"ސިޔަރަތުގެ ހިޔަލުގައި" ނަމުގައި ދަރުސް ސިލްސިލާއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ޖަމިއްޔަތުއް ސަލަފްއިން ހާމަކޮށްފިއެވެ.
1436 ވަނަ އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަރުސް ސިލްސިލާ އޮންނާނީ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ އަޞްރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ކަމަށް ސަލަފް ޖަމިއްޔާއިން ހާމަކުރެއެވެ.
ކޮންމެ ދުވަހަކު 30 މިނެޓް އިރަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ރާއްޖޭގެ ގިނަ ޢިލްމުވެރިންތަކެއް ދަރުސް ދެއްވާނެ ކަމަށާއި މިދަރުސްތަކުގައި ސިޔަރަތުގެ ހިޔަލުގައި އަލިއަޅުއްވާލާނީ މުޖުތަމައުގެ ތަފާތު ފަރުދުންނާއެކު މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ކުރައްވާފައިވާ މުޢާމަލާތްތަކުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް ކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކުރެއެވެ.
"ސިޔަރަތުގެ ހިޔަލުގައި" ދަރުސްތައް ސަންގު ޓީވީ އިން ވަގުތުން ދައްކާނެ ކަމަށާއި ރޭޑިއޯ ސަލަފްއިން އޮންލައިންކޮށް އަޑުއެއްސެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...