ރާއްޖޭގެ ޚަބަރު ބަނގުރޫޓްވެފައިވާ ކުންފުންޏެއް ކޮޅަށް ޖެހުމުގެ ފުރުޞަތު ދެއްވާފައި ވާތީ އާޒިމް ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި

ބަނގުރޫޓްވެފައިވާ ކުންފުންޏެއް ކޮޅަށް ޖެހުމުގެ ފުރުޞަތު ދެއްވާފައި ވާތީ އާޒިމް ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި

ބަނގުރޫޓްވެފައިވާ ކުންފުންޏެއް ކޮޅަށް ޖެހުމުގެ ފުރުޞަތު ދެއްވާފައި ވާތީ އާޒިމް ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަނގުރޫޓްވެފައިވާ ކުންފުންޏެއް ކޮޅަށް ޖެހުމުގެ ފުރުޞަތު ދެއްވާފައި ވާތީ އެސްޓީއޯގެ ކުރީގެ މެނެޖިންގ ޑައިރެކްޓަރ އާދަމް އާޒިމް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން އެސްޓީއޯގެ މެނެޖިންގ ޑައިރެކްޓަރު ކަމުގެ މަޤާމުން ވަކިކުރެއްވުމާއި އެކު އާޒިމްގެ ފޭސްބުކް ޕޭޖުގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ބަނގުރޫޓްވެފައިވާ ކުންފުންޏެއް ކޮޅަށް ޖެހުމުގެ ފުރުޞަތު ދެއްވާފައި ވާތީ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމުގެ އިތުރުން ހިތްވަރާ އަޒުމާ އެކު ކޮށްދެއްވި މިންނަތް މަސައްކަތްތަކަށް އެސްޓީއޯގެ ހުރިހާ މުވައްޒިފުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

އާޒިމް އެ މަގާމަށް ހަމަޖެއްސެވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެން ނޮވެމްބަރު، 2013 ގަ އެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމުން އާޒިމް ވަކިކުރައްވާ، އެމަގާމަށް މިހާރު އައްޔަންކުރައްވާފައިވަނީ މީގެކުރިން އެކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަހުމަދު ޝަހީރު އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.