އެއް ލައްކަ މުސްޙަފް ޗާޕްކޮށްގެން ގެނެސްފި

އެއް ލައްކަ މުސްޙަފް ޗާޕްކޮށްގެން ގެނެސްފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ކޮންމެ ދިވެއްސަކަށް ކީރިތި ގުރުއާނުގެ ކޮޕީއެއް ނުވަތަ މުސްޙަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން އެއްލައްކަ ކޮޕީ މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ، އެއްލައްކަ މުސްހަފް ރާއްޖެ ގެނެސް ކަސްޓަމުން ކުލިއަރ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަހަރު އެ މުސްހަފްތައް ބަހަން ފަށާއިރު، މަގުސަދަކީ ކޮންމެ ގެއަކަށް މުސްހަފެއް ބެހުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކުރިއަށްއޮތްތަނުގައި އިތުރު މުސްހަފްތައް ޗާޕުކޮށް، ކޮންމެ ދިވެއްސަކަށް މުސްހަފެއް ދޭނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ ޖަމިއްޔާތަކާއި ބަހުރެއިންގެ ޤުރުއާން ކެއާ ސޮސައިޓީއާ ގުޅިގެން ފެށި އެ މަޝްރޫއަށް ފައިސާ ހޯދާފައިވަނީ ސަރުކާރުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުނަގައި ދިވެހި ބައެއް ކުންފުނިތަކާއި އާންމުން ހަދިޔާ ކުރާ ފައިސާއިންނެވެ. އަދި މަޝްރޫއަށް ބަހުރެއިންގެ ޤުރުއާން ކެއާ ސޮސައިޓީން ވެސް ބައިނަލްއަގްވާމީ ގޮތުން އެހީތެރިކަން ހޯދަން އެއްބަސްވެފައިވެ އެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން މަޝްރޫއު ފެށީ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން، މީގެ ދެ އަހަރު ކުރިންނެވެ. އެ މުސްޙަފްތައް ނެރެން ކުރިން ނިންމީ މިނިވަން 50 އާ ދިމާކޮށެވެ.

މި މުސްހަފުތަކުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް ވަނީ ހިމަނައިފަ އެވެ. އެ ފަރުމާކޮށްފައިވަނީ އަބްދުﷲ ޝަފީއު އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.