الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَثْنَى وَثُلَاثَ وَرُبَاعَ يَزِيدُ فِي الْخَلْقِ مَا يَشَاءُ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ
މާތް، މުޤައްރަބު މަލާއިކަތުންނަކީ ކީރިތިވަންތަ މާތް ﷲ ގެ އަމުރުފުޅަށް އެކަލާނގެ ހަވާލު ކުރައްވާފައިވާ ކަންތައްތަކައިގެން ބިމަށް ފައިބައި ވަޑައިގެން އިންސާނުންގެ ތެރޭގައި ވެސް އުޅުއްވާ ބައެއްކަން ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުން އެނގެއެވެ. ކުރީގެ އުންމަތްތަކުގައި ވެސް މިކަން މިހެން ހިނގާފައި ވެއެވެ. މަތިވެރި އަޞްޙާބު ބެއިކަލުންގެ ލޮލުން އެ މާތް މަލަކުން ދެކެފައި ވެއެވެ. އެއީ މާތް ﷲ ގެ އިޛްނަފުޅަށް އެބޭކަލުން އިންސާނުންގެ ސޫރައިގައި އިންސާނުންގެ ތެރެއަށް ޙާޟިރު ވުމުންނެވެ. ނުވަތަ އިންސާނުންނަށް ފެނުމަށް ކުޅަދާނަ ގޮތަކަށް ފާޅުވުމުންނެވެ. އެގޮތުން ކީރިތި މާތް ރަސޫލާގެ އަރިހަށް جبريل -عليه السلام- ޢުރްވާ ބިން މަސްޢޫދު رضي الله عنه ގެ ސޫރައިގައި ވަޑައިގަންނަވާކަމުގައި ވެއެވެ. މިއީ މުއުމިނުން ހައިރާން ވާ ކަމެއް ނޫނެވެ. ނަމަވެސް އެނޫން މީހުން ފަސޭހައިން ދޮގުކޮށްފާނެ ވާހަކައެކެވެ.
މަލާއިކަތުން މުއުމިނުންގެ ޚިދުމަތަގައި ހާޟިރު ވެއެވެ. ޚާއްޞަކޮށް އަނިޔާ ލިބޭ މުސްލިމުންނަށް މަދަދު ދެއްވުމަށާއި މުޖާހިދުންގެ ސަފުތަކުގައި ޖިހާދު ކުރުމަށެވެ. އެއީ އެކަމުގެ ސަބަބުން މުއުމިނުންގެ އީމާންކަން އިތުރު ކުރައްވައި، މާތް ﷲ އެބައި މީހުންނަށް ވެވޮޑިގަންނަވާފައިވަ ވަޢުދުގެ ތެދުކަން ކަށަވަރު ކޮށްދެއްވުމަށްޓަކައެވެ. އަދި ކާފަރުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވައި އެބައިމީހުން ފިތުނަވެރި ކުރެއްވުމަށްޓަކައި ވެސް މެއެވެ. ބަދުރު ހަނގުރާމައިގައި މުޝްރިކުންގެ ޢަދަދު ތިން ގުނައަށް އިތުރުވުމާއި އެކުގައި މައްކާއިން އެބައި މީހުނަށް އެހީގެ ގޮތުގައި އިތުރު ހަނގުރާމަވެރިން އަންނަ ޚަބަރު ލިބި އަޞްޙާބުން ކަންބޮޑުވެ ވަޑައިގެންނެވުމުން މުއުމިނުންނަށް އުފާވެރި ޚަބަރު ދެއްވުމަށް އަންގަވައި މާތް ﷲ އެކަލާނގެ ނަބިއްޔާ ވަޙީކުރައްވާފައި ވެއެވެ. {{ أَلَنْ يَكْفِيَكُمْ أَنْ يُمِدَّكُمْ رَبُّكُمْ بِثَلاثَةِ آلافٍ مِنَ الْمَلائِكَةِ مُنْزَلِينَ }} 124. މާނައަކީ: ” ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުނަށް ތިން ސަތޭކަ މަލާއިކަތުންގެ މަދަދު ފޮނުއްވުން ތިޔަބައިމީހުނަށް ނުފުދޭ ހެއްޔެވެ. އެބޭކަލުން ފައިބައިވަޑައިގެން ތިޔަބައި މީހުނާއެކުގައި ހަނގުރާމަ ކުރައްވާނެއެވެ.” އެ މަލާއިކަތުން މާތް ﷲ ގެ ވަޢުދުފުޅާއި އެއްގޮތަށް ވަޑައިގެން މުއުމިނުންގެ ސަފުގައި ހަނގުރާމަ ކުރެއްވި މަންޡަރު މުއުމިނުންނާއި މައްކާގެ މުޝްރިކުންވެސް ދެކުނެވެ. ބަދުރު ހަނގުރާމައިގެ އިތުރުން އެހެން ހަނގުރާމަ ތަކުގައި ވެސް ކީރިތި މާތް ރަސޫލާ އާއި އެކަލޭގެފާނުންގެ އަޞްޙާބުން އަދި އޭގެ ފަހުގެ ހުރިހައި ޒަމާނެއްގައި މުއުމިނުންނާއި ކާފަރުންނާއި ދެމެދުގައި ވާ ހަނގުރާމަ ތަކުގައި މަލަކުން ފައިބައި ވަޑައިގެން މުއުމިނުންނަށް މަދަދު ދެއްވާ ކަމީ ތަވާތުރުކޮށް ސާބިތުވާ ކަމެކެވެ.
