ރާއްޖޭގެ ޚަބަރު ނަޝީދާއި ނާޒިމުގެ ޝަރީއަތުގައި އިންސާފުވެރި ވުމަށް ޓްރާންސްޕޭރަންސީން ގޮވާލައިފި

ނަޝީދާއި ނާޒިމުގެ ޝަރީއަތުގައި އިންސާފުވެރި ވުމަށް ޓްރާންސްޕޭރަންސީން ގޮވާލައިފި

ނަޝީދާއި ނާޒިމުގެ ޝަރީއަތުގައި އިންސާފުވެރި ވުމަށް ޓްރާންސްޕޭރަންސީން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަޝީދާއި ނާޒިމުގެ ޝަރީއަތުގައި އިންސާފުވެރި ވުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ޓްރާސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން މިހާރު ރާއްޖޭގައި އުފެދެމުންދާ ސިޔާސީ ހަލަބޮލިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށާއި އެކަމަކީ ޓްރާސްޕޭރެންސީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޓްރާސްޕޭރެންސީން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ ނަޝީދާއި ނާޒިމުގެ ޝަރީއަތުގައި ޝަރީއަތުގެ އުސޫލަތަކާ އެއްގޮތަށް، ސިޔާސީ ކަންކަމުން އެއްކިބާވެ މިނިވަން ކަމާއި ހަމަހަމަކަމާ އެކު ޝަރީއަތްކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ދެބަސްވުންތައް ހައްލުކުރުމުގައި ގާނޫނުގެ ވެރިކަމާއި ގާނޫނު އަސާސީ ނަގަހައްޓައި މަޝްވަރާގެ މަގުން ކަންކަން ހައްލުކުރުމަ ހުރިހާ ފަރާތްތަކަށް ޓްރާސްޕޭރެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.