ޔާމިން އެކުލަވާލާ ޓީމަކީ ރަނގަޅު، އެކަށީގެންވާ، ކޮރަޕްޝަނުން މިންޖުވެފައިވާ ޓީމެއް ނަމަ އެއްބާރުލުންދޭނެކަމަށް ޢުމަރު ވިދާޅުވެއްޖެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޢުމަރު ނަޞީރު ވިދާޅުވީ "ޕީޕީއެމްއިން އެކުލަވާލާ ޓީމަކީ ކޮރަޕްޝަނުން މިންޖުވެ، މިޤައުމަށް ފައިދާހުރި އިސްލާމީ ޝަހުޝިއްޔަތަށް ބުރުނާރާ، އަމިއްލަ ވަންތަކަން ނަގާނުލާ އަދި ޤާނޫނުތަކާއި އުޞޫލްތަކުގެ މަތީގައި ތިބި ޓީމެއް ކަމަށް ވާނަމަ އެއްބާރުލުން ދޭނެ" ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ޕީޕީއެމްގެ ޕްރައިމަރީ އާ ގުޅޭގޮތުން ތަފާތު ތުހުމަތުތަކެއް ކުރައްވާ ވާހަކަދެއްކެވުމުން އާންމުކޮށް މާފަށް އެދުމަށް ޕީޕީއެމް ކައުންސިލުން ނިންމި ނިންމުމާމެދު އުމަރު ވިދާޅުވީ މާފަށް އެދެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށެވެ.
"މާފަށްއެދެން ޖެހޭ އެއްވެސް ސަބަބެއްނެތް. ކަމެތް ހިނގައި ދިޔަ ގޮތް ހާމަކުރުން އެއީ މާފްކުރަން ޖެހޭ ސަބަބެއް ނޫން އަޅުގަނޑު ހާމަކުރީ ވޯޓް ފޮޢްޓަށް ހަމައަށްގޮސް ވޯޓް ނުލެވި ދިއުމާއި އަދި ވޯޓް ފޮއްޓައް ގަވާއިދާ ހިލާފައް ވޯޓް ބައެއް މީސްމީހުން ވޯޓް އެޅުމާއި ޕާޓީގައި ނެތް މީހުން ވެސް ވޯޓުލާފައިވުން މިއީ ހިނގާފައިވާ ކަންކަން ކަމަށާއި މާފައް އެދެން ޖެހޭނީ އެކަން ކުރި މީހުން ކަމަށެވެ."
އުމަރު ވިދާޅުވި ގޮތުގައި ޕީޕީއެމަކީ އޭނާގެ ހިއްސާ ވެސް އޮވެގެން އުފެއްދި ޕާޓީއެއް ކަމަށާއި އެ ޕާޓީން އަމިއްލަ އަށް ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޕާޓީން އޭނާ ވަކިނުކުރާނެ ކަމަށާއި، ޕާޓީން ވަކިކޮށްފިނަމަ އެޕާޓީ ފުނޑުފުނޑު ވެގެންފައިބާނެކަމަށްވެސް ޢުމަރު ވިދާޅުވިއެވެ. އެމަންޒަރު ބޫނުން ނުވާކަމުގައި ވިދާޅުވަމުން އެ ހުރިހާ ޝަކުވާތަކާ އެކީވެސް އެބޭފުޅާ ހުންނެވީ އެޕާޓީ އާ އެކީ ކުރިޔަށްދާން ކަމަށާއި ނަމަވެސް ޕީޕީއެމްއިން ގައުމީ މަންޒިލް ފަސްދީ ގައުމީ މަންޒިލާ ދުރަށްދާކަމަށް ވާނަމަ އޭނާ ދާނީ ގައުމުގެ ފަހަތަށްކަމަށް އުމަރު ވިދާޅުވިއެވެ.
ވަކިން ޖަލްސާ ބާއްވާ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި މައްސަލާގައި އުމަރާ މެދު އަޅާނީ ކޮން ފިޔަވަޅެއްތޯ ސުލޫކު ކޮމެޓީން އަންނަނީ ބަލަމުންނެވެ. އޭނާއާ މެދު ފިޔަވަޅު އެޅުމަށް ދެ ހަފުތާއެއްހާ ދުވަސް ވެދާނެ ކަމަށް އެ ކޮމެޓީން މިއަދު ވަނީ ބުނެފަ އެވެ.
ފޮޓޯ: ޢުމަރު ނަޞީރު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމުން
ކޮމެންޓް (0)
ލޯޑް ކުރަމުން...