ޓެރަރިޒަމްގެ މައްސަލައިގައި ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލައިފި އެވެ.
މިގޮތަށް ޙުކުމް އިއްވާފައި ވަނީ ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީޢަތުގެ ދެ މަޖިލީހުގެ ތެރެއިން އެގާރައިގެ ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ.
މިގޮތަށް ޙުކުމް ކުރެއްވީ ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކަމަށް ޝަރީޢަތުގެ އަޑުއެހުމަށް ވެންނެވި ބައެއް ނޫސްވެރިން ވަނީ ރިޕޯޓް ކޮށްފައެވެ.
ނަޝީދުގެ މަައްޗަށް ޙުކުމް ކޮށްފައި ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ގާނޫނުގެ (2) ވަނަ މާއްދާގެ (ށ)ގެ ދަށުން ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ގާނޫނުގެ (6) ވަނަ މާއްދާގެ (ށ)ގެ ދަށުން ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.
މިކަމާއި ގުޅިގެން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން އަހުމަދު ޢަބްދުﷲ ވިދާޅުވެފައި ވަނީ މި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...