ރާއްޖޭގެ ޚަބަރު ޤާޞިމާއި އަދީބު ޗަންޕާ އުއްޗުގެ ގެކޮޅުގައި ބައްދަލު ކުރައްވައިފި

ޤާޞިމާއި އަދީބު ޗަންޕާ އުއްޗުގެ ގެކޮޅުގައި ބައްދަލު ކުރައްވައިފި

ޤާޞިމާއި އަދީބު ޗަންޕާ އުއްޗުގެ ގެކޮޅުގައި ބައްދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ގެކޮޅުގައި ރޭ ބައްދަލު ކުރައްވައިފި އެވެ.

މިކަން ޖޭޕީގެ ބައެއް އިސް ވެރިން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން ޗަމްޕާ (އުއްޗު) އާއި އެކު ޖޭޕީގެ ލީޑަރ ރޭ ބައްދަލުވުމެއް އޮންނާނެ ކަން އެމްޑީޕީ ގެ ޗެއަރޕާރސަން އަށާއި ޕާލަމެންޓްރީ ގްރޫޕް ލީޑަރުގެ މައުލޫމާތައްޓަކައި ދަންނަވާފައިވާ ކަމަށް ވިދާޅުވެ ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ޢަބްދުﷲ ރިޔާޒް ރޭ ވަނީ ޓްވީޓެއް ކުރައްވާފައެެވެ.

ޖޭޕީގެ ނާއިބް ލީޑަރ އަމީން އިބްރާހީމް ރޭ ކުރައްވާފައިވާ ޓްވިޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ނާޒިމް އާއި ދެންވެސް ތިބި މީހުންގެ ހައްްޤުގައި ޖޭޕީގެ ލީޑަރ ކޮންމެ ބޭފުޅަކާވެސް، ކޮންމެ ތަނެއްގައިވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

ވަރަށް އެކުވެރި ކަމާއި އެކު ކުރިޔަށް ދިޔަ ކަމަށް ބުނާ މި ބައްދަލު ވުމާއި ގުޅޭ ގޮތުން ބައެއް މީޑިޔާ ތަކުން ރިޕޯޓު ކޮށްފައި ވާގޮތުން ޤާނޫނު އަށާސީއަށް ގެންނަން ޤާޞިމު އެންމެ ނުރުހޭ އިސްލާޙު އަނބުރާ ގެނައުމަށް މި ބައްދަލު ވުމުގައި ނިންމާފައި ވެއެވެ.

އެހެން ނަމަވެސް މިކަން ދޮގުކޮށް ޖޭޕީން ވަނީ ރޭ ބަޔާނެއްވެސް ނެރެފައެވެ.

މި ބައްދަލުވުމަށްފަހު އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮނަރަބަލް ޤާޞިމް އިބުރާހީމާއި އޮނަރަބަލް އުއްޗު އާއި އެކު ރޭ ބޭއްވި ބައްދަލު ވުމަކީ ސިއްރު ބައްދަލު ވުމަކަށް ވާތީ ބައްދަލުވުމުން ނިންމުނު ކަންކަން ހާމަކުރެވެން ނެތް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.