ބޭނުންވާ ތަކެތި
100ގ ސޮފްޓު ޗީޒް
250ގ ކާސްޓަރ ޝުގަރ
175ގ ކްރޭންބެރީ
200ގ ފުށް
މޭޒުމަތީސަމްސަލުގެ 2ސަމްސާ ބޭކިންގް ޕައުޑަރ
2 ބިސް
75އެމްއެލް ތެޔޮ(ރަހަނުލާކަހަލަ ތެލެއް(ސަންފްލަވަރ ތެޔޮ)ކަހަލަ)
މޭޒުމަތީ ސަމްސަލުގެ 1ސަމްސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ މަފިން ފުހުމަށް ބޭނުންކުރާ ޓްރޭ 190ގައި އަވަން ބަހަށްޓައި ހޫނުކޮށްލަން ބަހައްޓާށެވެ.
ދެން ސޮފްޓްޗީޒްގެ ތެރެއަށް 25ގ ކާސްޓަރ ޝުގަރ އަޅާލާ ބީޓްކޮށްލުމަށް ފަހު ބަހައްޓާށެވެ.އެއަށްފަހު ކްރޭންބެރީޒް ކޮޅުގެ ތެރެއަށް 25ގ ކާސްޓަރ ޝުގަރ ތެއްޔަކަށް އަޅައި ހޫނުކޮށްލަން އުނދުން މަތީގައި ބަހައްޓާށެވެ. ބަހައްޓާނީ ކުޑަކޮށް ބޮކިޖަހާލަންދެނެވެ. ބޮކިޖަހާލަންދެން ބެހެއްޓުމަށްފަހު ކުޑަކޮށް އެއްކޮށްލައި އުނދުންމަތިން ތެލި ބާލައި ހިހޫކޮށްލަން ބަހައްޓާށެވެ.
އެއަށްފަހު ބޮޑު ތައްޓަކަށް ފުއްކޮޅު އަދި ބަކީ ހުރި ކާސްޓިން ޝުގަރ، ބޭކިންގްޕައުޑަރ އަޅައި ދެއިނގިލި ކުރިން ނެގޭ ވަރުގެ ކުޑަ ލޮނުކޮޅެއް އަޅާލާށެވެ.އެއަށްފަހު ބިސް،ތެޔޮ އަދި އެސެންސް ކޮޅު އަޅާލާށެވެ.އެއަށް ފަހު ކުރިން ތައްޔާރުކުރި ކްރޭންބެރީ ކޮޅު އަޅާލުމަށްފަހު ރަނަގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ހޫނުކުރަން ބެހެއްޓި ޓްރޭ ނަގައި ކޮންމެ ކޭސް އެއްގެ 3ބައިކުޅަ2ބަޔަށް ތައްޔާރުކުރި ފުއްގަނޑު ހަމަހަމަވާގޮތަށް އަޅާލާށެވެ.އެއަށްފަހު ކޮންމެ މަފިން އެއްގެ މެދުން ކުޑަ ތަންކޮޅެއް ފަޅާލައި ސޮފްޓްޗީޒް ކޮޅެއްލާށެވެ.އެއަށް ފަހު 25 މިނެޓްވަންދެން އަވަންގައި ފިހެލާށެވެ.
ނިމުނީ
ކޮމެންޓް (0)
ލޯޑް ކުރަމުން...