ރާއްޖޭގެ ޚަބަރު

ވަޤުފް ބިނާހުޅުވުން އަންނަ މަހުގެ ފަހެއްގައި

ފޮޓޯ: ޕީއެސްއެމް

މާލޭގައި އިމާރާތްކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ވަގުފު ބިނާ އަންނަ މަހުގެ ފަހެއްގައި ހުޅުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ މަހުގެ ފަހެއްގައި ވަގުފު ބިނާ ހުޅުވުމަށް ތައްޔާރު ވަމުން އަންނަ އިރު މި ބިނާ ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އެރަސްމިއްޔާތުގައި ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވެލައްވާނެ ކަމަށެވެ.

މި ބިނާ ހުޅުވުމަށް މީގެ ކުރިންވެސް ބައެއް ތާރީޚުތައް ކަނޑައަޅާފައިވީނަމަވެސް އެ ތާރީޚުތައް ފަހަނައަޅާގިސްފައިވަނީ ބައެއް ސަބަބުތަކާހުރެ ކަމަށް މިނިސްޓްރީން ބުނެއެވެ.

“އެކި ސަބަބު ތަކާހުރެ ކުރިން އަޅުގަނޑުމެން ބުނި ތާރީޚުތައް ފަހަނަ އަޅާގޮސްފައިވަނީ. އޭގެ ތެރެއިން އެއްކަމެއް ، އަޅުގަނޑުމެން ވަރަށް ބައިވަރު ބަޔކާ ގުޅިގެން ކުރިއަށް ގެންދާ ކަމެއް ވީމަ، . ތަން  ކުއްޔަށް ހިފާ ފަރާތްތަކުގެ ޤާނޫނީ ލިޔެކިޔުންތަކުގެ ކަންތައްވެސް އޭގެ ތެރެއަށް އައިސްފަ އޮތީމަ ލަސްވެގެން ދިޔައީ” މިނިސްޓްރީގެ މީޑިއާ އޮފިސަރ ވިދާޅުވީ ކުރިން އުއްމީދު ކުރި ތާރީޚަށް ބައެއް ކަންތައް ނިންމައި ނުލެވުމުގެ ސަބަބުން ވަޤުފު ބިނާ ހުޅުވުން ލަސްވި ނަމަވެސް އަންނަ މަހުގެ ފަސްވަނަ ދުވަހަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މާފަންނު މަދަރުސާއާއި ކުރީގެ ރާވެރިޔާ ރެސްޓޯރެންޓާއި ދެމެދު އޮންނަ ހުސް ބިމުގައި ވަގުފް ބިނާގެ ގޮތުގައި ހަދާފައިވާ 10 ބުރީގެ ދާރުލްއީމާން އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީއާ އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 24 ފެބްރުއަރީ 2014 ގައެވެ. ޖުމްލަ 23 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މިއިމާރާތް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

ދާރުލް އީމާން އެޅުމުގެ މަގްސަދަކީ އެ އިމާރާތުން ވަގުފް ފަންޑަށް ލިބޭ ފައިސާ އިން މިސްކިތްތައް މަރާމާތުކުރުމާއި، އެކިއެކި ދީނީ ހޭލުންތެރިކުރުމުގެ ހަރަކާތްތަކަށް ހަރަދުކުރުން ކަމަށާއި، އެ އިމާރާތް ނިމުމުން ވަގުފް ފަންޑަށް އަހަރަކު ތިން މިލިއަން ރުފިޔާ ހަމައެކަނި އެ އިމާރާތުން ލިބޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *