ތުނބުޅި އާއި ފައިކުރީގެ މައްސަލައިގައި އިމިގްރޭޝަންގެ ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ މައްސަލައިގަ ދީނީ އިލްމުވެރިޔާ ޝައިހް އަހުމަދު ސަމީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝައިޚް ސަމީރުގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ މި މައްސަލައަށް އަދުލްވެރި ހައްލެއް ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
އިމިގްރޭޝަނުން ޔުނިފޯމަށް ގެނައި ބަދަލަށް އަމަލު ނުކޮށް އެ އިދާރާގެ ހަތަރު ވުމައްޒަފަކު މަޤާމުން ވަކިކޮށްފައިވާއިރު، އެފަރާތްތަކުން މި މައްސަލަ ވަނީ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައެވެ.
މި ހަތަރު މުވައްޒަފުން ތިބި މަގާމަށް ދާއިމީ މުވައްޒަފުން ނުނަގަން ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ދައުލަތަށް އިއްޔެ އަމުރު ކޮށްފައިވާއިރު މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހެޅުމަށް ފަހު ހަތަރު މުވައްޒަފުންގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނީ މައްސަލަ ކުރިއަށް ދަނިކޮށް އެމީހުން އަދާކުރަމުން ދިޔަ ވަޒީފާ އެހެން ބަޔަކަށް ދީފިނަމަ، ވަޒީފާ ދޭން ހުކުމް ކުރާ ހާލަތެއްގައި ވެސް ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ބުނެއެވެ.
ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން އިއްޔެ ނެރުނު އަމުރުގައިވަނީ
އެ ކޯޓަށް ހުށަހެޅިފައިވާ އިމިގްރޭޝަނުން ވަކިކުރި ހަތަރު މުވައްޒަފުންގެ މައްސަލަ ނިމެންދެން އެ މީހުން ތިބި މަގާމަށް ދާއިމީ މުވައްޒަފުން ނުނެގުމަށެވެ.
އިމިގްރޭޝަނުގެ މުވައްޒަފުން ޔުނިފޯމު މިންގަނޑާ ހިލާފުވެގެން ވަޒީފާއިން ވަކިކުރި މައްސަލާގައި އިމިގްރޭޝަނުން ބުނެފައި ވަނީ އެ އިދާރާއަކީ ގައުމީ ސަލާމަތާ ގުޅުންހުރި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާނޫނީ ޒިންމާތަކެއް މަތިކޮށްފައިވާ އިދާރާއެއް ކަމަށެވެ.
އެހެންކަމުން އެ އިދާރާގެ މުވައްޒަފުންނަކީ ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

















ޚިޔާލު