ރާއްޖޭގެ ޚަބަރު ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ޢަދާލަތު ޕާޓީން ނުކުންނަނީ

ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ޢަދާލަތު ޕާޓީން ނުކުންނަނީ

ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ޢަދާލަތު ޕާޓީން ނުކުންނަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޤާނޫނާއި ޚިލާފަށް ސަރުކާރުން ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވަން ޢަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ފާސްކުރެއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ގާނޫނުތަކާއި ހިލާފު އަމަލުތައް އާންމުވެ ސަރުކާރުގެ އަނިޔާވެރިކަން އިތުރުވަމުންދާ ކަމަށާއި، އެފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް އެ ޕާޓީއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށެވެ.

ޢަދާލަތުގެ ޤަރާރުގައި އިތުރަށް ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގެ މަތިވެރި ޒިންމާ އަދާކުރުމަށް އާލަމްތަކުގެ ވެރި ﷲ ގަންދީ ހުވާކޮށްގެން ތިބި ރައްޔިތުންގެ ހާދިމުންގެ އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް އާންމުވެ މީސްމީހުންގެ މުދާ ނުހައްގުން ފިރުކައިގަންނަމުންދާ ކަމަށާއި، ރައްޔިތުންގެ ހިމާޔަތަށްޓަކައި އެކަނި ވުޖޫދުގައި އޮންނަ ގައުމުގެ ސަލާމަތީ ބާރުތަކާއި ރައްޔިތުންގެ މެދުގައި އަދުލުވެރިކަން ގާއިމްކުރުމަށްޓަކައި އުފައްދާފައި ހުރި މުއައްސަސާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ކަމަށެވެ.

އަދި ރާއްޖެއިން ނެތެމުންދިޔަ އަނިޔާވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިއާދަވަމުން އަންނަކަން އަދަލާތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ކަށަވަރުވެފައިވާ ކަމަށްވެސް ގަރާރުގައިވެ އެވެ.

މީގެ އިތުރުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތައް ހަނިކޮށް ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމު ރޫޅާލާ ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ދައުލަތުގެ އެންމެހާ ބާރުތައް ޖަމާކުރުމުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑެމުންދާ ކަމަށާއި، ބޮޑެތި ކުށްތަކާއި އަނިޔާވެރި ޖަރީމާތައް ހިންގާ ކުށްވެރިންނަށް މަގުފަހިވާ ގޮތަށް ގައުމުގެ މުހިއްމު ސިޔާސަތުތައް ބައްޓަންކޮށް އެފަދަ ނުފޫޒުތައް ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ވައްދަމުންދާ ކަމަށް ވެސް ޢަދާލަތުގެ ބަޔާނުގައި ވެއެވެވެ.

ގަރާރުގައި ބުނެފައިވަނީ ޝަރުއީ ނިޒާމުގެ އެކި ގުނަންތަކުގެ މައްޗަށް ނާޖާއިޒު ނުފޫޒުތައް ފޯރުވާ ހަދަމުންދާތީ ޝަރީއަތުގެ ނިންމުންތަކުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދި އަދުލުވެރިކަމާއި ހަަމަހަމަކަން ވެސް ގެއްލެމުންދާ ކަމަށެވެ. އަދި ބުނެފައިވަނީ ކޮރަޕްޝަނާ ފަސާދަ އާންމުވެ މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ހެދިފައި ހުރި ގާނޫނުތައް އިތުރަށް ހަރުދަނާކުރުމުގެ ބަދަލުގައި އެކަންކަން ގޯސްކޮށް ދިއުމަށް މަގުފަހިކުރަމުންދާ ކަމަށެވެ.

އެހެން ކަމުން ޢަދާލަތުން ވިދާޅުވެފައި ވަނީ އެންމެހާ އަނިޔާވެރި ކަންކަމާ ދެކޮޅަށް އިސްލާމީ ޝަރިއަތާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫ ތަކާއި އަދާލަތު ޕާޓީގެ ދުސްތޫރާއި އުސޫލުތަކުން ބާރު ލިބިގެން ކުރެވެން ހުރި އެންމެހާ ކަންކަން ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރު ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.