އަފްޣާނިސްތާނުގައި ސޯވިއެޓުންނާ އިދިކޮޅަށް ކުރެވުނު ޖިހާދުގައި ބައިވެރިވެ ވަޑައިގަންނަވާފައިވާ މުޖާހިދުންނަށް މަލަކުންގެ މަދަދު ލިބިފައިވާ ކަމާއި އެމީހުންގެ ލޮލުން އެ މަންޡަރު ދެކެފައިވާކަމަށް ބައެއް ކޮމާންޑަރުން ވިދާޅުވި އަޑު އަޅުގަނޑު އެހީމެވެ. ބުނެދޭން ވެސް ނޭންގޭހައި ބޮޑެތި އަނިޔާ މިއަދު މުސްލިމުންނަށް ލިބެމުންދާ ގިނަ ތަންތަނުގެ ތެރެއިން އެއްތަނަކީ ސޫރިޔާއެވެ. ޒަމާނީ ލުއި އަދި ބަރު ހަތިޔާރު އަޅައިގެންވާ ބައްޝާރުގެ އަނިޔާވެރި މީހުން އެގައުމުން މުސްލިމުން ފޮހެލުމަށްޓަކައި އެއްވެސް ރަޙުމެއް ނެތި ގަތުލު ޢާންމު ހިންގަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ނިކަމެތީންނަށް އެކަށީގެންވާ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުން ދުނިޔެ ވަނީ ޣާފިލު ވެފައެވެ. އަޅުގަނޑުމެންގެ ގިނަ ބަޔަކަށް ތިމާމެންގެ މި އަޚުންނަށް ޓަކައި އަތް އުފުލައި ދުޢާކުރަން ވެސް ހަނދާނެއް ނުވެއެވެ. އަނިޔާވެރިކަން އިންތިހާއަށް ދިޔުމުން މާތް ﷲ ޣީރަތްތެރިވެ ވޮޑިގަންނަވާނެއެވެ. އެކަލާނގެ މަދަދު ސޫރިޔާގެ މުސްލިމުންނަށް ބާވައި ލައްވާނެކަން ކަށަވަރެވެ. އެކަލާނގެ ލަޝްކަރުގެ ޚާއްޞަ މެޑަލް އާއި ސިއްކަ ލިބިފައިވާ ހުދު ފޭރާމުގައިވާ ހުދު އަހުގައިވާ މަލާއިކަތުން އެތަނުގައި މުއުމިނުންގެ މަދަދުގައި ވެއެވެ.
