މީހެއްގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށް އައްޝެއިޚް ސަމީރު ވިދާޅުވެއްޖެ އެވެ.
މިހެން ވިދާޅުވެ ޝެއިޚް ސަމީރު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމާއި ގުޅުންހުރި މުހިންމު ޙަދީޘަކާއި އޭގެ މާނަވެސް ވިދާޅުވެ ދެއްވާފައެވެ.
ޝެއިޚް ހާމަކުރެއްވި ޙަދީޘްގެ މާނައިގައި ވަނީ " ކުށެއް ނުވަތަ ފާފައެއް ކޮށް ( އެކަމުގެ ) ކުށެއް ނެތްމީހެއްގެ ބޮލުގައި އެކަން އަޅުވާ މީހާ ( ދަންނާށެވެ ! ) ފަހެ އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ބޮޑުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ" .
Meehunge bolugai dhogu thuhumathu elhuvumee bodu vegenvaa faafaeh. pic.twitter.com/DnE7GupHvg
— Ahmed Sameer (@Ahmadhsameer) February 18, 2015
ޝެއިޚް ސަމީރު މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ މީސްތަކުންގެ ބޮލުގައި ދޮގުތުހުމަތުތައް އަޅުވައި އަނިޔާވެރި ނުވުމަށް ގިނަ ޢަދަެއްގެ ދީނީ ޢިލްމުވެރިން ހިމެނި ވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްޜާން ޢަބްދުﷲ ވެސް ގޮވާލައްވާފައި ވަނިކޮށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...