ރާއްޖޭގެ ޚަބަރު ޤާޞިމް ފުނޑުފުނޑު ކޮށްލާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެ: ޢަދާލަތުގެ ރައީސް

ޤާޞިމް ފުނޑުފުނޑު ކޮށްލާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެ: ޢަދާލަތުގެ ރައީސް

ޤާޞިމް ފުނޑުފުނޑު ކޮށްލާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެ: ޢަދާލަތުގެ ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤާޞިމް އިބުރާހީމް ފުނޑުފުނޑު ކޮށްލާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެ ކަމުގެ އިންޒާރު ޢަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް ޢިމްރާން ޢަބްދުﷲ ދެއްވައިފި އެވެ.

ޝެއިޚް ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ޙައްޤަކާއި ނުލާ ޤާޞިމް އިބުރާހީމް ފުނޑުފުނޑު ކޮށްލާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެ ކަމަށެވެ.

އެހެން ނަމަވެސް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މާދަމާ ބާއްވާ ބޮޑު އެއްވުމަށް ތާއީދު ކުރައްވާކަން ނުވަތަ ނޫން ކަންވެސް ޢަދާލަތު ޕާޓީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ޙައްޤަކާ ނުލާ ސިޔާސީ ވެރިން ހައްޔަރުކޮށް ބިރުދައްކަމުން ގެންދާ މައްސަލާގައި ސަރުކާރާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރައްވަމުން ޢަދާލަތު ޕާޓީގެ ރައީސް ވަނީ ސަރުކާރުގެ ނަފްރަތު އަމާޒުވާ ސިޔާސީ ކޮންމެ ބޭފުޅެއްގެ އަނބިކަނބަލަކަށް ވުމީވެސް ޓެރަރިޒަމްތޯ ސުވާލު ކުރައްވާފައެވެ.

ޖޭޕީގެ ލީޑަރު ޤާޞިމް އިބުރާހީމް ފުނޑުފުނޑު ކޮށްލަންދެން ދިވެހި ރައްޔިތުން ބަލަން ނުތިބޭނެ ކަމުގެ އިންޒާރު ޢަދާލަތު ޕާޓީގެ ރައީސް ދެއްވާފައި ވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި ދެކޮޅަށް ސަރުކާރުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުމުގައި ސަރުކާރުން ވަނީ ނާޒިމް ގެންނަން އުޅުއްވި ބަޣާވާތަށް ޚަރަދު ކުރަނީ ވިލާ އަކުން ކަމަށް އެގެއިން ފެނުނު ޕެންޑްރައިވުން ދެއްކި ކަމަށް ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.