ޑރ. ޢަރީފީ ވިދާޅުވިއެވެ. މުސްކުޅި މީހަކު ކިޔައިދިނެވެ. ބައްޝާރުގެ ސިފައިން ދިން ހަމަލާއެއްގައި އޭނާގެ ދަރިފުޅު ޒަޚަމްވުމުން ފަރުވާ ލިބުމަށްޓަކައި ގެޔަށް ވަނުމާއި އެކުގައި އަނިޔާވެރީންގެ ބަޔަކު އެ ގެޔަށް ވަދެ އެ ޒުވާނާގެ ގައިގައި ތަޅަމުން ތަކުރާރުކޮށް ކުރި ސުވާލަކީ ކަލޭމެންނާއެކުގައި ހުދު ފޭރާމުގައި ހުދު އަހުގައި އުޅުނީ ކޮން ބައެއް ހެއްޔެވެ؟ އެމީހުން ކޮބައި ހެއްޔެވެ؟ އެ ޒުވާނާ ބުންނެވެ. އެއްވެސް ބަޔަކު އަހެއްގައި ނޫޅެވެ. އެއަށްފަހު އެ ޒުވާނާ ޝަހީދުވިއެވެ. ސޫރީ މުޖާހިދުންގެ މީހަކު ވެސް ހަމަ މިފަދައިން ކިޔައިދީފައި ވެއެވެ. ތިމަންމެނާ އެކުގައި ހުދު ލިބާހުގައި ހުދު އައްސަވާރީން ހަނގުރާމަ ކުރާތަން އެމީހުނަށް ފެނެއެވެ. އަދި ތިމަންމެންގެ ގާތުގައި އެބަޔަކު އޮޅުން ފިލުވުމަށްޓަކައި ބައްޝާރުގެ ސިފައިން ވަރަށް ސުވާލު ކުރެއެވެ. އެކަމަކު ތިމަންމެން އަހެއް ނުގެންގުޅެމުވެއެވެ. ހުދު ލިބާސް ލީބަޔަކުވެސް ނޫޅެއެވެ. އެމީހުނަށް އެ ފެންނަ ބަޔަކީ ﷲ ގެ ޙަޟުރަތުން އެކަލާނގެ ފޮނުއްވާ މަދަދެވެ. ﷲ ގަންދީ ބުނަމެވެ. މީ ހަގީގަތެވެ. ވީމާ، ތިމަންމެން ބައްޝާރުގެ ސިފައިން ދެކެ ބިރެއް ނުގަނެއެވެ. އެއީ ﷲ ތިމަންމެނާއި އެކުގައި ވާތީއެވެ. އަދި މީހަކު ނަގާފައިވާ ވީޑިއޯ ކްލިޕެއްގައި ފެނެއެވެ. ދުޝަމަނުންގެ އަނިޔާވެރި ހަމަލާތައް އިންތިހާއަށް ވަރުގަދައަށް ދެމުން ދިޔަ ތަނެއްގައި ޝަހީދުވެގެން ވެއްޓިފައިވާ ޒުވާނަކު ނަގަން ކައިރި ވެވޭނެ ގޮތެއް ނެތިފައިވަނިކޮށް ދުޝްމަނުން ތިބި ދިމާލުން ހިނގާފައި ނުކުއިތް ބީރައްޓެހި މީހަކު، އަޑަކަށް ވަޒަނަކަށް ނުބަލައި އެ ބޮޑު ޒުވާނާ އެތްއަތުން، އެއްވެސް ބުރައަކާއި ބަރު ކަމަކާއި ނުލައި އުފުލާލައިގެން ގެންގޮސް އެ ޒަވާނާގެ އަހުލުންނާއި ހަވާލު ކުރެއެވެ. އެމީހާ ވަނީ ގަދަ ހުދުކުލައިގެ ލިބާހެއްގައެވެ. އެ ޒުވާނާ ގޮވައިގެން ދިޔަ އިރު ބަރު އެއްޗެއް އުފުލާ އިރުގައި މީހުނަށް ވާކަހަލަ އެއްވެސް ކަމެއް އަދި އަތަކަށް އަރިވެލުމެއް ނުފެނެއެވެ. އެއީ -ކީރިތި ރަސޫލާގެ ނަމޫނާ އާއި އެއްގޮތަށް- ތުނބުޅި ބަހައްޓާފައިވާ މާތް، ބޮޑު މީހެކެވެ. އެއީ އެހިސާބު މީހުން ދަންނަ މީހެއް ނޫނެވެ. އަދި އެ ޝަހީދު ގެންގޮސް ހަވާލު ކުރި އިރުގައި އެމީހާގެ ގައިން އެއްވެސް އަސަރެއް ފެންނަން ނެތް ކަމުގައި މަންޒަރު ދުށް މީހުން ކިޔާދީފައިވެއެވެ. އެ ޝަހީދު މަރުވެފައި އޮތް އިރު ވަނީ ހިނިތުންވާ ހާލުގައި ކަމަށް ބުނެއެވެ. -لا إله إلا الله محمد رسول الله-
