ރައީސާއި ދެކޮޅަށް ނައިބު ރައީސް ވެސް ތެދުވެ ވަޑައިގަންނަވާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ ކުރީގެ ތަރުޖަމާން އަހުމަދު މަޚްލޫފު ދެއްވައިފިއެވެ.
މިކަން ހާމަ ކުރައްވައި މަޚްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނާއި ދެކޮޅަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ތެދުވެވަޑައިގަންނަވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޭނާ އަށް އެބަ އޮތް ކަމަށެވެ.
I'm 100% sure VP @MJameelAhmed would also stand against President Yameen before 2018 presidential election
— Ahmed Mahloof (@AhmedMahloof) March 12, 2015
މީގެ އިތުރުން މަޚްލޫފު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ކެބިނެޓުގައި ހިމެނޭ ބޭފުޅުންނާ ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ވެސް ތެދުވެ ވަޑައިގަންނަވާނެ ކަމަށެވެ.
ރޭ ރައީސް ނަޝީދު ޖަލަށް ލުމަށް ކުރި ޙުކުމާއި ގުޅިގެން ވެސް މަޚްލޫފު ވަނީ ފާޑު ވިދާޅުވެފައެވެ.
މަޚްލޫފު ވިދާޅުވެފައި ވަނީ އިދިކޮޅު އެންމެން ޖަލަށް ލުމަށްފަހު ވެރިކަން ކުރަންވީނުން ތޯއެވެ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...