެކަމަށް ފުރީ ސޫރިޔަން އާރމީގެ ކޮމާންޑަރު ވަނީ ބުނެފައެވެ. އަދި އެދެބައި މީހުންގެ މެދުގައި ހިޔާލު ތަފާތުތަކެށް ހުރިނަމަވެސް މި ދަނޑިވަޅުގައި އެކީގައި މަސަތްކަށް ކުރުމަށް އޭނާ ވަނީ ގޮވާލައިފައެވެ.
ހަބަރު ލިބޭ ގޮތުގައި ހަތިޔާރު ހިފައިގެން ސޫރިޔާ އަށް އިއްޔަ ދަތުރުފެށި ރަޝިޔާގެ މަނަވަރު އިނގެރޭސިވިލާތުން ވަނީ އަނބުރާ ރަޝިޔާއަށް ދިޔުމަށް މަޖުބޫރުކޮށްފައެވެ.
ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި މިއަދު އާންމުގެ 90 މީހަކު މަރާލި ކަމަށް ހަބަރުލިބެއެވެ. ސޫރިޔާ ސިފައިންގެ މި ހަމަލާތަށް އަމާޒުވެފައި ވަނީ ހަމްސް އާއި ދިމިސްގްއަށެވެ. ހަބަރުލިބޭ ގޮތުގައި މިއަދު ސޫރިޔާ ސިފައިންގެ 28 މީހަކު ވެސް ވަނީ މަރާލެވިފައެވެ. އަދި ހަތިޔާރު އެޅި ސޫރިޔާގެ ސަރުކާރާ ދެކޮޅު 3 މީހަކުވެސް މަރާލައިފާވާކަމަށް ހަބަރުލިބެއެވެ.
ސޫރިޔާގެ އިކި ހިސާބު ތަކުގައި ސަރުކާރުން ހިންގާ ޖަރީމާތަކާއި ދެކޮޅަށް މުޒާހިރާ ކުރަމުން އެބަދެއެވެ.
ރަޝިޔާގެ ހަނގުރާމަތީ މަނަވަރު ތަކެއް ސޫރިޔާއަށް މިސްރާބު ޖަހާފައި ވާކަމަށް ހަބަރުލިބެއެވެ. މި މަނަވަރު ތަކުގައި ގިނަ އަދަދެއްގެ ހަތިޔާރު ސޫރިޔާއަށް ގެންދާކަމަށް ރިޕޯޓުތަށް ބުނެއެވެ. މީގެ އިތުރުން ރަޝިޔާ ސިފައިން ދަނީ ސޫރިޔާގެ ސަރުކާރުގެ ސިފައިންނަށް ހަތިޔާރު ބޭނުންކުރާނެ ގޮތްތަށް ދަސްކޮށްދެމުންކަމަށްވެސް ހަބަރުލިބެއެވެ.
މިއަދުގެ ހަމަލާތަކުގައި ސޫރިޔާގެ އާންމުންގެ 60 މީހަކު މަރުވިކަމަށް ހަބަރުލިބެއެވެ. ހަމަލާތަށް އިތުރުވެފައި ވަނީ ހަމްސް އާއި ދިމިސްގުގައެވެ.
ސޫރިޔާގައި އެގައުމުގެ ސަރުކާރުން ހިންގަމުންދާ ގަތުލްއާންމުތަށް އިތުރުވަމުންދާ ކަމަށް ބުނެ އެގައުމުގައި ސުލްހަ ގާއިމްކުރުމަށް ހަރަކާތްތެރި ވަމުންދާ އދ ގެ ޖަމާއަތުން އެގައުމު ސަސްޕެންޑް ކޮށްފިއެވެ.
ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި އާންމުންގެ ތެރެއިން 77 މީހަކު މިއަދު މަރުވެފައިވާ ކަމަށް ހަބަރުލިބެއެވެ.
ސޫރިޔާ ސިފައިންނަށް ފްރީ ސޫރިޔަން އާރމީ އިން ދިން ހަމަލާތަކުގައި އެމީހުންގެ 16 ސިފައިން މަރުވިކަމަށް ރިޕޯޓުތަށް ބުނެއެވެ. މީގެ އިތުރުން ސޫރިޔާގެ އަލް ބަޔަޑާ ކިޔާ އަވަށް ފްރީ ސޫރިޔަން އާރމީގެ ބާރުގެދަށަށް އަލުން އަނބުރާ ގެނެވިއްޖެކަމަށް އެ ޖަމާއަތުން ދަނީ ބުނަމުންނެވެ.
