ސްކޫލު ތަކުގައި މިޔުޒިކް މަޖުބޫރު ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވާފައި ވިޔަސް އެޑިއުކޭޝަން މިނިސްޓްރީން ޢަމަލު ކުރަމުން ގެންދަނީ ދިމާ އިދިކޮޅަށް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ވިދާޅުވެއްޖެ އެވެ.
ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބުރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިޔުޒިކް މަޖުބޫރު ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވާފައި ވީނަމަވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޢަމަލު ކުރަމުން ގެންދަނީ އެޔާ ޚިލާފަށް ކަމަށެވެ.
Music Majbooru Nukurumah Raeesul jumhooriyya Angawaafai waairuWes M-Education in Amalukuramundhanee eyaa khilaafah pic.twitter.com/utCRk5Acd5
— Abdullah bin janaab (@binjanaab) March 5, 2015
އާ މަންހަޖުގައި މިއުޒިކާއި ނެށުން ހިމަނާފައި ވަނީ ގްރޭޑް އެކަކުން އަށެއްގެ ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނޭ ކްރިއޭޓިވް އާޓްސްގެ ބައެއްގެ ގޮތުގަ އެވެ. އެ މައްސަލާގައި ދީނީ ބައެއް ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރިއިރު، އެ މާއްދާ މަޖުބޫރު ނުކުރަން އިސްލާމިކް މިނިސްޓްރީން ވެސް ސަރުކާރުގައި އެދުނެވެ.
އެކަމާއި ގުޅިގެން މިއަހަރުން ފެށިގެން އަހަރު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ތިނަކާ ހަމައަށް ތަންފީޒުކުރަން ފަށާ ގައުމީ އާ މަންހަޖުގައި މިއުޒިކާއި ނެށުން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ނުހިމެނުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...