އެޗްއާރްސީއެމް އިންވެސް ހައްޖު ސްކީމްގައި ބައިވެރިވެއްޖެ

އެޗްއާރްސީއެމް އިންވެސް ހައްޖު ސްކީމްގައި ބައިވެރިވެއްޖެ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ “މުވައްޒަފުންގެ ސްކީމް” ގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބައިވެރިވެއްޖެއެވެ.

މިއާއެކު މި ސްކީމްގައި ބައިވެިވި މުވައްސަސާތަކުގެ އަދަދު ވަނީ 37 އަށް އަރައިފައެވެ.

މި ސްކީމަކީ ކޮންމެ އަހަރަކު މުވައްޒަފުންގެ މުސާރައިން ކަޑައެޅޭ ވަކި ވަރެއް އުނިކުރެވޭގޮތަށް ޙައްޖަށް ދިއުމަށް ފައިސާ ދެއްކޭނެ މަގު ތަނަވަސް ކޮށްދޭ ސްކީމެކެވެ. މި ސްކީމުގައި މިހާތަނަށް 37 މުވައްސަސާއަކުން ބައިވެރި ވެފައިވާއިރު، މި ސްކީމުގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ ހިއްޞާ އޮންނަ ބައެއް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

މި ސްކީމްގެ ދަށުން މުވައްޒަފުންގެ މުސާރައިން މުވައްޒަފުން ކަނޑައަޅާ އަދަދެއް ކޮންމެ މަހަކުވެސް ކަނޑާނެކަމަށާއި، އަދި ދައްކަން ޖެހޭ ފައިސާގެ 75 ޕަސެންޓް ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނީ ކޮން އަހަރެއްގައިކަން އަންގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެކަން ހަމަޖައްސަދޭނެކަމަށް ހައްޖު ކޯޕަރޭޝަން އިން ބުނެއެވެ.

ސްކީމުގައި ބައިވެރިވާ އިދާރާތައް މެދުވެރިކޮށް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޯޕަރޭޝަންގެ ފަރާތުން ޕޯޓަލް އެއް ދީ މުވައްޒަފުންނަށް އެ ޕޯޓަލް މެދުވެރިކޮށް ސްކީމްގައި ބައިވެރިވުމުގެ އިންތިޒާމްވެސް ހަމަޖައްސަމުން އަންނަ ކަމަށާއި މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.