ހުކުރު ދުވަހު އާންމުންނެ ތެރެއިން މަރުވި މީހުންގެ އަދަދު 48 އަށް އަރާ ކަމަށް ހަބަރުލިބެއެވެ.
ކޮންމެ ހުކުރު ދުވަހު ސޫރިޔާގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންދާ ބޮޑު އެއްވުންތަށް މިއަދުވެސް ކުރިޔަށް އެބަދެއެވެ. ނަމަވެސް މި އެއްވުންތަށް ކުރިޔަށް ދިޔަ ނުދިނުމަށް ސޫރިޔާ ސިފައިންދަނީ ބަރު ހަތިޔާރާއި އެކު ހަރަކާތްތެރި ވަމުންނެވެ.
ސޫރިޔާ ސިފައިން މިއަދު ދިން ހަމަލާތަކުގައި އާންމުންގެ 60 މީހުން މަރުވިކަމަށް ހަބަރު ލިބެއެވެ.
އެމެރިކާގެ މުރާސިލުން ތަކެއް ހާމަ ކުރިގޮތުގައި ސީއައިއޭ އައި އެމް16 އެޖެންޓުން ސުރިޔާގައި ގަތުލް އާއްމުތަކެއް ހިންގާކަމުގެ މައުލޫމަތު ލިބިއްޖެއެވެ.
ޗިކާގޯގެ ލިޔުންތެރިޔާ އަދި ރޭޑިޔޯ ޕެރެސެންޓަރ ސްޓެފެން ލެންޑުމޭން ބުނިގޮތުގައި ސީއައިއޭ އާއި އެމް16 އެޖެންޓުންގެ ލަސްކަރެއް މިހާރު ވެސް ސޫރިޔާއަށް ހަމަލާ ދެމުން ދެއެވެ. ލިންޑުމޭން ބުނިގޮތުގައި މިކަމަކީ ބައްޝާރު އަސަދުގެ ރޭވުމުގެ މަތިން ކުރިޔަށް ދާ ކަމެކެވެ.
ތަފްސީލް ވިދާޅުވޭ
އެމެރިކާގެ ވޯރލްޑް ޓްރިބިއުލް ނޫހުގެ މިދިޔަހޯމަދުވަހުގެ( 11/06/2012) ޢަދަދުގައި ސޫރިޔާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ވެރިކަން ކުރަމުން އަންނަ އަނިޔާވެރި ބައްޝާރުލްއަސަދު ގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރަމުން އަންނަކަމަށް ހާމަކޮށްފިއެވެ.
ތަފްސީލް ވިދާޅުވޭ
ބައްޝާރުލް އަސަދާއި ދެކޮޅަށް ޖިހާދަށް ނުކުތުމަށް ކުވެއިތުގެ ރަތްޔިތުންތަކެއް ތުރުކީގެ ބޯޑަރ ލައިން ހުރަސްކޮށް ސީރިޔާގެ މުޖާހިދުންނާއި, ގުޅެމުންދާކަމަށް ކުވެއިތުގެ ނޫސްތަކުން ހާމަކުރަން ފަށައިފިއެވެ.
ކުވެއިތުގެ އިތުރުން އަލްޖީރިޔާ،ސަޢޫދީ އަރަބިޔާ އަދި ޕާކިސްތާނުގެވެސް އެތައް ފައުޖުތަކެއް މިހާރު ސީރިޔާގެ އިދިކޮޅު ހަގުރާމަވެރިންކަމަށްވާ ފްރީ ސީރިއަން އާރމީ(އެފް.އެސް.އޭ) އާއި ގުޅިފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ކުވައިތުން ސޫރިޔާއަށް އައި ބަޔެއް ފުރީ ސޫރިޔަން އާރމީ އާއި ގުޅިއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެބައިމީހުން ސޫރިޔާއަށް އައިސްފައި ވަނީ ތުރުކީ ސޫރިޔާ ބޯޑަރ ސަރަހައްދުންނެވެ. އެބައިމީހުންނާއި ހަވާލާދީ ނޫސް ރިޕޯޓުތަށް ބުނާ ގޮތުގައި އެމީހުންގެ އިތުރުން ސައުދީއަރަބިއްޔާއިންނާއި އަލްޖީރާ އަދި ޕާރކިސްތާނުންވެސް އެތަށް ބަޔަކު ފުރީ ސޫރިޔަން އާރމީއާއި ގުޅެން ތައްޔާރަށް އެބަ ތިއްބެވެ.
ސޫރިޔާ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ސިފައިން ފުރީ ސޫރިޔަން އާރމީ އާއި ގުޅެމުންދާކަމަށް ހަބަރުލިބެއެވެ.
