ރާއްޖޭގެ ޚަބަރު އެމްޑީޕީން ޢަދާލަތާއި ގުޅެން ނިންމުމުން ޢަދާލަތުން މަރުޙަބާ ކިޔައިފި

އެމްޑީޕީން ޢަދާލަތާއި ގުޅެން ނިންމުމުން ޢަދާލަތުން މަރުޙަބާ ކިޔައިފި

އެމްޑީޕީން ޢަދާލަތާއި ގުޅެން ނިންމުމުން ޢަދާލަތުން މަރުޙަބާ ކިޔައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީން ޢަދާލަތާއި ގުޅެން ނިންމުމުން ޢަދާލަތު ޕާޓީން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

އެމްޑީޕީގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ، ޢަދާލަތު ޕާޓީން އެމްޑީޕީއަށް ދިން ދައުވަތު ގަބޫލު ކުރުމުން އެޕާޓީއަށް މަރުޙަބާ ކިޔާ ކަމަށާއި، އެމްޑީޕީން ޢަދާލަތުގެ ދަޢުވަތު ޤަބޫލު ކުރުމަކީ އަނިޔާއާ ދެކޮޅަށް ތެދުވުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.

ޝެިޚް ޢިމްރާން އިތުރަށް ވިދާޅުވީ ޤައުމުގައި ހނގާ އަނިޔާވެރި ޖަރީމާތައް ހުއްޓުވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

ޝެއިޚް ޢިމްރާން މިހެން ވިދާޅުވެފައި މިވަނީ މިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ޢަދާލަތު ޕާޓީ އާއި ގުޅިގެން ކުރިޔަށް ދިޔުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅި ގަރާރު، އެމްޑީޕީގެ 55 މެމްބަރުންގެ ތާއީދާ އެކު ފާސްކުރުމާއި ގުޅިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.