ރާއްޖޭގެ ޚަބަރު ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ : ޤާސިމް

ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ : ޤާސިމް

ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ : ޤާސިމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ޤާޞިމުގެ ވިލާ ކުންފުނިން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 100 މިލިއަނެއްހާ ޑޮލަރު ނުވަތަ ދޮޅު ބިލިއަނެއްހާ ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާ ވިލާ ގުރޫޕަށް ނޯޓިސް ފޮނުވި ކަމަށް މީރާއިން ބުނާ މައްސަލަ އަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ މީރާއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ އިސްވަފްދެއް ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މީރާއިން ފޮނުވި ކަމަށް ބުނާ ނޯޓިސް ވިލާ ގުރޫޕަށް އަދި ލިބިފައިވާ ކަން އެނގިފައިވެސް ނުވާ ކަމަށެވެ.

މީރާ އާއި ހަވާލާދީ ހަވީރު ނޫހުގައި ޤާޞިމުގެ ކުންފުނިން ދައްކަން ޖެހޭ ކަމަށް ބުނާ ފައިސާ އާއި އޭގެ ތަފްޞީލު ހާމަކޮށްފައި ވާއިރު، މީގެ ކުރިން ޢަމަލު ކުރަމުން އަންނަ އުޞޫލުން ވަކިވަކި ކުންފުނި ތަކުގެ ޒާތީ މަޢުލޫމާތު މީރާއިން ހާމަ ނުކުރާކަން ފާހަގަ ކޮށްލެވެއެވެ.

އެހެން ކަމުން މީރާގެ މި ޢަމަލުގެ ސަބަބުން ދައުލަތުގެ ޓެކްސް އިދާރާ އަށް ޢާއްމުން ކުރާ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެން ދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.