ސޫރިޔާގެ އަލްހަފްއަށް ބައްޝާރުގެ ވަފާތެރިން ދިން ރޮކެޓު ހަމަލާތަކެއްގައި 68 މީހަކު މަރުވެއްޖެ ކަމަށް ހަބަރުލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއަވަށަށް ރޮކެޓު ހަމަލާ ދީފައި ވަނީ ކައިރި އަވަށްތަކުންނެވެ. އެއަވަށްތަކަކީ ބައްޝާރުލް އަސަދުގެ ފުރިހަމަ ކޮންޓުރޯލް އޮންނަ އަވަށްތަކެއްކަމަށްވެސް ހަބަރުލިބެއެވެ.
ބައްޝާރުލް އަސަދުގެ ސިފައިންދަނީ ހެލިކޮޕްޓަރ ބޭނުންކޮށްގެން ސޫރިޔާގެ ހަމްސްގެ އިތުރުން އެހެން އަވަށްތަކަށްވެސް ބޮން އަޅަމުންނެވެ.
ހޮނިހިރު ދުވަހުގައި މަރާލެވުނު މީހުންގެ ޖަނާޒާ މިއަދު ބާއްވައިފިއެވެ.
ބައްޝާރުގެ ސިފައިން ދަނީ އަލްހާރިޖިއްޔާ އަވަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. ރޮކެޓާއި ޓޭންކް ފަދަ ހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލާތަކާއި އެކުވެސް ފުރީ ސޫރިޔަން އާރމީ ގެ ސިފައިން ދަނީ އެ އަވަށް ދިފާއު ކުރަމުންނެވެ. ބައްޝާރުގެ ސިފައިންނަށް މި އަވަށަށް ވަދެވިއްޖެނަމަ މި އަވަށުގައިވެސް ބޮޑު ގަތުލްއާންމެށް ހިންގާނެ ކަމަށް ސޫރިޔާގެ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަލްހާރިޖިއްޔާ އަވަށުގައި ފެނާއި ކަރަންޓުގެ އިތުރުން ބޭސްފަރުވާ ކުރެވޭނެ ވަސީލަތެއްވެސް ނެތެވެ. އަދި މުއާސަލާތީ ހިދުމަތް ވަނީ ވަރަށް ބޮޑަށް ކެނޑިގެން ގޮސްފައެވެ.
ސޫރިޔާގެ ހަމްސްގެ ކައިރީގައި އޮންނަ އަލްހާރިޖިއްޔާ ގައި ބައްޝާރުލް އަސަދުގެ ވަފާތެރި ސިފައިންނާއި ފުރީ ސީރިޔަން އާރމީއާއި ވަރުގަދަ ކުރިމަތިލުންތަކެށް ހިނގަމުންދާކަމަށް ހަބަރުލިބެއެވެ.
މިއަދުގެ ހަމަލާތަކުގައި އާންމުންގެ ޖުމްލަ 96 މީހަކު މަރުވިކަމަށް ހަބަރުލިބެއެވެ.
ބައްޝާރުގެ ސިފައިން ޑާރާގައި ހިންގި ގަތުލްޢާންމުގައި މަރުވިމީހުންގެ އަދަދު 17 އަށް އަރާކަމަށް ހަބަރުލިބެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ބައްޝާރުގެ ސިފައިން މިއަދު ސޫރިޔާގެ އެކި ސަރަހައްދު ތަކަށް ދިން ހަމަލާތަކުގައި މަރުވިމީހުންގެ އަދަދު 30 އަށް އަރާކަމަށްވެސް ހަބަރުލިބެއެވެ. މަރުވި މީހުންގެ ޖަނާޒާ މިއަދު ވަނީ ބާއްވާފައެވެ.
ސޫރިޔާގެ ޑާރާ އަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 16 މީހަކު މަރުވެފައި ވާކަން ޔަގީންވެއްޖެކަމަށް އެކްޓިވިސްޓް ޖަމާއަށްތަކުން ބުނެފިއެވެ. މި އަދަކީ އަނެއްކާވެސް ސޫރިޔާގައި ބޮޑު ގަތުލްއާންމެށް ހިނގާ ދުވަހެއް ކަމަށް ހަބަރުލިބެއެވެ.
މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު 35 އަށް އަރާކަމަށް ހަބަރުލިބެއެވެ. ސޫރިޔާގެ ސިފައިން ދަނީ ޑާރާގެ ހޮސްޕިޓަލަށްވެސް ކެނޑިނޭޅި ހަމަލާ ދެމުންނެވެ. ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލަށް ގެންދިޔުމުގައި ދަތިތަކާއި ކުރިމަތި ވަމުންދާކަމަށް ހަބަރުލިބެއެވެ.
