ދީނީ ލިޔުންދީން

އިންސާނާ ޚަލްޤުކުރެއްވުން، ކުޅަދުންވަންތަކަމުގެ ދަލީލެއް

ﷲތަޢާލާއީ ކުޅަދުންވަންތަ އިލާހެވެ.އެކަނލާންގެއީ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް ޚަލްޤު ކުރެއްވެވި އިލާހެވެ. އިންސާނާ ޚަލްޤުކުރައްވަވައި ދުނިޔޭގައި ލެއްވުމަކީ އެކަލާންގެ ޤުދުރަތްތެރިކަން ރަނގަޅަށްހާމަވެގެންދާ ކަމެކެވެ. އިންސާނާ އުފެދުމުގެ ތަފާތު މަރުހަލާތަކަކީ އަޖައިބެއްފަދަ ކަންތައްތަކެއް ފެނިގެންދާ މަރުހަލާތަކެކެވެ. ހެއްދެވި ފަރާތުގެ ކަށަކުޅަދާނަކަން ފެނި ހާމަވެގެންދާނެކަމެކެވެ.
އިންސާނާ އުފެދިގެން އަންނަނީ ތަފާތު ދެތަނަކުންނެވެ. އަންހެނާއާއި ފިރިހެނާގެ ހަށިގަނޑުގައި އުފެދޭ ދެއްއެޗެއް ގުޅި ލާމެހިގެންނެވެ. ދޮގު ނުކުރެވޭނެ ޙަޤީޤަތަކީ ފިރިހެނާގެ ހަށިގަނޑުގައިވާ ދަރިމައިވުމުގެ ފަނި އުފެދިފައިވަނީ އޭނާގެ އެއްވެސް އިޚްތިޔާރަކާއި ނުލައި އޭނާގެ އެއްވެސް ކޮންޓްރޯލެއް ނެތިއެވެ. ހަމަ އެހެންމެ، އަންހެނާގެ ހަށިގަނޑުގައިވާ ދަރިބިސް އުފެދިފައިވަނީ އޭނާގެ އިޚްތިޔާރެއްނެތި، އޭނާގެ ކޮންޓްރޯލެއް ނެތިއެވެ. އަދި މިއިން ކަމެއް ހިނގަނީ އެއިން އެއްވެސް މީހަކަށް އެނގުމަކާވެސް ނުލައެވެ.ހުރިހާކަމެއްވެސް ހިނގަނީ ﷲގެ ޤުދުރަތްތެރިކަމުންނެވެ.މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ.“ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުންބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ ވިސްނައި ބެލީމުހެއްޔެވެ؟ އެތަކެތި ހަދަނީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީތިމަންރަސްކަލާނގެ ހެއްޔެވެ."އެނގެންއޮތް ހަޤީޤަތަކީ އަންހެނާގެ ދަރިމައިވާ ބިހާ ފިރިހެނާގެ ދަރިފަންޏަކީ އެކަތި އަނެކެއްޗާއި ގުޅޭގޮތަށް ލައްވާފައިވާ ދެއެތިކަމެވެ. އެދޭތި ގުޅި ލާމެހުމާއި އެއަށްފަހު އިންސާނަކަށް ބަދަލުވުންމިއީ ހަމަގައިމުވެސް ޢަޖާއިބުތަކެކެވެ. މުޢުޖިޒާތް ތަކެކެވެ.
އިންސާނާ އުފެދުނީ މިޒަމާނުގެ ސައިންސް ހާމަކޮށްދީފައިވާ ފަދައިން 06 މަރްޙަލާ އެއް ކަނޑައްތު ކުރުމަށްފަހުގައެވެ. މި މަރްޙަލާ ތަކުގެ ތެރޭގައި ހިމެނެނީ النُّطْفَةَގެ މަރްޙަލާ، الْعَلَقَةَ ގެ މަރްޙަލާ، الْمُضْغَةَގެ މަރްޙަލާ، الْعِظَامَގެ މަރްޙަލާ، لَحْمًاގެ މަރްޙަލާ އަދި އެހެން އުފެއްދެވުމެއްގެ މަރްޙަލާއެވެ.މައިމީހާގެ ރަހިމުގައި އިންސާނާ އުފެދިގެން އަންނަގޮތުގެ މަރުހަލާތައް ކީރިތި قرانގައި ވަރަށް ފުރިހަމަ ކޮށް ބަޔާން ކުރައްވާފައި ވައެވެ. މާތްﷲ ވަހީ ކުރައްވާފައި ވެއެވެ. " إِنَّاخَلَقْنَاالْإِنْسَانَ مِن نُطْفَةٍ أَمْشَاجٍ" ހަމަކަށަވަރުން އެއްކުރެވިފައިވާ މަނިތަކުން ތިމަންރަސްކަލާނގެ އިންސާނާ އުފެއްދެވީމެވެ.'' އަދި އެހެން އާޔަތެއްގައި ﷲ ތައާލާ އިންސާނާ އުފެއްދެވުމާ ބެހޭ ގޮތުން ވަހީ ކުރައްވާފައި ވެއެވެ. "وَلَقَدْخَلَقْنَاالْإِنْسَانَ مِنْ سُلَالَةٍمِنْ طِينٍ* ثُمَّ جَعَلْنَاهُ نُطْفَةًفِي قَرَارٍمَكِينٍ* ثُمَّ خَلَقْنَاالنُّطْفَةَ عَلَقَةًفَخَلَقْنَا الْعَلَقَةَمُضْغَةًفَخَلَقْنَاالْمُضْغَةَعِظَامًافَكَسَوْنَاالْعِظَام َلَحْمًا ثُمّ َأَنْشَأْنَاه ُخَلْقًاآَخَرَفَتَبَارَكَ اللَّه أَحْسَنُ الْخَالِقِينَ" މާނަ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ މަނީގެ ޚުލާސާތަކުން އިންސާނާ އުފެއްދެވީމެވެ. (އެބަހީ: އާދަމްގެފާނު) ހެއްދެވީމެވެ. ދެން ތިމަން ރަސްކަލާނގެ އެއިންސާނާ ރައްކާތެރި ތަނެއްގައި މަނިތަކެއްގެ ގޮތުގައި ލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެމަނިތިކި ގަނޑު ލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑު ލޭކޮޅު މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެމަސްކޮޅު ކަށްޓަށް ހެއްދެވީމެވެ. ދެން އެކަށީގައި މަސް ލެއްވީމެވެ. ދެން އެހެން އުފެއްދެވުމަކުން އެއިންސާނާ އުފެއްދެވީމެވެ."
(ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *