ރާއްޖޭގެ ޚަބަރު

ދިވެހި އެތައް ދަރިންނެއް ﷲގެ މަގުގައި ޤުރުބާންވާން ތައްޔާރަށް އެބަތިބި - ޝެއިޙް އިލްޔާސް ޖަމާލް

"މަޤްޞަދު"ގެ ނަމުގައި ޒުވާނުންތަކެއް އިސްނަގައިގެން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ދަރުސްގައި ޝެއިޚް އިލްޔާސް ޖަމާލް ދަރުސްދެއވަނީ - ދިއިސްލާމް ފޮޓޯ: ވަސީމް

ދިވެހި އެތައް ދަރިންނެއް ﷲގެ މަގުގައި ލޭ އޮހޮރުވާންލަން ތައްޔާރަށް އެބަތިބިކަމަށް އައްޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެ އެވެ.
"މަޤްޞަދު"ގެ ނަމުގައި ޒުވާނުންތަކެއް އިސްނަގައިގެން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން ޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވީ، ﷲގެ މަގުގައި ޤުރުބާންވާން ތައްޔާރަށް ދިވެހި އެތައް ދަރިންނެއް އެބަތިބިކަމަށާއި ﷲގެ ދީނަށް ޚިޔާނާތް ތެރިވިވެ މަރުވުމަށްވުރެ ﷲގެ މަގުގައި ޖިހާދު ވެގެން ޝަހީދުވުން މާހެޔޮކަން ބޮޑުވެގެންވާކަމަށެވެ.

އަޅުގަނޑުމެން މި ވަޒަނަށް ލޯބިނުކޮށް އެހެން ކޮންބައެއްތޯ މިވަޒަނަށް ލޯބިކުރާނީ، އަދި އަޅުގަނޑުމެން ސަމާލުވާން ޖެހޭކަމަށް ވިދާޅުވެ ޝެއިޙް އިލްޔާސް ޖަމާލް ވިދާޅުވީ، ﷲގެ ދީނަށް ޚިޔާނާތްތެރިވެ މަރުވުމަށްވުރެ ﷲގެ މަގުގައި ޖިހާދު ވެގެން ޝަހީދުވުން މާހެޔޮކަން ބޮޑުކަމަށާއި ﷲގެ މަގުގައި ހަނގުރާމަ ކުރުމުގައި ފަސްޖެހި މަރުވާ މީހާ މުނާފިގެއްކަމުގަ ލިޔެވިގެންދާނެކަމަށެވެ. އަދި ﷲ އަށް އީމާންވެފައި އިސްލާމް ދީނަށްޓަކައި ޖާނާ މުދަލުން ޤުރުބާންވި ބަޔަކީ އެއީ ހަޤީޤީ މުޢުމިނުންކަމަށެވެ.

ފުލުހުންނާ ސިފައިން ﷲގެ މަގުގައި ދީނަށް ނަސްރު ދިނުމަށްޓަކައި ޤައުމު ދިފާއު ކުރުމަށްޓަކައި ސާބިތުވެ ތިބުމަށް ޝެއިޙް އިލްޔާސް ޖަމާލް ގޮވާލެއްވިއެވެ. އަދި ޝަހީދު ހުސެއިން އާދަމްއަކީ ވަރަށްވެސް ވަރުގަދަ ޝަޙްސިއްޔަތެއްކަމަށާއި، އާދަޔާ ޚިލާފް ބަޡަލެއްކަމަށެވެ. ޙުސެއިން އާދަމް އަތުގައި ހުރި ހުރިހާ ވަޒަނެއް ހުސްވަންދެން ދިނަށްޓަކައި ޤައުމަށްޓަކައި ހުސްކޮށްލީ އެއީވަރުގަދަ ޖިހާދެއް ކަމަށް ޝެއިޙް ވިދާޅުވިއެވެ. އެފަދަ ބަޡަލުން ފަދައިން ޖިހާދު ވުމަށް ސިފައިންނާ ފުލުހުންނަށް ގޮވާލާ އެގޮތުގައި ކެރިވަޑައިގެން ތިއްބެވުމަށާއި މިޤައުމު ސަލާމަތް ކުރުމަށް ޖިހާދުކުރަން ތައްޔާރަށް ތިބުމަށް ދިވެހި ފުލުހުންނާ ސިފައިންނަށް ގޮވާލެއްވިއެވެ.

ފޮޓޯ: "ދަރުސް"މަޤްޞަދު

މީގެއިތުރުން ޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވީ، އިސްލާމްދީން އަކީ އަޅުގަނޑުމެންގެ ދުސްތޫރުކަމަށާއި، އަޅުގަނޑުމުންގެ ހަޔާތް ބައްޓަން ކުރަންވީ އެގޮތައްކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީން ނޫން އެހެން ދީނެއް ބަލައިގެންފި މީހަކީ މަގުގެއްލި ހަލާކުވެގެންދާނެ މީހަކު ކަމުގައި ވެގެންދާނެކަމަށެވެ. މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުގެ ސިއްރަކީ އިސްލާމްދީންކަމަށް ޝެއިޙް ވިދާޅުވިއެވެ.

ﷲގެ ރަސޫލާ ވަނީ އަޅުގަނޑުމެން އުޅެންޖެހޭ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބަޔާން ކޮށްދީފަކަމަށާއި އަދި އަޅުގަނޑުމެން ސިޔާސި ގޮތުންނާއި އިޤްތިޞާދީގޮތުން ވިޔަސް ހުރިހާ ކަމެއްގެ ތެރެއަށް މިދީން ވަންނާނެކަމަށް ވިދާޅުވެ ޝެއިޙް ވިދާޅުވީ، ދުނިޔޭގެ ކަންކަމުން ދީން ބޭރުކޮށްފަ މިސްކިތްތަކަށް ދީން ވައްދަން އުޅޭނީ ދީން ނޭގޭ މީހުންކަމަށެވެ. އަދި ފައްޅިއެއްގައި އުޅެފައި އަޔަސް އަދި އިސްލާމްދީން ނޭގޭނެކަމަށާއި މިދީން އެނގޭނީ އިސްލާމްދީން އުނގެނިފައި ތިބި ބަޔަކަށްކަމަށެވެ.

ދަރުސްނިންމާލަމުން ޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވީ، "މަގެ ޤައުމާ މަގެ ދީނާ މަގެ އަމްނާ ނުކުޅެއްޗޭ ތާރީޙު ބަލާ ޤައްދާރު ނުވައްޗޭ"އެވެ. މ

ގުޅުންހުރި

4 ޚިޔާލު

  1. އަހަރެންނަށް އެނގިގެން ޗެނަލް13 އިން އެކަނި މިދަރުސް ދެއްކި

  2. މާޝާﷲ ޝެއިޚް އިލްޔާސް ޖަމާލަށް ހެޔޮ ޖަޒާދެއްވާށި! އާމީން! “ދީނާމަގެ ގައުމާ މަގެ އަމްނާ ނުކުޅެއްޗޭ، ތާރީޚުބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ”

  3. ޢަހަރެންވެސް ތައިޔާޜު !!!!!މިހާރުވެސް ޅަސްވެއްޖެ
    މާޝާﷲ ޝެއިޚް އިލްޔާސް ޖަމާލަށް ހެޔޮ ޖަޒާދެއްވާށި! އާމީން! “ދީނާމަގެ ގައުމާ މަގެ އަމްނާ ނުކުޅެއްޗޭ، ތާރީޚުބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ”

  4. އަޅުގަނޑު މިހުރީ ތިޔަލޮބުވެތި ބޭފުޅުންނާ އެކުގައި….

Comments are closed.