ގެއްލުން ނުވާނެ ވިޔަފާރިއެއް

ނަސޭހަތް

﴿إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً﴾

އަޅުގަނޑުމެންގެ މި އުންމަތަކީ އެއް އުންމަތެކެވެ. މި ކަން ބަޔާން ކުރައްވާ ﷲ سبحانه و تعالى ވަޙީ ކުރައްވާފައިވެއެވެ.

سورة الأنبياء 92 

ހަމަކަށަވަރުން މިއީ އެއް އުންމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުންމަތެވެ.

ކަން މިހެން އޮތް އިރު، މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ނިކަމެތި ކުރަމުންދާ މަންޒަރު ފެންނަ ހިނދު، އަދި އެ މުސްލިމުތަކުން އަޅުގަނޑުމެންގެ އެހީ އާއި މަދަދަށް އެދި އާދޭސް ކުރަމުންދާ ހިނދުގައި އަޅުގަނޑުމެންނަށް ވެވެން އޮތް އެހީތެރިކަމެއް ދޭން ޖެހެއެވެ. ﷲ سبحانه و تعالىގެ މަގުގައި ހޭދަ ކުރުމަކީ މަތިވެރިކަމެކެވެ. އެ ކަން ބަޔާންކުރައްވާ ﷲ سبحانه و تعالى ވަޙީ ކުރައްވާފައިވެއެވެ.

﴿الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾

سورة البقرة 274

ﷲ سبحانه و تعالىގެ ވަޖުހުފުޅު އަދައިގެން، ރެޔާއި ދުވާލު، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުން ދަންނާށެވެ! ފަހެ އެބައިމީހުންނަށްޓަކައި ﷲ سبحانه و تعالىގެ ޙަޟްރަތުގައި މަތިވެރި ވެގެންވާ ދަރުމައާއި ޘަވާބު ހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަ ކުރާނެ ބަޔަކު ކަމުގައި ވެސް ނުވެއެވެ.

އަދިވެސް މި ކަމުގެ މާތްކަން ބަޔާންކުރައްވާ މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

“كلُّ امرِئٍ في ظِلِّ صدقتِه حتى يُقْضَى بين الناسِ”

صححه الألباني

ޤިޔާމަތް ދުވަހުން ﷲ سبحانه و تعالى މީސްތަކުންގެ މެދުގައި ޙިސާބު ބައްލަވާ ނިޔާ ކަނޑާއަޅުއްވާފުމަށް ދާންދެން ކޮންމެ މީހަކު ވެސް ވަނީ ﷲ سبحانه و تعالىގެ ވަޖުހުފުޅު އަދައިގެން އޭނާ ހޭދަކުރި ޞަދަޤާތެއްގެ ހިޔާވަހިކަމުގެ ދަށުގައެވެ.

ޤިޔާމަތް ދުވަހުގެ އެ ބިރުވެރި ވަގުތުގައި އިރު މީސްތަކުންނާއި އެހާ ގާތް ކުރެވިގެންދާ ދުވަހެއްގައި، އޭގެ ސަބަބުން މީސްތަކުންގެ ގައިން ދާތަށް އޮހޮރި އޭގެ ތެރެއަށް މީސްތަކުން ފީނާފައިވާ، އެ ދަތި އުނދަގޫ ވަގުތުގައި، ހިޔާވަހިކަމަކަށް އެދި ކޮންމެ މީހަކު ވެސް ހިތާ ހިތުން ރޮއި އާދޭސް ކުރަމުންދާ އެ ދުވަހުގައި ހިޔާވަހިކަން ލިބޭ ސަބަބެއް ކަމުގައި އަޅުގަނޑުމެން ހޭދަކުރާ ހޭދަކުރުން އެބަވެއެވެ.

އަދިވެސް ﷲ سبحانه و تعالގެ މަގުގައި ހޭދަކުރުމުގެ މާތްކަން ބަޔާންކުރައްވާ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވޭ

“إِنَّ الصَّدَقَةَ لَتُطْفِئُ غَضَبَ الرَّبِّ وَتَدْفَعُ مِيتَةَ السُّوءِ”

حسنه الترمذي‏

ޞަދަޤާތުގެ ސަބަބުން ﷲ سبحانه و تعالىގެ ކޯފާ މަޑުވެގެންދެއެވެ. އެ އިލާހު سبحانه و تعالىގެ ކޯފާ ރަޙްމަތަށް ބަދަލުވެއެވެ. އަދި ނުބައި ވެގެންވާ މަރުން މީހާ ސަލާމަތް ކޮށްދެއެވެ.

އަދިވެސް މި ކަމުގެ މާތްކަން ބަޔާންކުރައްވާ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.

”الصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ“

حسنه الترمذي

ޞަދަޤާތުގެ ސަބަބުން، އަލިފާނުގެ ތެރެއަށް ފެން އަޅާލުމުގެ ސަބަބަން އެ އަލިފާން ނިވިގެންދާ ފަދައިން ޞަދަޤާތުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ.

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން! ޞަދަޤާތުގެ މާތްކަމާއި މަތިވެރިކަމާއި ބެހޭގޮތުން ކީރިތި ޤުރްއާނާއި ސުންނަތުގައި މި ފަދަ އެތައް ވާހަކަތަކެއް ބަޔާންވެގެން އައިސްފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ހޭދަކުރުމަށް ޓަކައި މި ފަދަ ފުރުޞަތެއް ލިބޭ ހިނދުގައި އެ ކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ!

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.