ކޮލަމިސްޓް ފައުލްކޮށް ވައްޓާލީއެވެ. ނޫނެކޭ! އަމިއްލައަށް ވެއްޓިގަތިއްޔޭ!

ފައުލްކޮށް ވައްޓާލީއެވެ. ނޫނެކޭ! އަމިއްލައަށް ވެއްޓިގަތިއްޔޭ!

ފައުލްކޮށް ވައްޓާލީއެވެ. ނޫނެކޭ! އަމިއްލައަށް ވެއްޓިގަތިއްޔޭ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުޅި ގައުމުގައި މިއަދު އެއް އަޑަކަށް އިވެނީ ސިޔާސީ ވާހަކައެވެ. ރޭޑިއޯއެއް، ޓީވީއެއް އަދި ނޫހެއް ހުޅުވާލިޔަސް މިނޫން ވާހަކައެއް ނީވެއެވެ. ގަބޫލު ކުރަން ބޭނުން ނެތަސް މިގައުމުގައި އުޅޭ އެންމެންނަކީ ސިޔާސީ ވާހަކަ އަޑުއަހާ ހިތްވާނެ މީހުންނެއް ނޫނެވެ. ވުމާއެެކު މިލިޔުމުގައި އަޅުގަނޑު ގެނެސްދޭން ގަސްތު މިކުރަނީ ތާރީހުގެ ތެރެއިން ހިޔާލީ ފޮލާއެކެވެ. އެއްވެސް ހާލެއްގައި ސިޔާސީ ވާހަކައެއް ނޫނެވެ!

ދުވަސްވަރަކީ ރާއްޖޭގައި ބޯޓު ދަތުރު ކުރުމުގެ ފޯރި އިންތިހާއަށް ގޮސްފައިވާ ދުވަސްވަރެކެވެ. ކަންދިމާކުރިގޮތުން އެދުވަސްވަރު އަޅުގަނޑުވެސް މަސައްކަތް ކުރަމުންދިއައީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓެއްގައެވެ. މިހެންކަމުން ގިނަ ބޭރުގެ ގައުމުތަކަށް ދިއުމުގެ ފުރުސަތު އަޅުގަނޑަށްވަނީ ލިބިފައެވެ. މިގޮތުން އަޅުގަނޑު މަސައްކަތްކުރާ ބޯޓު ބުރެޒިލްއަށް ބަންދަރުކުރި ފަހަރެކެވެ. ރަށުތެރެ ބަލާލުމަށްޓަކައި އަޅުގަނޑާއި އަދި ދެތިން ރައްޓެހިން ފައިބައިފީމެވެ. ކަންދިމާކުރިގޮތުން ދުވަހަކީ މާފޯރިގަދަ ފުޓްބޯޅަ މެޗެއް ބުރެޒިލްގައި ކުޅެން ހަމަޖެހިފައި އޮތް ދުވަހެކެވެ. ވަރަށް މަސައްކަތުން ޓިކެޓެއް ހޯދައިގެން މެޗު ބަލާލުމަށްޓަކައި އަޅުގަނޑާއި އަދި އަޅުގަނޑާ އެކުގައިވާ ރައްޓެހިން ސުޓޭޑިއަމަށް ވަދެއްޖައީމެވެ.

ސުޓޭޑިއަމަށް މެޗު ބެލުމަށްޓަކައި ވަދެފައިވާ މީހުންގެ އަދަދުން މިމެޗުގެ މުހިންމުކަން ތަސައްވަރު ވެގެންދެއެވެ. މެޗުގައި އެއްކޮޅުން ބައްދަލުކުރަނީ ބުރެޒިލްއެވެ. އަދި އަނެއްކޮޅުން ބައްދަލުކުރަނީ އާޖެންޓީނާއެވެ. ފުޓްބޯޅައިގެ ގަދަ ދެބާރެވެ. އަދި ވާދަވެރި ދެގައުމެވެ. މެޗު ފެށި ފުރަތަމަ ހާފް ނިމިގެން ދިޔައިރުވެސް ދެޓީމުކުރެ އެއްޓީމަކަށްވެސް ގޯލެއް ޖެހޭގޮތެއް ނުވެއެވެ. ނަމަވެސް ގޯލު ޖަހާނެ ރަނުގެ ފުރުސަތުތައް ދެޓީމަށްވެސް ލިބުނެވެ. ދެވަނަހާފްއަށް ދެޓީމުންވެސް ނުކުތީ ކޮންމެ ގޮތަކުންވެސް ނަތީޖާ ނެރެންކަން ދެޓީމު ކުޅުންތެރިންގެ ކުޅުމުން ފާހަގަ ވެއެވެ.

