ރާއްޖޭގެ ޚަބަރު ދަރުބާރުގޭ ކުރިމަތީ ގޯޅީގައި މިދިޔަމަހު 21 ވަނަ ދުވަހުގެރޭ މީހަކު މަރާލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

ދަރުބާރުގޭ ކުރިމަތީ ގޯޅީގައި މިދިޔަމަހު 21 ވަނަ ދުވަހުގެރޭ މީހަކު މަރާލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

ދަރުބާރުގޭ ކުރިމަތީ ގޯޅީގައި މިދިޔަމަހު 21 ވަނަ ދުވަހުގެރޭ މީހަކު މަރާލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަރުބާރުގޭ ކުރިމަތީ ގޯޅީގައި މިދިޔަމަހު 21 ވަނަ ދުވަހުގެރޭ މީހަކު މަރާލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފާއިތުވި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިނގި މަރާމާރީއެއްގައި ހ. ހަންޑްރެޑްފްލާވަރ، ޖައިލަމް އަޙްމަދު ޝާކިރު (23އ) މަރުވި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫން، ޤާނޫން ނަމްބަރު 17/2010 އަށް 16 ޑިސެމްބަރ 2014 ގައި ގެނެވުނު ފުރަތަމަ އިޞްލާޙުގައި ބުނާގޮތުން އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 ދުވަސްތެރޭގައި އެމީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަން ވާނެ ކަަމަށް ބުނެފައި ވާއިރު، ޖައިލަމްގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރަމުންދަނީ، މިފަދަ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމުގެ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގައި އެކުލަވާލާފައިވާ ޚާއްޞަ ތަޙުޤީޤު ޓީމަކުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ،

ޖައިލަމްގެ މަރުގެ މައްސަލާގައި 2 ހަފްތާ ވުމާއި ކައިރި އަށް ދިޔައިރު ވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާތީ ސިޔާސީ ފަރާތްތަކުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.