ސޫރިޔާ ސިފައިން ޑާރާގައި އާންމުން ގަޔަށް އެއްވެސް ބެލުމެއްނެތި ދެމުންދާ ހަމަލާތަކުގައި އެތަށްބަޔަކު ޒަހަމްވެފައިވާކަމަށް ހަބަރުލިބެއެވެ. އަދި މީގެ ތެރެއިން ގިނަ މީހުން ތިބީ ވަރަށް ސީރިޔަސް ހާލަތެއްގައެވެ.
ހުކުރު ދުވަހުން ފެށިގެން ޑާރާ އަށް އަންނަނީ މެދުކެނޑުމެށް ނެތި ބަރުހަތިޔާރާއި ރޮކެޓު މިސައިލް ބޭނުންކޮށްގެން ހަމަލާތައް ދެމުންނެވެ
ސޫރިޔާގެ ޑާރާ އަވަށުގައި ބައްޝާރުލް އަސަދުގެ ސިފައިން ޢާންމުންނާއި ދެކޮޅަށް ކެމިކަލް ބޭނުން ކުރަމުންދާ ކަމަށް އެކްޓިވިސްޓް ޖަމާއަށްތަކުން ބުނެފިއެވެ.
ހުކުރުދުވަހު ސޫރިޔާގެ އެކި ކަންކޮޅުތަކުން މަރުވި އާންމުގެ އަދަދު 65 އަށް އަރާ ކަމަށް ހަބަރުލިބެއެވެ. މީގެ ތެރޭގައި 3 ކުޑަ ކުއްޖެއް ހިމެނެއެވެ.
މިއަދު ފުރީ ސޫރިޔަން އާރމީ އާއި ބައްޝާރުގެ ސިފައިންނާއި ވަރުގަދަ ކުރިމަތިލުންތަކެށް ހިނގިކަމަށް މީޑިޔާ ރިޕޯޓުތަށް ބުނެއެވެ. ބައްޝާރުގެ ސިފައިން ވަނީ ބަރު ހަތިޔާރާއި ރޮކެޓު ހަމަލާތަށް އެޤައުމުގެ އާއްމުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށްފައެވެ. އެގޮތުން މިއަދު އެކަނިވެސް ޖުމްލަ 5 ގެޔެށް ބިމާ ހަމަކޮށްލާފައިވާކަމަށް އެގައުމުގައި ހަރަކާތްތެރިވާ އެކްޓިވިސްޓު ޖަމާއަށް ތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.
ސޫރިޔާގެ ރައީސްގެ ވަފާތެރި ސިފައިން އާންމުންނާއި ދެކޮޅަށް ބައެއް އަވަށް ތަކުގައި ކެމިކަލް ބޭނުންކުރާ ކަމުގެ ރިޕޯޓްތަށްވެސް ވަނީ ފެތުރިފައެވެ.
ސޫރިޔާގެ ދިމިޝްގުގައި ވަރުގަދަ ހަމަލާތަކެށް ބަދަލު ކުރެވެމުންދާކަމަށް އެ ސަރަހައްދުގެ ރައްޔިތުންނާއި ހަވާލާދީ ނޫސް ރިޕޯޓުތަށް ބުނޭ.
ބުދަ ދުވަހު ގަތުލްއާންމު ހިންގި ސަރަހައްދަށް އދ ގެ މަންދޫބުންނަށް ވަނުމުގެ ފުރުސަތު ސޫރިޔާ ސިފައި ދީފިއެވެ. އދ ގެ މަންދޫބުން ބުނާ ގޮތުގައި މަދުވެގެން 78 އާންމުން ވަނީ މި ގަތުލްއާންމުގައި ގަތުލު ކުރެވިފައެވެ
އާދައިގެ މަތިން ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދަށްފަހު ސޫރިޔާގެ އެކި ހިސާބުތަކުގައި ވަނީ އަނިޔާވެރި ސަރުކާރާއި ދެކޮޅަށް އަނޑު އުފުލާ މުޒާހިރާ ކޮށްފައެވެ. މި މުޒާހިރާ ތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާ ކަމަށް ހަބަރުލިބޭ.