މެޗު ނިމެން ކައިރިވީވީހެން މެޗުގެ ފޯރިދިއައީ ގަދަވަމުންނެވެ. ދެޓީމުގެ ކުޅުންތެރިންނަށް ލިބޭ އަނިޔާވެސް ދިޔައީ ގިނަވަމުންނެވެ. ދެވަނަ ހާފް ނިމިގެން ދިޔައީވެސް ލަނޑެއް ނުޖެހިއެވެ. ދެން ފެނިގެން ދިއައީ މެޗުގެ އެންމެ ފޯރިގަދަ މަންޒަރެވެ. އިތުރު ވަގުތުގެ ދެވަނަ ހާފްގެ 23 ވަނަ މިނެއްޓުގައި ބުރެޒިލްގެ ފޯވާރޑަކަށް ލިބުނު ރަނުގެ ފުރުސަތެވެ. ނަމަވެސް މިފުރުސަތު ބޭނުން ނުކުރެވިގެން ދިއައީ އާރޖެންޓީނާގެ ގޯލް އޭރިއާތެރެއަށް މިކުޅުންތެރިއާ ވެއްޓުމާއި ގުޅިގެންނެވެ. ވަގުތުން ބުރެޒިލްގެ ކުޅުންތެރިން ޕެނަލްޓީއެއް ކަމަށްބުނެ ދަނޑުގައި އަޑުގަދަ ކުރަން ފެށިއެވެ. ނަމަވެސް ރެފުރީ ނިންމެވީ ބުރެޒިލްގެ ކުޅުންތެރިއާ އަމިއްލައަށް ވެއްޓިގަތީ ކަމަށެވެ. އަދި މިކުޅުންތެރިޔާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. މިކުޅުންތެރިއާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދަނޑުން ބާލަން ޖެހުނީ އަށިގަނޑަށް ލައިގެންނެވެ.

މިނިންމުމަކީ ބުރެޒިލްގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް "ހަޖަމް" ކުރެވޭ ވަރުގެ ނިންމުމަކަށް ނުވިއެވެ. ވަގުތުން ދަނޑުމަތީގައި ހަމަނުޖެހުން އުފައްދަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ދެވަނަ ހާފްގެ 27 ވަނަ މިނެއްޓުގައި މެޗު ޖެހުނީ ނިންމާލާށެވެ. އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިން އެތައް ގޮތަކުން މަސައްކަތްކޮށް ދަނޑުން ނުކުމެ އެންބުރި ބޯޓަށް ދިއައީމެވެ. ބޯޓަށް ދިއައިރު މެޗު ހޫނުވާން ދިމާވި ހާދިސާގެ ރިޕުލޭ ދައްކައެވެ. ރިޕުލޭއިން ބޮޑަށް ސިފަވަނީ ބުރެޒިލް ކުޅުންތެރިއާ އަމިއްލައަށް ވެއްޓިގަތްކަމެވެ. އަދި މިވެއްޓުމުގެ ސަބަބުން ކައިރީގައި ހުރި އާރޖެންޓީނާ ޑިފެންޑަރުންގެ ފުށުން މިކުޅުންތެރިއާއަށް އަނިޔާވާ މަންޒަރެވެ. އާރޖެންޓީނާގެ ސަޕޯޓަރުންނަށް މިމަންޒަރު ސިފަވީ އަޅުގަނޑުށްވެސް ސިފަމިވި ގޮތަށެވެ. ނަމަވެސް ބުރެޒިލްގެ ސަޕޯޓަރުން މިއާއި ދިމާ އިދިކޮޅެވެ. އެމީހުންގެ ނަޒަރުގައި އެއީ ޕެނަލްޓީ ދޭންޖެހޭނެ ހާލަތެކެވެ. ނަމަވެސް މެޗު މިހާރު މިވަނީ ނިމިފައެވެ. ނިމިގެން ގޮސްފައިވަނީ އެއްވެސް ބަޔަކަށް ނަތީޖާ ނުނެރެވި ބޮޑު ހަމަނުޖެހުމަކުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.