ރާއްޖެއަށް 1000 ރ ގެ ނޫޓު ތަޢާރަފު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
އެމްއެމްއޭއިން ވިދާޅުވީ ރާއްޖެ އަށް 1000 ރ ގެ ނޫޓު ތަޢާރަފު ކުރުމަށް ނިންމީ މަތީ އަގުގެ ވިޔަފާރި މުއާމަލާތްތައް ރާއްޖޭގައި އިތުރުވުމުގެ ސަބަބުން 1000 ރުފިޔާގެ ނޫޓެއް ނެރެން ޖެހޭ ކަމަށް އެ އޮތޯރިޓީން ކުރި ދިރާސާތަކުން ދައްކާތީ ކަމަށެވެ.
މިހާރު ބޭނުންކުރަމުންދާ ފަސް ރުފިޔާގެ ނޫޓް، ވަކި ލާރި ފޮއްޗަކަށް ބަދަލުކުރުމަށްވެސް ނިންމާފައެވެ.
އަލަށް ނެރޭ ނޫޓް ޗާޕްކުރަން ނިންމާފައިވަނީ މިހާރު ޗާޕުކުރާ ކަރުދާހުގެ ބަދަލުގައި ޕްލާސްޓިކް ބާވަތެއް ކަމުގައިވާ ޕޮލިމާގައި ކަމަށާއި މީގެ ސަބަބުން ނޫޓުގެ ޢުމުރު ދިގުވާނެ ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...