ސޫރިޔާގައި އެންމެ ފަހުންހިންގި ގަތުލްއާންމު ޗައިނާ ސަރުކާރުން ކުއްވެރިކޮށްފިއެވެ. އެހެންނަމަވެސް ޗައިނާއިން ވަނީ އދ ގެ މަންދޫބު އަނާންގެ ގޮވާލެއްވުމަށް އިޖާބަދެވެން ނެށްކަމަށް ބުނެފައެވެ. އަނާން ވަނީ ސޫރިޔާ ސަރުކާރަށް ގަތުލްއާންމު ތަކާއި ގުޅިގެން ފިއްތުން ތަށް ކުރިމަތި ކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައެވެ. ޗައިނާއަކީ ބައްޝާރުލް އަސަދުގެ ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ މަދު ގައުމުތަކުގެ ތެރޭން އެއްގައުމެވެ.
ސޫރިޔާގެ ހަމްސްއަށް މިއަދު ހެނދުނު ވަރުގަދަ ހަމަލާތަކެށް ދިންކަމަށް އެގައުމުގެ މިނިވަންކަމަށް މަސައްކަތް ކުރާ އެކްޓިވިސްޓުން މައުލޫމާތު ދެއެވެ.
ސޫރިޔާގެ ރަށުތެރެއަށް ބައްޝާރުގެ ސިފައިން ހަމަލާ ދެނީ. ވީޑީއޯ ބައްލަވާ
މިޑިޔާ ރިޕޯޓުތަށް ބުނާގޮތުގައި މިއަދުގެ ހަމަލާތަކުގައި އާންމުންގެ ތެރެއިން މަރުވެފައިވަނީ 32 މީހުންނެވެ. އަދި ސިފައިންގެ 24 މީހަކު މަރާލެވުނެވެ.
ބުދަ ދުވަހު ބައްޝާރުލް އަސަދުގެ ވަފާތެރިން ހިންގި ގަތުލްއާންމުގެ ކަންތަށް ބެލުމަށް ދިޔަ އދ ގެ މަންދޫބުންނަށް ހުރަސްއެޅުނެވެ. އދ ގެ މަންދޫބުން ގަތުލްއާންމު ހިންގި ސަރަހައްދަން ވަންނަން މަސައްކަތް ކުރުމުން އެގައުމުގެ ސިފައިންވަނީ ހަތިޔާރުގެ ބޭނުން ކޮށްފައިކަމަށް އދ އިން ބުނެފައިވެއެވެ. ނަމަވެސް މި ހަމަލާގައި އދ ގެ އެއްވެސް މަންދޫބަކަށް ގެއްލުމެއް ނުލިބޭކަމަށް ހަބަރުލިބެއެވެ.
ސޫރިޔާގައި ހަރަކާތްތެރި ވަމުންދާ އދ ގެ މަންދޫބުންނަށް އެގައުމުގެ ސިފައިންގެ ފަރާތުން ނުރައްކާތަކާއި ކުރިމަތި ވަމުން އަންނަކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީމޫން ސެކިޔުރިޓީ ކައުންސިލްގައި ވިދާޅުވެއްޖެއެވެ.
ސޫރިޔާއަށް އދ އާއި އަރަބިލީގުން ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ކޯފީ އަނާންވެސް ވަނީ އދ ގެ ސެކިޔުރިޓީ ކައުންސިލްގައި ސޫރިޔާގެ މަޝްރަހު ގޯސްވަމުންދާ ކަމުގެ އިންޒާރު ދެއްވާފައެވެ. އަނާން ވިދާޅުވެފައި ވަނީ ސެކިޔުރިޓީ ކައުންސިލުން އަވަސް ފިޔަވަޅުތަކެށް ނާޅައިފި ނަމަ ސޫރިޔާގެ ހަމަނުޖެހުން ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށް ދާނެކަމަށެވެ.
[end/]
[time]05/06/2012[/time]
މިއަދު ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި އާންމުންގެ 51 މީހަކު މަރާލައިފާވާ ކަމަށް ހަބަރުލިބެއެވެ.
[end/]
[time]04/06/2012[/time]
މިއަދުވެސް 42 މީހަކު ސޫރިޔާގެ ސިފައިން މަރާލިކަމަށް ހަބަރުލިބެއެވެ.
[end/]
[time]03/06/2012[/time]
ބައްޝާރުލް އަސަދުގެ ވަފާތެރި ސިފައިން ދިން ހަމަލާތަކެއްގައި އެގައުމުގެ އާންމުންގެ 42 މީހަކު މަރާލައިފާ ވާކަމަށް ހަބަރުލިބެއެވެ.