މީހަކު ހިތަށް އަރާފާނެ، މަލާއިކަތުން ކެމެރާއަށް އަރާފާނެ ބާއޭ!؟ މަލާއިކަތުން ނަކީ އިންސާނުންގެ ލޮލަށް ވެސް ފެންނަ ބައެއް ނޫން، ވީޑިއޯ ނުވަތަ ސީ.ސީ.ޓީ.ވީ އަކަށް ވެސް ނާރާނެ، އެކަމަކު އިސްވެދިޔަ ފަދައިން އެބޭކަލުން އިންސާނުންގެ ސޫރައިގައި އިންސާނުންގެ ތެރެއަށް ވަޑައިގެން ﷲ ގެ އިޛްނަފުޅަށް މީހުނަށް ފެންނާނެހެން ވެއްޖެނަމަ ވީޑިއޯ ކެމެރާއަށް ވެސް އަރާނެއެވެ. އިންކާރު ކުރެވޭނެ މަގެއް ނެތެވެ. މިއީ މިއަދު ސޫރިޔާގެ އަނިޔާވެރި ސަރުކާރުން މުސްލިމުންނާއި މެދުގައި ހިންގަމުން ގެންދާ ލާ އިންސާނީ ޖަރީމާ ތަކާއި އެކުގައި ސޫރިޔާގެ މުސްލިމުން މާތް ﷲ ގެ ދީން މަތީގައި ސާބިތުވުމާއި އަކަލާނގެ މަގުގައި ކުރަމުން ގެންދާ ވަރުގަދަ ޖިހާދާއި އެބައިމީހުން އެކަލާނގެއަށް ދަންނަވާ އާދޭހުގެ އަޑު އެކަލާނގެ އައްސަވައި އެ މުއުމިނުންގެ ގާތަށް ފޮނުއްވާ މަދަދު މެނުވީ އެހެން އެއްވެސް ކަމެއް ނޫނެވެ. އީމާންވާ މީހުންނަށް ޢިބުރަތް ވެއެވެ.
ހައްދަވާ ބޮޑު ކުރެއްވި މާތް އިލާހުއެވެ. އަޅަމެންނަށް ހިދާޔަތާއި ތެދުމަގު ދައްކަވައި އަޅަމެންނީ އިބަ އިލާހުގެ ދީނުގައި ސާބިތުވެ ތިބޭ ބައެއްކަމުގައި ލައްވާންދޭވެ! މުސްލިމުންނަށް ނަޞްރު ދެއްވައި އެބައިމީހުންގެ މައްޗަށް އަނިޔާވެރިވާ މީހުން ބަލި ކުރައްވައި ނިކަމެތި ކުރައްވާނދޭވެ! ފަލަސްޠީނާ، ޢިރާޤާ، އަފްޣާނިސްތާން އަދި ސޫރިޔާ އާއި ދުނިޔޭގެ ހުރިހައިތަނެއްގައި އަނިޔާ ލިބެމުންދާ މުއުމިނުންނަށް ނަޞްރު ދެއްވާނދޭވެ! އަދި މުސްލިމުންގެ ޢަދާވާތްތެރި އެމީހުނަށް އަނިޔާވެރިވެ، އިބަ އިލާހުގެ ދީނަށް ހުރަސް އަޅާ އެއްމެހާ މުޖުރިމުން ގަދަފަދަ ހިތްޕެވުމަކުން ހިތްޕަވާންދޭވެ! އިބަ އިލާހުއީ ކީރިތި ވަންތަ، ހުރިހައި ކަމެއްގެ މައްޗަށް ކުޅަދުން ވަންތަ އިލާހުއެވެ.
އާމީން.. އާމިން.. އާމީން..
وصلى الله وسلم وبارك على محمد وعلى آله وصحبه ومن والاه
والحمد لله رب العالمين
05 ޖުމާދަލް އާޚިރު 1433ހ- 25.04.2012މ

















އާމީން!!!!
އަލްޙަމްދުލިއްލާހި. ވަރަށް ޙިކުމަތްތެރި ލިއުމެއް. މިކަހަލަ ލިއުންތަކުން މީހުންގެ ހިތްތަކުގައި އީމާންތެރިކަން ވަރުގަދަވެ ގަދަފަދަ ވާނެކަން ޔަޤީން. އަބަދުވެސް މިކަހަލަ ތަފާތު ލިޔުންތަކަށް އިންތިޒާރު ކުރަން.
