ފުލުހުންގެ ތެރޭގައި ވަޒިފާއަށް އެކަށީގެންނުވާ ކަމަށް ބެލެވުނު 23 ފުލުހަކު ވަޒީފާއިން، މިއަހަރު ވަކި ކޮށްފައިވާ ކަމަށް ފުލުސް އޮފީހުން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ މި 23 ފުލުހުންނަކީ ފުލުހުންގެ ހަމަތަކާއި އުސޫލްތަކާ ހިލާފަށް އުޅުނު މީހުން ކަމަށެވެ.
އެހެން ކަމުން މި މީހުންނަކީ ފުލުހުންގެ ތެރޭގައި ބައިތިއްބަން އެކަށިގެންވާ ބައެއް ނޫންކަމަށް ފެނުމުން އެމީހުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަން ޑީސީޕީ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ފުލުހުންނާ ގުޅުން ހުރި 257 މައްސަލައެއް މިއަހަރުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށާއި، މީގެ ތެރެއިން 117 ފުލުހަކަށް އެކި ގޮތްގޮތުން ނަސޭހަތް ދީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށްވެސް ޑެޕިޔުޓީ ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...