[end/]
[time]02/06/2012[/time]
މިއަދު ސޫރިޔާގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ދިން ހަމަލާ ތަކެއްގައި އެގައުމުގެ ސިފައިންގެ 96 މީހަކު މަރާލެވުނު ކަމަށް މީޑިޔާ ރިޕޯޓުތަށް ބުނެއެވެ. އަދި ބަދަލު ކުރެވުނު ހަމަލާތަކުގައި ސަރުކާރާއި އިދިކޮޅު 33 އާއްމުން ވަނީ މަރާލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ހޮނިހިރު ދުވަހަކީ ސޫރިޔާ ސިފައިންނަށް އެންމެ ބޮޑު ނާކާމިޔާބީއެށް ލިބުނު ދުވަހެވެ.
[end/]
[time]01/06/2012[/time]
އާދައިގެ މަތިން ކޮންމެ ހުކުރު ދުވަހު ބާއްވަމުންދާ ބޮޑު މުޒާހިރާ މިއަދުވެސް ކުރިޔަށް އެބަދެއެވެ. ސޫރިޔާގެ އެކި ޕްރޮވިންސް ތަކުގައި ކުރިޔަށްދާ މުޒާހިރާ ތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެއެވެ. މި މުޒާހިރާ ތަކާއި ގުޅިގެން އެގައުމުގެ ސިފައިން ވަނީ 43 މީހެއް މަރާލާފައެވެ.
[end/]
[time]31/05/2012[/time]
ސޫރިޔާގެ ހަމްސްގައި އެގައުމުގެ ސިފައިން ދިން ހަމާލާތަކުގައި މިއަދުވެސް 42 މީހަކު މަރުވެފައިވާކަމަށް މީޑީޔާ ރިޕޯޓްތަށް ބުނެއެވެ
ރަޝިޔާއިން ސޫރިޔާގެ ސަރުކާރަށް ހަތިޔާރު ހިފައިގެން އައި ބޯޓެށް އެގައުމަށް އަތުވެއްޖެ ކަމަށް ހަބަރު ލިބިއްޖެއެވެ. ހަތިޔާރު ބަރުކޮށްގެން އައި މި ބޯޓު ސޫރިޔާގެ ބަނދަރަށް ވަނީ ބުރާސްފަތި ދުވަހުކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ. މި ރިޕޯޓާއި ގުޅިގެން އެމެރިކާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެމެރިކާއިން ބުނެފައި ވަނީ ރަޝިޔާގެ މި އަމަލުތަކުގެ ސަބަބުން ސޫރިޔާގެ މަޝްރަހު އިތުރަށް ގޯސްވާނެ ކަމުގައެވެ. ރަޝިޔާ އަކީ އދ ގެ ސަލާމަތީ މަޖިލީހުގައިވެސް ސޫރިޔާގެ ސަރުކާރު ދިފާއުކުރަމުންދާ މަދު ގައުމުގެތަކުގެ ތެރެއިން އެއްގައުމެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި މެދު ސުލްހަ ކުރުމަށް އދ ގެ ހާއްސަ މަންދޫބު އަނާން ހުށަހަޅާފައިވާ ސުލްހައިގެ ވާހަކަތަށް ނާކާމިޔާބު ވެއްޖެ ކަމަށް އިއުލާން ކުރުމަށް ސޫރިޔާގެގެ މިނިވަން ކަމަށް މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކުން ގޮވާލައިފިއެވެ. އަނާންގެ ސުލްހައިގެ ހުށަހެޅުމަށް ސޫރިޔާގެ ސަރުކާރުން އެއްވެސް އިހްތިރާމެއް ނުކުރާކަމަށް އިދިކޮޅުފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ސުލްހައިގެ މަޝްވަރާތަށް ނާކާމިޔާބު ވެއްޖެކަން އިއުލާން ކުރުމުން މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރާއި ދެކޮޅަށް އިތުރު ހަމަލާތަކެއް ދެވޭނެކަމަށް އެބޭފުޅުން ވިދާޅުވެއެވެ.
އދ އާ އެކުގައި ވެފައިވާ ސުލްހައިގެ އެއްބަސްވުމާއި އެއްގޮތަށް ނިއްމުމަށް 48 ގަޑިއިރުގެ މުހުލަތެއް ސޫރިޔާއަށް ދީފިކަމުގައި އިދިކޮޅު ފަރާތްތަކުން ހާމަ ކޮށްފިއެވެ. ތަފްސީލް ވިދާޅުވޭ
[end/]
[time]29/05/2012[/time]
ދުނިޔޭގެ ގިނަ ގައުމުތަކަކުން އެގައުމުތަކުގައި ތިބި ސޫރިޔާގެ މަންދޫބުން ބޭރު ކުރަމުންދާކަމަށް ހަބަރު ލިބެއެވެ. މީގެ ތެރޭގައި ކެނެޑާ، އިނގެރޭސިވިލާތް، ފްރާންސް، އިޓަލީ އަދި ސްޕެއިން ހިމެނެއެވެ.