ަައާމީން!
އާމީން!!
އާމީން!!!އާމީން!!!
އާމީން ! އީމާންތެރިކަން އިތުރުވެ ޔަގީންކަން އިތުރުވެގެންދާ މިފަދަ ލިޔުންތަކަށް އަބަދުވެސް އިންތިޒާރުކުުރެވޭ
الْحَمْدُ لِلَّهِ
ައާމީން،،،،،
ައާމީން…
މީ ޢިބުރަތްތެރި ދަރުޝެއް! މިކަމުން ހުރިހާ މުސްލިމުން ޢިބުރަތް ޙާޞިލް ކުރައްވާ ! އާމީން ! އާމީން !
ައާމީން….ހުރިހައި ދިވެހިން މިކަމާ ދެކޮޅަށް އަޑުއުފުލުމަށް ގޮވައިލަން………އަދި ހަމަ އެފަދައިން ހުރިހާއެންމެން ވެސް ދުޢާކުރުމަށް އަންގަން…… ކޮބާތަ ކަމާބެހޭ ވުޒާރާތަށް……… މިސްކިތްތަކުގަ ކޮންމެނަމާދެއްގަ ދުޢާކުރާކަށް ނުވޭތަ………..ކޮބާއިތަ އެކްޓިވިސްޓުން…………… ﷲހުންމަ އައިއްޒަލް އިސްލާމަ ވަލް މުސްލިމީން…………
ވީޑިއޯގައި އެފެންނަނީ ޝައިތާނަކަށް ވުންވެސް އެކަށީގެންވާކަމަށް ޝައިޚް ޞާލިޙް އަލްފައުޒާން ވިދާޅުވެފައިވޭ.
އާމީން.. މިއާޓިކަލް އަދި ވީޑިއޯ ފެނިފަ ހަމަ ރޮވިއްޖެ.. ދިވެހިންގެ މައްޗައް ހުރި ހެޔޮ ނަސީބާމެދު ވިސްނާަލަމާ.. އަދި އަޅަމެންނީ އަނިޔާލިބެމުންދާ މުސްލިމުންގެ މަތިން ހަނދާންކޮށް އެބައިމީހުންނަށް ނަސްރު ޅިބުމަށް އެދި އަބަދުމެ ދުޢާ ކުރާބައެއް ކަމުގައިދެމިތިބުމަށް ގަދަ ކީރިތިވަންތަ އިލާހައް ދުޢާ ކުރަން.. އާމީން
އާމީން .އާމީން! އެނމެހާ މުއުމިނުނަށް ރަޙުމަތް ލައްވައި އަދުއްވުން ބަލިކުރައްވައި. މުސްލިމުންނަށް ކާމިޔާބުދެއްވާށި. އެންމެހާ މުސްލިމުން އެއްބައިވަންތަ ކުރައްވާށި ! އާމީން!
އާމީން މުސްލިމުން އެކުވެރި ކުރައވައި ކާމިޔާބު ދެއްވާށި . ައނިޔާ ލިބެމުންދާ ފަރާތްހަކަށް ކެތްތެރިކަން ދެއްވާށި! އާމީން
ކިހިނެއްތޯ ގަބޫލުފުޅު ކުރައްވާނީ. ތީ ސައްހަ ވީޑިއޯއެއް ކަމެއް.
އާމީން.
ސީރިޔާގެ ހާލަތު ވަރަށް ގޯސް. މިސްކިތް ތައް ހަލާކު ކުރަމުންދާ މަންޒަރު ވީޑިއޯ (ޔޫޓިއުބް އިން) ފެންނަނީ. އަޅުގަނޑުމެން ގަބޫލުކުރަމުން އަންނަނީ އެތަނުގައި ވެރިކަން ކުރަނީ ރަނގަޅު އިސްލާމުން ކަން. ނަމަވެސް އެތަނުގައި ވެރިކަން ކުރަނީ ސުންނީ މުސްލިމުންނެއް ނޫން. ވެރިކަން ކުރަނީ ‘ޝިޔައީން’ ގެ ބައެއް ކަމަށްވާ ‘ޢަލަވީ’ އަށް ނިސްބަތްވާ ބައެއް. މިއީ އެތަނުގެ 12% މީހުން.
ވީޑިއޯއެއް ބޭނުމެއްނޫން. މަލާއިކަތުންނަކީ ހަގީގަތެއް.