އެއްބާރުލުން ދޭން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ އައިޔޫއެމް އެއްބަސްވެއްޖެ

އެއްބާރުލުން ދޭން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ އައިޔޫއެމް އެއްބަސްވެއްޖެ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ޔުނިވާސިޓީގައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޕާކިސްތާނުގެ ޔުނިވާސިޓީގެ ރައީސް ޕްރޮފެސަރު ޑރ. އަހުމަދު ޔޫސުފް ދްރައިވީޝް އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސޮއިކުރައްވައިފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ޕާކިސްތާނުގެ އިންޓަނޭޝަނަލް ޔުނިވާސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއެއް ކަމަށާއި އެ ތަނުން ދަސްވެނިވެފައިވާ ދަރިވަރުންނަކީ ވަރަށް ކާމިޔާބު ބޭފުޅުންކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިއީ ވަރަށް ވަރުގަދަ ޔުނިވާސިޓީއެއް. ހާއްސަކޮށް ގާނޫނީ ދާއިރާ ފާހަގަކޮށްލެވޭ،" ޝަހީމް ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޑރ. އަހުމަދު ޔޫސުފް ވަނީ، އެ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރުމަށް އިސްލާމިކް ޔުނިވާސިޓީއަށް 30 ސްކޮލަޝިޕް ހަދިޔާކޮށްފައިވާކަން އިއުލާންކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ ދެ ޔުނިވާސިޓީ ގުޅިގެން ކަމަށާއި އަދި އެ ޔުނިވާސިޓީގެ ގާބިލްކަން ހުރި މިންވަރަކުން ރާއްޖެއަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.