ޤާނޫނުލް ޢުޤޫބާތަށް ފުލުހުން އަހުލުވެރި ކުރުމަށް ފުލުހުންނަށް ހިންގި ޕީނަލް ކޯޑު ސްޓޭކް ހޯލްޑަރސް ޕްރޮގްރާމުގެ 2 ވަނަ ބުރު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިކަމަށްޓަކައި މި މާރޗް މަހުގެ 9 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށް ދެއްވީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙުމާނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އެސް.ޕީ އަޙްމަދު ޢަބްދުއް ރަޙްމާން ވިދާޅުވީ މިފަދަ ތަމްރީނުތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން އަމިއްލައަށް ކަމާ ގުޅޭ މަޢުލޫމާތު ސާފު ކުރުމަކީ ކޮންމެހެން ކުރަން ޖެހެކަމެއްކަކަމަށާއި، މިފަދަ ތަމްރީނުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތައް އިތުރު ކުރިއެރުމާއިއެކު މަސައްކަތުގައި ދިމާވާ ދަތިތަކަށް ހައްލުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ފުލުހުންނަށް އަމާޒްކޮށްގެން މި މާރޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން 3 މުއްދަތަށް ހިންގި މި ޕްރޮގްރާމުގައި 44 ފުލުހަކު ވަނީ ބައިވެރިވެފައެވެ.
މިޕްރޮގްރާމުގައި ކިޔަވައި ދެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސެއިން ޝަމީމާއި ޔޫއެންޑީޕާގެ ކަމާގުޅޭ ތަޖުރިބާކާރަކާއި އެޓަރނީ ޖެނެރަލް އޮފީހުގެ މުވައްޒަފުންނެވެ.
ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓު ސްޓަޑީސްގެ އެކި ފެކަލްޓީތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...