ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް ރެސިޑެންޝަލް މަނަވަރު އުލިގަމުން ފުރައިފިއެވެ.
"ދަ ވޯލްޑް" ކްރޫޒްލައިނާ އުލިގަމަށް އިއްޔެ ބަނދަރު ކުރުމަށްފަހު އޭގައި ދިރިއުޅޭ ހުރިހާ ފަތުރުވެރިން ކަހަލަ ގޮތަކަށް ވަނީ ރަށަށް ފައިބާފައެވެ.
އަދި 12 ބުރީގެ މި ކްރޫޒްލައިނަރގެ ފަތުރުވެރިންނަށް އުލިގަމު ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް ރެސިޑެންޝަލް ހޮޓާ ކަމަށްވާ ދަ ވޯލްޑުން 165 ޤައުމެއްގެ މީހުން ގެތައް ގަނެފައި ވެއެވެ.
2000 އަށްވުރެ ގިނަ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކޮށްލެވޭ މި ބޮޑު ކްރޫޒްލައިނާގައި ގޮލްފް ދަނޑަކާއި ޕޫލްޑެކް ސުވިމިން ޕޫލެއްގެ އިތުރުން ބޮޑު ޓެނިސް ކޯޓެ ޕްރައިވެޓް ގެތައްވެސް ހުރެ އެވެ.
650 ފޫޓު ދިގު 100 ފޫޓު ފުޅާ މި ކުރޫޒް ޝިޕް އުލިގަމަށް ބަނދަރު ކުރުމުން ރަށުގެ ޢާއްމު ވިޔަފާރި ތަކަށް ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށް ބެލެވިފައި ވެއެވެ.









ކޮމެންޓް (0)
ލޯޑް ކުރަމުން...