ރާއްޖޭގެ ޚަބަރު ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލުމުން މަޚްލޫފަށް ބިރު ދައްކަނީ

ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލުމުން މަޚްލޫފަށް ބިރު ދައްކަނީ

ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލުމުން މަޚްލޫފަށް ބިރު ދައްކަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފަށް ބިރު ދައްކަމުން ގެންދާ ކަމަށް މަޚްލޫފު ވިދާޅުވެއްޖެ އެވެ.

މަޚްލޫފު ވިދާޅުވީ ރައީސް ޔާމީނާއި ދެކޮޅަށް އަޑު އުފުލުމުން ގޭންގުތައް މެދުވެރިކޮށް އޭނާއަށް ބިރުދައްކާ އިންޒާރު ދެމުންދާތާ ތިންރޭ ވެއްޖެއެވެ.

އެހެން ނަމަވެސް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށްވެސް މަޚްލޫފު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ތަރުޖަމާން ކަންވެސް ކުރިން ކުރައްވާފައިވާ އަހުމަދު މަޚްލޫފު ފަހަކަށް އައިސް ގެންދަވަނީ ސަރުކާރާއި ޕީޕީއެމްގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.