ރާއްޖޭގެ ޚަބަރު "އަލްވަލާ ވަލްބަރާ" ގެ ސީޑީ ނުކުމެއްޖެ

"އަލްވަލާ ވަލްބަރާ" ގެ ސީޑީ ނުކުމެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިދިޔަ މަހުގެ 30 އަދި 31 ވަނަދުވަހުގެރޭ ބޭއްވި ދަރުސް "އަލްވަލާ ވަލްބަރާ" ގެ ސީޑީ ނުކުމެއްޖެކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެން ދިޔަ މިދަރުސްގެ ސިޑީ މިހާރު ސަލަފް ލައިން އިން ލިބިވަޑައިގަންނަވާނެކަމަށް ސަލަފްއިން ހާމަކުރެއެވެ. މަޝްހޫރު ވެބްސައިޓް ރާއްޖެ އިސްލާމް އަށް ދީފައިވާ ބަސްދީގަތުމެއްގައި އައްޝައިޚް އާދަމްޝަމީމް ބިން އިބްރާހީމްހާމަކޮށްފައިވަނީ "މި މައުޟޫއަކީ ހުރިހާޒަމާނަކަށްވެސް ހަމަ ކޮންމެ މުސްލިމަކަށްމެ ވަރަށް މުހިއްމު އަދި ބޭނުންތެރި މައުޟޫއެއްކަމަށާއި އެހެނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނަކީ ކޮންބައެއްކަން ކޮންމެ މުސްލިކަމަށްވެސް އެނގެން ޖެހޭނެކަމަށާއި އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ނަފްރަތްތެރި ވުމަކީ އިސްލާމީ ޢަޤީދާއާއި ގުޅިފައިވާ ކަމެއްކަމަށާއި އަދި މުސްލިމުންނަކީ އެއްބަޔަކު އަނެއް ބަޔަކަށް     ލޯބިވެރިވެ އޯގާތެރިވާން ޖެހޭ ބައެއްކަމަށެވެ."

މި ދަރުސް ސީޑީ ގެ އަގަކީ 30 ރުފިޔާއެވެ.

ޓެގް

ދަރުސް ވީޑިއޯ ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.