ރާއްޖޭގެ ޚަބަރު ޢާއްމުންގެ ބޮޑު ތަރުޙީބަކާއި އެކު ދަ މެސެޖުގެ ތިންވަނަ ދަރުސް ނިންމާލައިފި

ޢާއްމުންގެ ބޮޑު ތަރުޙީބަކާއި އެކު ދަ މެސެޖުގެ ތިންވަނަ ދަރުސް ނިންމާލައިފި

ޢާއްމުންގެ ބޮޑު ތަރުޙީބަކާއި އެކު ދަ މެސެޖުގެ ތިންވަނަ ދަރުސް ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢާއްމުންގެ ބޮޑު ތަރުޙީބަކާއި އެކު ދަ މެސެޖުގެ ތިންވަނަ އެޕިސޯޑް ޑރ ޔާސިރު ޤާޟީ އާއި އެކު ރޭ ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

ރޭ ބޭއްވި ދަ މެސެޖުގެ ތިންވަނަ ދަރުހަށް ޢާއްމުންގެ ގިނަ ބަޔަކާއި ގިނަ ޢަދަދެއްގެ މަޝްހޫރު ބޮޑެތި ދަންނަ ބޭކަލުން ވެސް ޙާޒިރުވެ ވަޑައިގެންނެވި އިރު، އީމާނުގެ ގަހުގެ ވަރަށް ފުރިހަމަ ތަޞައްވުރެއް ޑރ ޤާޟީ ދެއްވިއެވެ.

ޑރ ޤާޟީ ވިދާޅުވީ لا إله إلا الله ގެ މަތިވެރި ކަލިމަ އަކީ ގަހެއްގެ ގޮތުގައި މާތް ﷲ ސިފަކުރައްވާފައި ވާކަމަށާއި، އެގަހުގެ މޫތައް ރަނގަޅަށް ބިމަށް ހަރުލައްވާ ލެވިއްޖެ ނަމަ ޙަޔާތުގެ މޫސުން ކިތަންމެ ގޯސްވެ ދަތި އުނދަގޫތައް ކުރިމަތިވިޔަސް އީމާންކަމުން އިންސާނާ އެއްކިބާ ނުކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރޭގެ މެސެޖަށް ފަހު ދެން އޮތް މެސެޖް ދެއްޥާނީ ޕީސްޓީވީން ގިނަ ބައެއްގެ މަޤްބޫލު ކަން ހޯއްދަވާފައިވާ ޝެއިޚް ޙުޞައިން ޔީ ކަމަށް ހާމަކުރައްވާފައެވެ.

ކާމިޔާބު ޒުވާނާގެ ނަމުގައި ދެއްވާ މި މެސެޖު ލިބޭނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ރޭ ކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.