ރާއްޖޭގެ ޚަބަރު ޤާޞިމަށް އަނިޔާވެރި ވާއިރު ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ : ޢަދާލަތު ޕާޓީގެ ރައީސް

ޤާޞިމަށް އަނިޔާވެރި ވާއިރު ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ : ޢަދާލަތު ޕާޓީގެ ރައީސް

ޤާޞިމަށް އަނިޔާވެރި ވާއިރު ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ : ޢަދާލަތު ޕާޓީގެ ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީޕީއެމްގެ ސަރުކާރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމު އިބުރާހީމަށް އަނިޔާވެރި ވާއިރު ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހީމް ރައީސް ޔާމީނަށް ތާއީދުކުރެއްވީ މައުމޫން އާދޭސް ކުރައްވައިގެން ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ވެރިކަމުގައި ގާސިމަށް އަނިޔާވެރި ވާހިނދު އެކަމާއި މައުމޫން ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން އިއްޔެ ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް ހެދުމާއި ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މިހާރު އިހްސާސް ކުރައްވަމުން އެގެންދަވަނީ އެމަނިކުފާނު ވެރިކަމަށް ގެނައި ކޯލިޝަން ރޫޅާލުމުގެ ހިތިކަން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.