ރާއްޖޭގެ ޚަބަރު ހަތިޔާރުން ނާޒިމާއި ޢާއިލާގެ އިނގިލީގެ ނިޝާނެއް ނުފެނުނު: ހެކި

ހަތިޔާރުން ނާޒިމާއި ޢާއިލާގެ އިނގިލީގެ ނިޝާނެއް ނުފެނުނު: ހެކި

ހަތިޔާރުން ނާޒިމާއި ޢާއިލާގެ އިނގިލީގެ ނިޝާނެއް ނުފެނުނު: ހެކި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރުން ނާޒިމާއި އޭނާގެ ޢާއިލާގެ އެއްވެސް ބޭފުޅެއްގެ އިނގިލީގެ ނިޝާނެއް ނުފެނުނު ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ފުލުހުން އިޢުތިރާފު ވެއްޖެ އެވެ.

ހެކި ސިއްރު ކޮށްގެން ކުރިޔަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި ނާޒިމްގެ ޤާނޫނީ ވަކީލުންގެ ސުވާލު ތަކަށް ޖަވާބުދާރީ ވަމުން ގެންދަވަނިކޮށް ހެކި އަމިއްލަ ފުޅަށް ހާމަވެފައި ވާއިރު މި މައްސަލާގައި ސިއްރުން ހެކިބަސް ދެއްވާފައި ވަނީ ނާޒިމްގެ ގެބަލައި ފާސްކުރި އިރު އެތަނުގައި ހަރަކާތްތެރިވި ފުލުހުންގެ އިސް އޮފިސަރެވެ.

އޭނާ ވިދާޅުވެފައި ވަނީ ނާޒިމްގެ ގެއިން ނުރައްކާތެރި ހަތިޔާރު ފެނުނުރޭ ނާޒިމްގެ ގެ ބަލައި ފާސްކުރިއިރު ވީޑިއޯ ނުކުރާ ކަމަށާއި،ނާޒިމްގެ ގެއިން ފެނުނު އެއްވެސް އެއްޗަކުން ނާޒިމް ނުުވަތަ ނާޒިމް އާއިލާގެ ބޭފުޅެއްގެ ފިންގާ ޕްރިންޓް ވެސް ފެނިފައި ނުވާ ކަމަށެވެ.

އެހެން ކަމުން ނާޒިމްގެ ދިފާޢ ވަކީލުން ވަނީ ނާޒިމްގެ ގެއިން ފެނުނު ކަމަށްބުނާ ހަތިޔާރުން ފެނުނު ފިންގަޕްރިންޓް ދެނެގަތުމަށް ތަޙުޤީޤެއް ހިންގާފައި ވާނެތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލު ކުރެއްވުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ވަނީ މައްސަލަ އެހެން މިސްރާބަކަށް ހިނގައިދާނެތީ އެ ސުވާލަށް ޖަވާބުދާރީވުން ހުއްޓުވާފައެވެ.

ޜޭގެ ޝަރީޢަތުގެ މަޖިލިހަށް ވަން ގިނަ ނޫސްވެރިންގެ ކުރިމަތީގައި ފުލުސް އޮފިސަރު ވަނީ ޤާނޫނާއި ޤަވާޢިދުތައް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ނާޒިމްގެ ގެ ބަލަން ހިންގި އޮޕަރޭޝަން ވީޑިޔޯވެސް ކުރެވިފައި ނުވާކަމަށް އިޢުތިރާފު ވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.