މިދިޔަ ހުކުރު ދުވަހު ބައްޝާރުގެ ސިފައިން ސޫރިޔާގައި ހިންގި ގަތުލްއާމް މިސްރުގެ މުސްލިމް ބްރަދަރހޫޑް ޖަމާއަތުން ކުށްވެރިކޮށްފިއެވެ. އެޖަމާއަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސޫރިޔާގެ ކުށެއްނެއް އާއްމުންނާއި ދެކޮޅަށް އެގައުމުގެ އަނިޔާވެރި ރައީސް ބައްޝާރު ހިންގަމުން ގެންދާ ޖަރީމާތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ސޫރިޔާގެ އާއްމު ރައްޔިތުންގެ ދިފާއުގައި އަރަބި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ.
ތަފްސީލް: ސޫރިޔާގައި ތިބި އެހެން ޤައުމުތަކުގެ ސަފީރު ސޫރިޔާއިން ބޭރުވާން ފަށައިފި
[end/]
[time]28/05/2012[/time]
މުޅިއެކު 13،004 މީހުން މަރުވެފައި ވާކަމަށް ލަފާކުރޭކަމަށް ރަމި އަބްދުލް ރަޙްމާން ހާމަކުރިއެވެ. އޭގެތެރޭގައި 9،183 އާއްމު ރައްޔިތުން ހިމެނޭކަމުގައި ކަމަށާއި 3،072 އަސްކަރިޔާއިންނާއި އަދި 749 ސިފައިން މަރުވެފައިވާކަމަށް މައުލޫމަތު ދެއެވެ. މިހަމަލާތަކުގެ ސަބަބުން މަރުވެފައި ވަނީ ގިނައިން އާއްމު ރައްޔިތުންނެވެ.
ތަފްސީލް: 2011 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ސޫރިޔާގައި މަރުވި މީހުންގެ އަދަދު 13،000އަށް އަރައިފި
[end/]
[time]27/05/2012[/time]
ސޫރިޔާގައި ކުރިޔަށްދާ ހަމަނުޖެހުންތަކުގައި ބައްޝާރުގެ ސިފައިންނާއި އޭނާއަށް ތާއީދު ކުރާ ބަޔަކު އެގައުމުގެ އާއްމުންގެ ސަތޭކަ މީހުން މަރާލައިފިއެވެ. މީގެ ތެރޭގައި އަންހެނުންނާއި ފަންސާހަކަށް ކުޑަ ކުދިން ހިމެނޭކަމަށް ހަބަރުތަށް ބުނެއެވެ. ސޫރިޔާގެ ހަމްސްގައި ހިންގި މި ޖަރީމާއާއި ގުޅިގެން އަރަބި ލީގުގެ ކުއްލި ބައްދަލުވުމެށް ބާއްވަން އުޅޭކަމުގެ ހަބަރުތަށް ވަނީ ލިބެންފަށާފައެވެ.
ތަފްސީލް: ސޫރިޔާގައި މިއަދު 100 މަރު
[end/]
[time]26/05/2012[/time]
ސީރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިދިޔަ ހުކުރު ދުވަހު ސީރިޔާގެ ސިފައިން ހޮމްސް ޕްރޮވިންސްގެ 'ހައުލާ' ސަރަހައްދަށް ދިން ހަމަލާގައި 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށާއި މީގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭކަމަށް، އެޤައުމުގައި ހިނގާ ހަމަނުޖެހުންތައް ބަލަމުންދާ ހިއުމަންރައިޓްސް އަދި އެވްޓިވިސްޓްސްއާ ހަވާލާދީ ރޮއިޓާރސްއިން ހާމަ ކޮށްފިއެވެ. ތަފްސީލް ވިދާޅުވޭ!
[end/]
[time]24/05/2012[/time]
- އދ ގެ ސެކިޔުރިޓީ ކައުންސިލަކީ ވަކިއަތަކަށް ޖެހިފައި އޮންނަ އެއްވެސް ބާރެއް ނެށް ބަޔެއްކަމަށް އެމްއެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ. އެމީހުން މިހެން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ނެރުނު 50 ވަނަ ގްލޯބަލް ހިއުމަން ރައިޓްސް ރިޕޯޓްގައެވެ. އިތުރަށް މި ރިޕޯޓުގައި ބުނެފައި ވަނީ ސޫރިޔާގެ ހިއްވަރު ގަދަ ޒުވާނުން 12 މަސްދުވަހަށް ވުރެ ގިނަ ދުވަހު މުޒާހަރާ ކުރަމުންދާއިރު އދ ގެ ސަލާމަތީ މަޖިލީހަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.
