ރާއްޖޭގެ ޚަބަރު

ދުވަސްވީ މީހަކު ފާޚާނާގައި މަރުވެފައި އޮއްވާ ފެނިއްޖެ

ދުވަސްވީ މީހަކު ފާޚާނާގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ރާއްޖޭގައި އަނިޔާވެރި ކަމާއި އެކު މީހުން މެރުން ޢާއްމު ވެފައި ވަނިކޮށް ދުވަސްވީ މީހަކު ފާޚާނާގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ރޭގެ ވަގުތެއްގައި ފުރަމާލެ އިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވަނީ މައްޗަންގޮޅި މެންޝަން ހައުސް ގޭގެ ފާޚާނާ ތެރެއިންނެވެ.

އެމީހާގެ މަރުގެ މައްސަލަ ފުލުހުން މިހާރު ތަޙުޤީޤު ކުރަމުން ގެންދާއިރު ފަހަކަށް އައިސް ތޫނު ހަތިޔާރުން ޙަމަލާދީ މީހުން މެރުން އަންނަނީ ޢާއްމު ވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *