ބިދޭސީއަކަށް ބިރު ދައްކައި ފޯނެއް ފޭރެން މަސައްކަތްކުރި ދެ މީހަކު ފުލުހެއްގެ މަސައްކަތުން އަތުލައިގަނެ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.
މި ދެމީހުންނަކީ ދިވެހިންނެވެ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މާރޗް މަހުގެ 8 ވަނަ ދުވަހުގެރޭ 22:50 ހާއިރު ހުޅުމާލޭގައި ހުންނަ “ލެ ޑައިން” ރެސްޓޯރަންޓް ކުރިމަތިން ބިދޭސީއަކަށް ބިރުދައްކައި ފޯނެއް ފޭރިގަތުމަށް މަސައްކަތްކުރަމުންދަނިކޮށެވެ.
މި ދެމީހުން ބިދޭސީ މީހާއަށް ބިރު ދައްކައި ފޭރިގަތުމަށް މަސައްކަތްކުރަމުންދަނިކޮށް ހިފަހައްޓާފައިވަނީ އެވަގުތު އެސަރަޙައްދުގައި ހުރި ޕޮލިސް ލ. ކޯޕްރަލް ޢަލީ މިޒްފާޙް ކަމަށް ފުލުިހުން ވިދާޅުވިއެވެ. އޮފް ޑިއުޓީގައި ހުރި މިޒްފާހު ވަނީ މި މަންޒަރު ފެނުމާއެކު އެދެމީހުން ހިފަހައްޓައި އެކަމުގެ މަޢުލޫމާތު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އެ މަޢުލޫމާތު ލިބުމާއެކު އެ ސަރަޙައްދަށް ގޮސް އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...