- ހަމްސްގައި ބައްޝާރުގެ ސިފައިން މަންމައަކާއި އޭނާގެ ފަސް ކުދިން މަރާލައިފިއެވެ. އިހާނެތި ގޮތަކަށް ވަޅި ބޭނުން ކޮށްގެން މަރާލެވިފައިވާ މި ފަސް ކުދިންނާއި މަންމަ ބައްޝާރުގެ ސިފައިން ފުރަތަމަ ވަނީ ވަގަށް ނަގާފައެވެ. > ތަފްސީލް ވިދާޅުވޭ! އަދި ޚަބަރާއި ގުޅޭ ވީޑީއޯ ބައްލަވާ!
[end/]
[time]26/04/2012[/time]
އެތަކެއް ހާސް ސިފައިން ބަރުހަތިޔާރާއި އެކު ދާރާ އަށާއި އަދި އެހެން ދެ އަވަށަކަށް ވަދެ އާންމުންނާއި ކުރިމަތި ލަމުން ދާކަމަށް ހަބަރުލިބެއެވެ. އަދި ފެނާއި ކަރަންޓާއި ފޯނުގެ ހިދުމަށް ވަނީ މި އަވަށު ތަކުގައި ކަނޑާލައިފާ ކަމަށްވެސް ހަބަރުލިބެއެވެ. މި ކުރިމަތި ލުމުގައި 11 އާއްމުން ވަނީ މަރުވެފައެވެ. އަދި އިތުރު 14 މީހުން މަގުމަތީގައި ވެއްޓިފައި އޮތްކަމަށް މަންޒަރު ދުއް މީހުންނާއި ހަވާލާދީ މީޑިޔާ ރިޕޯޓު ތައް ބުނެއެވެ.
[end/]
[time]25/04/2012[/time]
ސޫރިޔާގައި ކުރިޔަށް ދާ މުޒާހަރާ ތަކާއި ދެކޮޅަށް އެޤައުމުގެ ސިފައިން ބާރުގެ ބޭނުން ކޮށް މުޒާހަރާ ކުރާ މީހުންނާއި ދިމާލަށް ބަނޑި ޖަމަހުންދާ ކަމުގެ ހަބަރު ލިބެއެވެ.
[end/]
[time]23/04/2012[/time]
ދާރާގައި އަދިވެސް މުޒާހަރާތަށް ދަނީ ކުރިޔަށެވެ. ސޫރިޔާގެ ގައުމީ ޓީވީ އިން ވަނީ ބަނޑި އާއި އަތު ބޮމާއި ގިނަ އަދަދެއްގެ ފައިސާ އެ އަވަށުގައި ހުރި މިސްކިތަކުން ހޯދައިފާވާ ކަމަށް ބުނެފައެވެ.[end/]
[time]20/04/2012[/time]
ސީރިޔާގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން މަރާލި ދެ މީހުންގެ ޖަނާޒާގައި ބައިވެރިވި މީހުންގެ ތެރެއަށް ކަރުނަ ގޭސް ޖަހައި އެތައް ބަޔަކު ޒަހަމްކޮށްފި ކަމަށް، ސަރުކާރާ ދެކޮޅު ހަރަކާތްތެރިޔަކު ބުނެފި އެވެ.
[end/]
[time]18/04/2012[/time]
ސޫރިޔާގައި ކުރިޔަށްދާ މުޒާހަރާތަކުގައި ފަސް މީހަކު މަރާލައިފިކަމަށް މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިއަދަކީ ސޫރިޔާގެ ސަލާމަތީ ބާރުތަކުން ދޭ ހަމަލާތަކުގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަސް ކަމުގައި ހަބަރުތައް ބުނެއެވެ. ސޫރިޔާގެ އުތުރުގެ އަވަށެއްކަމުގައިވާ ދާރާގައި ހިނގި މި ހާދިސާ އަށްފަހު އެ އަވަށަށް މީހުން ވަނުން ވަނީ މަނާކުރެވިފައެވެ.
[end/]
[time]15/04/2012[/time]
އަރަބި ގައުމުތަކުގައި ކުރިޔަށްދާ މުޒާހަރާތަކުން ހިތްވަރު ލިބިގެން ސޫރިޔާގައި ވެސް ވަރުގަދަ މުޒާހަރާތަކެއް އެޤައުމުގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް އެބަދެއެވެ. ފެބުރުއަރީމަހު ވަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލި ޒުވާނުންތަކެއް ހައްޔަރުކޮށްފައެވެ.
[end/]
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...