އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ފަހަކަށް އައިސް މާލެ ތެރޭގައި ކުރަމުންދާ މުޒާހަރާ ތަކުގައި ޣައިރު ޤާނޫނީ ކަންކަން ކުރަމުން ގެންދާ ކަމަށާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ކޮންމެ ގޮތަކުންވެސް ހުއްޓުވާނެ ކަމަށްބުނެ ފުލުހުން އިންޒާރު ދީފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ އެސްޕީ ހަމްދޫން ރަޝީދު ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން މާލޭގައި ހިނގަމުންދާ މުޒާހިރާތަކުގައި ޤާނޫނީ އިމުން ބޭރުން ކަންކަން ހިންގަމުން ދާކަމަށާއި، އެފަދަ ކަންކަން ފުލުހުން ހުއްޓުވަން މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން މުޒާހިރާ ތަކުގައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާނަމަ މުޒާހިރާ ހުއްޓާލުމަށް އިންޒާރުދީ އިތުރު އިންޒާރެއް ދިނުމަކާ ނުލައި މުޒާހިރާ ރޫޅާލަން ޖެހިއްޖެނަމަ މުޒާހިރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...