އެންމެނާއި މެދު އިންސާފުވެރި ވާންޖެހޭ ފަދދައިން އިންސާފަށް ގޮވާލާ ފަރާތްތަކުންވެސް އިންސާފުވެރި ވާންޖެހޭ ކަމަށާއި، ދީނީ ޢިލްމުވެރިން ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިކަމަށް ގޮވާލައްވާ އަދާލަތު ޕާޓީގެ އެއް ބާނީގެ ގޮތުގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ ޝަހީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެންނާއި މެދުވެސް އިންސާފުވެރިވާން ޖެހޭ ކަމަށާއި، އިންސާފަށް ގޮވާލަމުންދާ ފަރާތްތަކުން ވެސް އިންސާފުވެރި ބަހެއް ނޫނީ ބުނެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދީނީ ޢިލްމުވެރިންގެ އެއްބާރުލެއްވުން ސަރުކާރުގެ މުއައްސަސާ ތަކަށް ބޭނުންވާނެ ކަމަށާއި، ހެޔޮގޮތުގައި ދެއްވާ އިރުޝާދުތައް ސަރުކާރުން ބަލައިގަންނާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން ދިރުވައި ދެމެހެއްޓުމަށް މި ސަރުކާރުން އެއްވެސް ހުރަހެއް މިހާތަނަށް ކުރިމަތި ކޮށްފައި ނުވާ ކަމަށާއި، އަރަބި އިސްލާމީ ތައުލީމް ފުޅާކުރުމާއި ކުޑަކުދިންގެ އަގީދާ ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...